Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ވައިގެ ސަރަހައްދު ޑިފެންސް މިނިސްޓްރީން ސާފުކޮށްދީފި

ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ވައިގެ ސަރަހައްދު ޑިފެންސް މިނިސްޓްރީން ސާފުކޮށްދީފި

ހައްވާ މިރުފާ
112 ދުވަސް ކުރިން - 24 މާޗް 2026 22:10
މިނިސްޓްރީން އާންމުކޮށްފައިވާ ފޮޓޯ---
މިނިސްޓްރީން އާންމުކޮށްފައިވާ ފޮޓޯ---
ޚުލާސާ

އެ ސަރަހައްދަ ވަންނަ ނަމަ ހުއްދަ ހޯދަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނި.

ރާއްޖޭގެ ވައިގެ ސަރަހައްދަކީ ކޮބައިކަމާއި، އެ ސަރަހައްދުތަކުގައި ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާނެ ގޮތްތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޑިފެންސްއިން މިއަދު ތަފްސީލީ މައުލޫމާތު ހާމަކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރާއްޖޭގެ ޗާޓުގައި ފާހަގަކޮށްފައި އެވަނީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ވައިގެ ސަރަހައްދާއި ކަނޑުގެ ސަރަހައްދު ކަމަށެވެ. އެގޮތުން، ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދަކަށް އެއްވެސް އުޅަނދެއް، ހާއްސަކޮށް ހަނގުރާމަމަތީ މަނަވަރެއް ވަންނަނަމަ، ދުރާލައި ހުއްދަ ހޯދަންޖެހޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

ގައުމެއްގެ ކަނޑާއި ވައިގެ ސަރަހައްދުގެ ގާނޫނީ ހަމަތައް ބަޔާންކޮށްދެމުން ޑިފެންސް މިނިސްޓްރީން ބުނީ، "ކޮންވެންޝަން އޮން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން" (ޗިކާގޯ ކޮންވެންޝަން) ގައިވާ ގޮތުގެ މަތިން، ގައުމެއްގެ ސަރަހައްދީ ކަނޑާ ގުޅިފައިވާ ވައިގެ ސަރަހައްދަކީ އެ ގައުމެއްގެ ފުރިހަމަ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެކެވެ. ރާއްޖޭގެ ސަރަހައްދީ ކަނޑުގެ ގޮތުގައި ބެލެވެނީ އައްސޭރިފަށުން ފެށިގެން 12 ނޯޓިކަލް މޭލާ ހަމައަށެވެ.

Advertisement

Advertisement 1

ޑިފެންސް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، އެ ބޭރުގައި އޮންނަ ވައިގެ ސަރަހައްދަކީ "އިންޓަނޭޝަނަލް އެއާސްޕޭސް" ކަމަށާއި، އެ ސަރަހައްދަށް ވަނުމަށް ވަކި ގައުމެއްގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް، އެކި ގައުމުތަކަށް ކަނޑައަޅާފައިވާ "ފްލައިޓް އިންފޮމޭޝަން ރީޖަން" (އެފް.އައި.އާރު) ތެރޭގައި ހިމެނޭ ސަރަހައްދުތަކުގައި އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް ފޯރުކޮށްދޭން ޖެހެ އެވެ.

މި ސަރަހައްދުތައް ކަނޑައެޅިފައިވާ އެންމެ މުހިންމު ބޭނުމަކީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އިންޓަނޭޝަނަލް އެއާސްޕޭސްގެ ތެރޭގައި ހިމެނޭ ފްލައިޓް އިންފޮމޭޝަން ރީޖަންއަށް ވަނުމަށް ހުއްދަ ބޭނުން ނުވި ނަމަވެސް، އެފަދަ ދަތުރުތަކާ ބެހޭ މައުލޫމާތު އެއާ ޓްރެފިކް ކޮންޓްރޯލުން ދަނީ ބަރާބަރަށް ހޯދަމުންނެވެ.

އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައި.ކާއޯ) ގެ އުސޫލުތަކާއި ޗިކާގޯ ކޮންވެންޝަންގެ ދަށުން، ކޮންމެ ގައުމަކަށްމެ އެ ގައުމެއްގެ އެއްގަމާއި ސަރަހައްދީ ކަނޑުގެ މަތީގައިވާ ވައިގެ ސަރަހައްދުގެ މައްޗަށް ފުރިހަމަ އަދި މިނިވަން ސިޔާދަތީ ބާރު ލިބިގެންވެއެވެ. ޑިފެންސް މިނިސްޓްރީން މި މައުލޫމާތު އާންމުކޮށްފައި މިވަނީ، ރާއްޖޭގެ ސަރަހައްދީ ރައްކާތެރިކަމާއި ސިޔާދަތީ ބާރުތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ މަގުސަދުގަ އެވެ.

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޑިފެންސް މިނިސްޓަރުގެ މަގާމަށް ހަސަން ރަޝީދު އައްޔަންކުރައްވައިފި

ޑިފެންސް މިނިސްޓަރުގެ މަގާމަށް ހަސަން ރަޝީދު އައްޔަންކުރައްވައިފި

90 ދުވަސް ކުރިން - 20:54

ދިވެހި ވަތަނީ ހިދުމަތުގެ ތިން ވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވާލައިފި

ވަތަނީ ހިދުމަތުގެ ތިން ވަނަ ބުރުގައި،ބައިވެރިވުމަށް ހުޅުވާލައިފި

105 ދުވަސް ކުރިން - 19:45

ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގެ ތިންވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ވަތަނީ ހިދުމަތުގެ ތިންވަނަ ބެޗުގައި ބައިވެރިވުމަށް ހުޅުވާލައިފި

127 ދުވަސް ކުރިން - 15:42

ފަހު ދިހައެއްގައި އެޕްލިކޭޝަން ޕްރޮސެސް ކުރާނީ އަންގާރަ އަދި ބުރާސްފަތި ދުވަހު: ޑިފެންސް މިނިސްޓްރީ

ދެދުވަހައެއްގައި އެޕްލިކޭޝަންތައް ޕްރޮސެސް ކުރާނަން: ޑިފެންސް މިނިސްޓްރީ

127 ދުވަސް ކުރިން - 15:39

އިބޫ ވިއްކާލި ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ ތަނެއްގެ ގޮތުގައި ބަލަހައްޓާނަން: ޑިފެންސް

"ރައީސްގެ ނިންމެވުމާ އެއްގޮތަށް ކަނޑުގެ ސަރަހައްދު ބަލަހައްޓާނަން"

160 ދުވަސް ކުރިން - 18:15

ޖަޕާނުން ރާއްޖެއަށް ސީ އެމްބިއުލާންސް ހަދިޔާ ކޮށްފި

ޖަޕާނުން ރާއްޖެއަށް ސީ އެމްބިއުލާންސް ހަދިޔާ

162 ދުވަސް ކުރިން - 10:04