Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުޅުމާލެ ފޭސް 3 އިން ގޯތި ހަވާލުކުރުމުގެ މަސައްކަތް މިއަދު ފަށަނީ

ހުޅުމާލެ ފޭސް 3 އިން ގޯތި ހަވާލުކުރުމުގެ މަސައްކަތް މިއަދު ފަށަނީ

މުހައްމަދު ޖަމްޝަތު
163 ދުވަސް ކުރިން - 26 މާޗް 2026 12:34
ބިން ހަވާލުކުރުމަށްޓަކައި ހުޅުމާލެ 3 ސާވޭ ކުރުމާއި އިންފާރު ވަކިކުރުމުގެ މަސައްކަތްތައް މި
ބިން ހަވާލުކުރުމަށްޓަކައި ހުޅުމާލެ 3 ސާވޭ ކުރުމާއި އިންފާރު ވަކިކުރުމުގެ މަސައްކަތްތައް މި
ޚުލާސާ

ހުޅުމާލެ ފޭސް 3 އިން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރަމުން

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރުމުގެ އަމަލީ މަސައްކަތް މިއަދު ފެށުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެޗްޑީސީން ބުނި ގޮތުގައި ގޯތި ހަވާލުކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރަމުންނެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ދޫކުރުމަށް ނިންމާފައިވަނީ އެ ސަރަހައްދު ނުހިއްކާ އޮއްވައެވެ. ނިމިދިޔަ ސަރުކާރުން ފެށި މި މަޝްރޫއު އެކި ސަބަބުތަކާ ހުރެ މެދުކެނޑިފައި އޮތުމަށްފަހު، މި ސަރުކާރުން ވަނީ އެމްއޭސީއެލްއާ ހަވާލުކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

Advertisement

Advertisement 1

އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި، ހުޅުމާލެ ފޭސް 3 އިން ޖުމްލަ 698 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ:

- 1650 އަކަފޫޓުގެ 181 ގޯތި

- 2050 އަކަފޫޓުގެ 242 ގޯތި

- 2450 އަކަފޫޓުގެ 132 ގޯތި

- 2850 އަކަފޫޓުގެ 62 ގޯތި

- 3250 އަކަފޫޓުގެ 41 ގޯތި

- 3650 އަކަފޫޓުގެ 16 ގޯތި

- 4000 އަކަފޫޓުގެ 24 ގޯތި

މި ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ޕްލޮޓް ކަނޑައެޅުމުގެ ގުރުއަތުލުން ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. މިހާރު ކުރިއަށްދަނީ ގޯތީގެ އެގްރިމަންޓްތަކުގައި ސޮއިކުރުމާއި، ރެޖިސްޓްރީ ހަވާލުކުރުމުގެ މަރުހަލާއެވެ.

އެޗްޑީސީން އިތުރަށް ބުނީ، ބިން ހަވާލުކުރުމަށްޓަކައި އެ ސަރަހައްދު ސާވޭ ކުރުމާއި އިންފާރު ވަކިކުރުމުގެ މަސައްކަތްތައް މިހާރުވެސް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްދާ ކަމަށެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ޖުމްލަ 1300 އަށްވުރެ ގިނަ ގޯތި ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ.

ހުޅުމާލެ ފޭސް-3އެޗްޑީސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެޗްޑީސީގެ އެއްމެދު އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތައް އެ ކުންފުނިން ފަށައިފި

އެޗްޑީސީގެ އެއްމެދު އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތައް އެ ކުންފުނިން ފަށައިފި

1 ދުވަސް ކުރިން - 14:00

ހުޅުމާލޭގައި އެކްސިޑެންޓުތައް މަދުކުރުމަށް ފުލުހުންނާއި އެޗްޑީސީން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

ހުޅުމާލޭގައި އެކްސިޑެންޓުތައް މަދުކުރުމަށް ފުލުހުންނާއި އެޗްޑީސީން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

5 ދުވަސް ކުރިން - 13:11

"ވިލުންތެރި ކަނބަލުން": އަންހެނުން ބާރުވެރިކުރުވުމުގެ ހާއްސަ ޕްރޮގުރާމު ނިންމާލައިފި

"ވިލުންތެރި ކަނބަލުން": އަންހެނުން ބާރުވެރިކުރުވުމުގެ ހާއްސަ ޕްރޮގުރާމު ނިންމާލައިފި

8 ދުވަސް ކުރިން - 11:00

އެޗްޑީސީ މުވައްޒަފުންގެ ފަރާތުން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް، އެމްބީއެސްއާ ގުޅިގެން މިއަދު ބްލަޑް ކޭމްޕެއް ފަށައިފި

އެޗްޑީސީ ސްޓާފުންގެ ފަރާތުން ލޭ ހަދިޔާކުރުމަށް ބްލަޑް ކޭމްޕެއް ކުރިޔަށް ގެންދަނީ

20 ދުވަސް ކުރިން - 16:00

މޫސުން ގޯސްވުމުގެ ސަބަބުން އެހީތެރިކަން ބޭނުންވާ ފަރާތްތައް 1516 އަށް ގުޅުއްވުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

މޫސުން ގޯސްވެެ އެހީތެރިކަން ބޭނުންވާ ފަރާތްތައް 1516އަށް ގުޅުއްވުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

36 ދުވަސް ކުރިން - 14:51

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު ފަށަނީ

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު

44 ދުވަސް ކުރިން - 14:28