Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޯހިޔާވަހިކަމުގެ ސްކީމްތަކަށް 9،500 އަށްވުރެ ގިނަ ފޯމް ހުށަހަޅައިފި

ބޯހިޔާވަހިކަމުގެ ސްކީމްތަކަށް 9،500 އަށްވުރެ ގިނަ ފޯމް ހުށަހަޅައިފި

މުހައްމަދު ޖަމްޝަތު
156 ދުވަސް ކުރިން - 26 މާޗް 2026 11:23
ހައުސިން މިނިސްޓްރީގެ މުވައްޒަފުން އާއްމުންނަށް ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ މައުލޫމާތު ދެނީ---ފޮޓޯ: ހައުސިން މިނިސްޓްރީ
ހައުސިން މިނިސްޓްރީގެ މުވައްޒަފުން އާއްމުންނަށް ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ މައުލޫމާތު ދެނީ---ފޮޓޯ: ހައުސިން މިނިސްޓްރީ
ޚުލާސާ

ޕޯޓަލްގައި ފޯމު ފުރިހަމަކޮށް ޑްރާފްޓް މަރުހަލާގައި 13،279 ފޯމު މިހާރުވެސް އެބައިން

ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް މިހާތަނަށް 9،500 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން ހާމަކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމުލަ 9،645 މީހުން ވަނީ ބޯހިޔާވަހިކަމުގެ އެކި ޕްރޮގްރާމްތަކަށް އެދި ފޯމު ހުށަހަޅާފައެވެ.

މި ސްކީމްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ކުރިމަތިލާފައިވަނީ ފްލެޓަށް އެދިއެވެ. އެގޮތުން ފްލެޓަށް އެދި 5،993 މީހުން ފޯމު ހުށަހަޅާފައިވާއިރު، ގޯއްޗަށް އެދި 3،234 މީހުން ވަނީ ފޯމު ހުށަހަޅާފައެވެ.

Advertisement

Advertisement 1

އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމަށް 9،227 ފޯމު ހުށަހަޅާފައިވާއިރު، އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ކުރިމަތިލެވޭ ގޮތަށް ހުޅުވާލާފައިވާ "ގޯތި ގެދޮރު" ޕްރޮގްރާމަށް 418 ފޯމު ވަނީ ހުށަހަޅާފައެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ ޕޯޓަލްގައި ފޯމު ފުރިހަމަކޮށް ޑްރާފްޓް މަރުހަލާގައި 13،279 ފޯމު މިހާރުވެސް އެބައިން ކަމަށެވެ. މިއީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މިހާތަނަށް ހުޅުވާލާފައިވާ ސްކީމްތަކަށް ލިބިފައިވާ ތަރުހީބެވެ.

މީގެ އިތުރުން، އަންނަ އޭޕްރިލް މަހުގެ 1 ވަނަ ދުވަހު އިތުރު ދެ ޕްރޮގްރާމަކަށް ފުރުޞަތު ހުޅުވާލުމަށް ވަނީ ނިންމާފައެވެ. އެއީ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ހިންގާ "ގެދޮރުވެރިޔާ" ޕްރޮގްރާމްގައި ހިމެނޭ ދެ ކެޓަގަރީއަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކެޓަގަރީއެވެ.

ގެދޮރުވެރިޔާ ޕްރޮގްރާމްގެ ދަށުން ފުރުސަތު ދެނީ ނިމުނު ސަރުކާރުގެ ސްކީމްގައި ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންގެ ތެރެއިން ވަކި ގޯތިތަކަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށާއި، އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮތުމުގެ ސަބަބުން ބިންވެރިޔާ ސްކީމަށް ކުރިމަތިނުލެވުނު ފަރާތްތަކަށެވެ.

ސަރުކާރުން ހުޅުވާލާފައިވާ މި ހުރިހާ ސްކީމްތަކަށްވެސް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރިލް މަހުގެ ނިޔަލަށެވެ. މި ސްކީމްތަކުގައި މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށްވެސް ކުރިމަތިލެވޭނެ ކެޓަގަރީތައް ހިމެނެއެވެ. ފޯމު ހުށަހެޅުމުގެ ހުރިހާ ކަމެއް ކުރިއަށްދާނީ "ބޯހިޔާވަހިކަން" ހައުސިން ޕޯޓަލް މެދުވެރިކޮށެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްއެންމެނަށް ބޯހިޔާވަހިކަން ސްކީމްބޯހިޔާވަހިކަން
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

4 ދުވަސް ކުރިން - 12:38

އަނެއްކާވެސް ރެކޯޑެއް! 716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ؛ ދެން ކިޔާނީ ކީކޭބާ؟

716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ

5 ދުވަސް ކުރިން - 23:03

"ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތަށް ފޯމު ހުށަހަޅާ ޕޯޓަލްއަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ: ސްޓޭޓް މިނިސްޓަރު ނާޒިމް

"ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތަށް ފޯމު ހުށަހަޅާ ޕޯޓަލްއަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ!

6 ދުވަސް ކުރިން - 12:03

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ފެށިގެން ޕޯޓަލް މެދުވެރިކޮށް ލިބޭނެ

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ލިބޭނެ

7 ދުވަސް ކުރިން - 13:47

ހުސައިން އާދަމް ބިލްޑިންއާ ދިމާ އެއްގަމުތޮއްޓަށް އާންމު އުޅަނދު ކައިރިކުރުން މަނާ!

ހުސައިން އާދަމް ބިލްޑިންއާ ދިމާ އެއްގަމުތޮއްޓަށް އާންމު އުޅަނދު ކައިރިކުރުން މަނާ!

25 ދުވަސް ކުރިން - 00:38

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

34 ދުވަސް ކުރިން - 13:55