Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހަނގުރާމައިގެ ހަބަރުތައް ޒިންމާދާރުކަމާއެކު ފެތުރުމަށް މީޑިއާ ކޮމިޝަނުން އިލްތިމާސްކޮށްފި

ހަނގުރާމައިގެ ހަބަރުތައް ޒިންމާދާރުކަމާއެކު ފެތުރުމަށް މީޑިއާ ކޮމިޝަނުން އިލްތިމާސްކޮށްފި

މުހައްމަދު ޖަމްޝަތު
77 ދުވަސް ކުރިން - 26 މާޗް 2026 13:03
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން---
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން---
ޚުލާސާ

"ހަނގުރާމައާ ގުޅޭ މައުލޫމާތު ފެތުރުމުގައި ސައްހަ ނޫން މަސްދަރުތައް ބޭނުންކުރާކަމާއި، ބައެއް މީޑިއާތަކުން ހަގީގަތާ ހިލާފު ދޮގު ހަބަރުތައް ފަތުރަމުންދާކަން އެކި ފަރާތްތަކުން ފާހަގަކުރޭ"

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅޭ ހަބަރާއި މައުލޫމާތު ޒިންމާދާރުކަމާއެކު ފެތުރުމަށް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިފަދަ ހައްސާސް ދަނޑިވަޅެއްގައި މީޑިއާތަކުން ހަބަރާއި މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ ކަމަށެވެ. ވަކިން ހާއްސަކޮށް، ގައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކަނޑައެޅިފައިވާ ސުލޫކީ މިންގަނޑުތަކަށް ބޯލަނބަންޖެހޭނެކަން އެ ކޮމިޝަނުން ފާހަގަކުރެއެވެ.

ހަބަރުތައް ގެނެސްދިނުމުގައި އެކި ފަރާތްތަކުން ހޯދާ ކޮންޓެންޓުތައް ބޭނުންކުރާއިރު، އެ ފަރާތްތަކުން ދެއްކި ވާހަކައިގެ އަސްލު މަފްހޫމު ނުގެއްލޭނެހެން ގެނެސްދިނުމަށް ކޮމިޝަނުން ވަނީ އިރުޝާދު ދީފައެވެ. އަދި ނަފްރަތު އުފެއްދުމުގެ ބޭނުމުގައި، އަސްލާއި އެއްގޮތް ނޫން ގޮތަށް ބަދަލުކޮށްފައިވާ (މެނިޕިއުލޭޓް ކޮށްފައިވާ) ނުވަތަ އަމިއްލައަށް އުފައްދާފައިވާ (ފެބްރިކޭޓް ކޮށްފައިވާ) ފޮޓޯއާއި އޯޑިއޯ އަދި ވީޑިއޯ ބޭނުންނުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ހަނގުރާމައާ ގުޅޭ މައުލޫމާތު ފެތުރުމުގައި ސައްހަ ނޫން މަސްދަރުތައް ބޭނުންކުރާކަމާއި، ބައެއް މީޑިއާތަކުން ހަގީގަތާ ހިލާފު ދޮގު ހަބަރުތައް ފަތުރަމުންދާކަން އެކި ފަރާތްތަކުން ފާހަގަކުރަމުންދާ ކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ.

މީޑިއާ ކޮމިޝަނުގެ ބަޔާން ނިންމާލަމުން، ދިވެހި އެންމެހައި ނޫސްވެރިން އެފަރާތްތަކުގެ ފަރުދީ ޒިންމާ ޒިންމާދާރުކަމާއެކު އަދާކުރުމަށް ވަނީ ހަނދާންކޮށްދީފައެވެ. މިއީ ރައްޔިތުންނަށް އިތުބާރު ހުރި މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި އެ ކޮމިޝަނުން ދެކެއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މީޑިއާތަކަކީ މާލީގޮތުން މިނިވަން އަދި ބާރުވެރި ތަންތަނަށް ހެދުމަކީ އަމާޒެއް: އެމްބީބީސީ

"މީޑިއާތަކަކީ މާލީގޮތުން މިނިވަން ތަންތަނަށް ހެދުމަކީ އަމާޒެއް"

39 ދުވަސް ކުރިން - 14:03

"އަދަދު" ނޫހުގެ މައްސަލަ ބަލަނީ ޕީޖީގެ އެންގުމަކަށް، ރައީސްގެ އަމުރަކަށް ނޫން: މުންދު

"އަދަދު" ނޫހުގެ މައްސަލަ ބަލަނީ ޕީޖީގެ އެންގުމަކަށް

42 ދުވަސް ކުރިން - 17:54

ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ: މިނިސްޓަރު ޝަހީމް

"ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ"

44 ދުވަސް ކުރިން - 14:10

ނޫސްވެރިކަމަކީ މީހުންގެ އަބުރަށް އަރައިގަނެ އާމްދަނީ ހޯދާ ވިޔަފާރިއަކަށް ވެގެންނުވާނެ: މިނިސްޓަރު މުއްތަލިބު

"ނޫސްވެރިކަމަކީ އަބުރަށް އަރައިގަނެ، ކުރާ ވިޔަފާރިއަކަށް ވެގެންނުވާނެ"

44 ދުވަސް ކުރިން - 13:14

ގަޒްފުގެ މައްސަލާގައި މީޑިއާއެއްގެ އޮފީސް ވެސް ފާސްކުރެވޭނެ: މިނިސްޓަރު އިހުސާން

"ގަޒްފުގެ މައްސަލާގައި މީޑިއާއެއްގެ އޮފީސް ވެސް ފާސްކުރެވޭނެ"

44 ދުވަސް ކުރިން - 13:04

ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން "އަދަދު" ނޫހުގެ އޮފީސް ބަލައި ފާސްކުރަން ފަށައިފި

ފުލުހުން "އަދަދު" ނޫހުގެ އޮފީސް ބަލައި ފާސްކުރަނީ

45 ދުވަސް ކުރިން - 22:27