އިސްރާއީލުގެ އެންމެ ބޮޑު ކަރަންޓް އުފައްދާ ފެސިލިޓީ ނުވަތަ މަޝްހޫރު ނަމުން ނަމަ އޮރޮޓް ރާބިން އިންޖީނުގެ ގޮއްވާލައިފި ކަމަށް ޓެލްއަވީވްގެ މަސްދަރަކުން ބުނެފިއެވެ. މިއީ އިޒުރޭލުގެ ކަރަންޓް ސަޕްލައިގެ މައިގަނޑު ތަނބެވެ.
މި ޙަމަލާ ދީފައި ވަނީ އީރާނާއި ޙިޛްބުﷲ އިން މިހާރު ދެމުންދާ މިސައިލް ޙަމަލާ ތަކުގެ ތެރޭގައި ވިޔަސް، މިއީ ސީދާ ކޮން ބައެއްގެ ޙަމަލާއެއް ކަމެއް އަދި ސާފެއް ނުވެއެވެ.
އިސްރާއީލުގެ އެހެން މަސްދަރަކުން ބުނީ އެ އިންޖީނުގެއަށް ގެއްލުން ވި ކަމުގައި ވިޔަސް އެއީ "ރިކަވަރ ކުރަން އުނދަގޫ ގެއްލުމެއް ނޫން" ކަމަށެވެ.
އިސްރާއީލަށް ދެމުންދާ ޙަމަލާތަކުގެ ތެރެއިން ފާއިތުވި 24 ގަޑިއިރު ޓެލްއަވިވް އަށް ވެސް ބޮޑެތި ގެއްލުން ވެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.










