ހައްދުފަހަނަ އަޅާފައިވާ އިޒުރޭލުން ޣައްޒާ އަށް ބޮން އަޅަން ފަށައިފިއެވެ.
ޚަބަރުތައް ބުނާ ގޮތުގައި އިޒުރޭލުގެ އެފް-35 ގެ ޖެޓުތަކުން ގެންދަނީ ޣައްޒާގެ އިރުމައްޗަށް ޙަމަލާ ދެމުންނެވެ.
ވާފާ ނިއުސް އެޖެންސީ އިން މީގެ ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާގެ މެދުތެރެއަށް އެންމެ ފަހުން ދިން ޙަމަލާ ތަކުގައި މަދުވެގެން ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދު ވެފައި ވާއިރު، އެތައް ބަޔަކު ޒަޚަމްވެފައި ވެއެވެ.
2023 ގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާ އަށް ސެމުންދާ ޙަމަލާތައް އަދިވެސް ނުހުއްޓައެވެ. ނަމަވެސް ކުރިން ކުރާ ގޮތަކަށް މިހާރު ހަނގުރާމައެއް ނުކުރެއެވެ.










