ލުބުނާނާއި އީރާނުން އިސްރާއީލުގެ މެދުތެރެއަށާއި އުތުރުގެ އެކި ހިސާބު ތަކަށް ފުލުފުލުގައި މިސައިލްތައް އެބަ ފޮނުވައެވެ. މިހާތަނަށް އިޒުރޭލުގެ 19 މީހަކު ޒަހަމް ވެއްޖެއެވެ.
އިސްރާއީލާއި ސަރަހައްދީ މަސްދަރުތަކުން ބުނާ ގޮތުގައި އީރާނާއި ހިޒްބުالله އިން ދެމުންދާ ގިނަ ހަމަލާތައް އަމާޒުވަނީ އާބާދީ ބޮޑު ސަރަހައްދުތަކާއި ކައިރިއަށެވެ. ހާއްސަކޮށް ޓެލްއަވީވްގެ ވަށައިގެންވާ ސަރަހައްދުތަކަށެވެ.
ހިޒްބުالله އިން މި މަހުގެ ކުރީކޮޅުގައި މި ހަނގުރާމަ އާއި ބައިވެރިވި ފަހުން، ކޮންމެ ދުވަހަކު ވެސް މިސައިލް ހަމަލާގެ ރާޅުތައް އިސްރާއީލަށް އަމާޒުކުރެއެވެ.
މިރޭގެ ހަމަލާތަކުގައި އަންހެން ސިފައިންގެ މީހަކު މަރުވިއިރު އާންމުންގެ ބަޔަކަށް ވެސް ވަނީ އަނިޔާ ވެފައެވެ.
އިސްރާއީލްގެ މީޑީއާއިން ބުނާ ގޮތުގައި ހަނގުރާމަ ފެށި ފަހުން މިހާތަނަށް 4600 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާ ވެފައެވެ.
އިޒުރޭލަށް އެންމެ ގިނަ ޙަމަލާތައް ދެމުން ގެންދަނީ ލުބުނާނާއި ވީ ފަޅިންނެވެ. އީރާނުން އިޒުރޭލަށް ހަމަލާ ދީފައި ވަނީ މިރޭގެ ޙަމަލާތައް ހިމަނައިގެން ގާތްގަނޑަކަށް 246 ފަހަރުގައެވެ. ހިޒްބުاللهގެ ރާޅުތަކުގެ ޢަދަދު 486 އަށް އަރައެވެ.










