އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކަން އަށް އަމާޒުކޮށް އީރާނުން މިސައިލް ހަމަލާއެއް ދީފި ކަމަށް އީރާނުގެ އަސްކަރިއްޔާ އާއި ޙަވާލާދީ ޚަބަރުތައް ބުނެފިއެވެ.
އީރާނުގެ ދައުލަތުގެ ޓީވީ އިން ބުނީ އެ ޤައުމުގެ ކަނޑުގެ ސިފައިންގެ ކޯސްޓަލް ކްރޫޒް މިސައިލް ކެރިއަރ ގްރޫޕުން އެމެރިކާގެ މަނަވަރާއި ދިމާލަށް ޙަމަލާ ފޮނުވުމުން އޭގެ މިސްރާބު ބަދަލުކޮށްލާފައިވާ ކަމަށެވެ.
އީރާނުގެ އަސްކަރިއްޔާ އާއި ޙަވާލާދީ ޤައުމީ ޓީވީ އިން ބުނީ އެމެރިކާގެ މަނަވަރަށް ހުރަސް އަޅަން ޖެހުނީ ވަނީ އީރާނުގެ ދިފާއީ ނިޒާމުތަކުގެ ރޭންޖަށް ވަދެގެން ކަމަށާއި، އެފަދަ ފުރިސަތެއް އެއްވެސް ދުޝްމަނަކަށް ނުދޭނެ ކަމަށެވެ.
އީރާނުގެ މީޑިއާތަކުން އާންމުކުރި ފޫޓޭޖްތަކުން ވެސް ވަނީ މިސައިލްތައް ފޮނުވާލާ މަންޒަރު ދައްކާފައެވެ.










