Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދިވެހި ވަތަނީ ހިދުމަތުގެ ތިން ވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވާލައިފި

ދިވެހި ވަތަނީ ހިދުމަތުގެ ތިން ވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހައްވާ މިރުފާ
105 ދުވަސް ކުރިން - 31 މާޗް 2026 19:45
ވަތަނީ ހިދުމަތުގެ ތަމްރީން އިފްތިތާހު ކުރުން---ފޮޓޯ:ރައީސް އޮފިސް
ވަތަނީ ހިދުމަތުގެ ތަމްރީން އިފްތިތާހު ކުރުން---ފޮޓޯ:ރައީސް އޮފިސް
ޚުލާސާ

ވަތަނީ ހިދުމަތުގައި ބައިވެރިވުމަށް އެދި 2026 އެޕްރީލް 5 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ފޯމް ހުށައެޅޭނެ، 16 އަހަރާއި 28 އަހަރުގެ ޒުވާނުންނަށް ބައިވެރިވެވޭނެ،

ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުގައި ބައިވެރިވާން ބޭނުންވާ ޒުވާނުން، އެ ތަމްރީނުގެ ތިން ވަނަ ބުރުގައި ބައިވެރިވުމަށް ޑިފެންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެކަމާއި ގުޅީގެން މިއަދު ޑިފެންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ އެ ތަމްރީނުގައި ބައިވެރިވުމަށް ޝައުގުވެރިކަން ހުރި ޝަރުތު ހަމަވާ ޒުވާނުންނަށް މިހާރު ފޯމް ހުށަހެޅޭނެ ކަމަށެވެ.

އެގޮތުން އެ މިނިސްޓްރީން ހާމަކުރި ގޮތުގައި ވަތަނީ ހިދުމަތުގެ ތަމްރީނުގައި ބައިވެރިވެވޭޏީ އުމުރުން 16 އަހަރު ފުރި ފައިވާ އަދި 28 އަހަރު ނުފުރޭ ޒުވާނުންނަށް ކަމަށެވެ. އަދި އޭގެ ތެރެއިން 18 އަހަރު ނުފުރޭ ކުދިންނަށް އެ ހިދުމަތުގައި ބައިވެރިވެވޭނީ އެއްކުއްޖެއްގެ ބެލެނިވެރިންގެ ހުއްދައާއެކު ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.

Advertisement

Advertisement 1

އެ ތަމްރީނަކީ 3 މަސް ދުވަަހަށް ދެމިގެންދާ ތަމްރީނެކެވެ. އަދި ޑިފެންސުން ހާމަކުރި ގޮތުގައި އެމް.އެން.ޑީ.އެފް ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރު ނުވަތަ ޅ.މާފިލާފުށީގައި ކުރިއަށްގެންދާ، ވަތަނީ ތަމްރީނުގެ ތިން ވަނަ ބުރު ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ މެއި މަހުގެ ފަހު ހަފްތާގަ އެވެ.

ހަމައެއާއެކު ވަތަނީ ހިދުމަތުގެ ތަމްރީނަށް ބައިވެރިން ހޮވުމަށް އެ މިނިސްޓްރީން އިންޓަވިއުއަކާއި އެޕްޓިޓިއުޑް ޓެސްޓަކާއި އަދި ފިޒިކަލް ސްކްރީނިންގެ އިތުރުން މެޑިކަލް ސްކްރީނިންއެއް ބާއްވާނެ އެވެ. އަދި ބައިވެރިން ހޮވުމަށް ފަހު އެ ފަރާތްތަކުން ހިދުމަތުގައި ބައިވެރިވާ ހިސާބުން ފެށިގެން ވަކި އެލަވަންސެއް ލިބޭނެ ކަމަށް ޑިފެންސުން ހާމަކުރެ އެވެ.

އޭގެ އިތުރުން އެ މިނިސްޓްރީން ފާހަނގަކޮށްފައިވާ ގޮތުގައި ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރުމަށް ފަހު، ވަތަނީ ހިދުމަތްތެރިންނަށް ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުސަތުތައް ލިބޭނެ ގޮތް ފަހިކޮށް ދޭނެ ކަމަށެވެ.

އެހެންކަމުން ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ޒުވާނުން، އެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށް ފަހު އީމެއިލް މެދުވެރިކޮށް ޑިފެންސަށް ފޮނުވުމަށް އެ މިނިސްޓްރީން ވަނީ އިރުޝާދު ދީފަ އެވެ. ނުވަތަ ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި އެ މިނިސްޓްރީގެ ރިސެޕްޝަނަށް ހުށަހެޅުމަށް ވަނީ ބުނެފަ އެވެ.

އެގޮތުން އެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ޑިިފެންސްގެ ވެބްސައިޓު މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.

އަދި ވަތަނީ ހިދުމަތުގައި ބައިވެރިވުމަށް އެދި 2026 އެޕްރީލް 5 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ފޯމް ހުށައެޅޭނެ ކަމަށް ޑިފެންސުން ވަނީ ބުނެފަ އެވެ. އެކާމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެ މިނިސްޓްރީން ހިއްސާކޮށްފައިވާ ނަމްބަރަކީ 3035850 އެވެ.

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްސަރުކާރުޒުވާނުން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޑިފެންސް މިނިސްޓަރުގެ މަގާމަށް ހަސަން ރަޝީދު އައްޔަންކުރައްވައިފި

ޑިފެންސް މިނިސްޓަރުގެ މަގާމަށް ހަސަން ރަޝީދު އައްޔަންކުރައްވައިފި

90 ދުވަސް ކުރިން - 20:54

އައްޑޫ ގާޑިޔާ ވިޔަފާރިވެރިންގެ ދަތިތަކަށް ނިމުމެއް ގެނެސްދޭނަން: މުޝްރިފް

"އައްޑޫ ގާޑިޔާ ވިޔަފާރިވެރިންނަށް ދާއިމީ ހައްލެއް ހޯދައިދޭނަން"

106 ދުވަސް ކުރިން - 19:30

މަޖިލީހުގެ 10 އިންސައްތަ ގޮނޑި ޒުވާނުންނަށް، 10 އިންސައްތަ އަންހެނުންނަށް!

ރައީސްގެ ވިސްނުންފުޅަކީ މަޖިލީހުގެ 10ޕަސެންޓު ޒުވާނުންނަށް ހާއްސަކުރުން

108 ދުވަސް ކުރިން - 16:17

ޒުވާނުން އެދެނީ ވީހާވެސް ގިނަ ޒުވާނުން ބައިވެރިވުމަށް

ޒުވާނުން އެދެނީ ވީހާވެސް ގިނަ ޒުވާނުން ބައިވެރިވުމަށް

111 ދުވަސް ކުރިން - 23:11

މަޖިލީހުން ޒުވާނުންނަށް ހާއްސަ ފުރުސަތުތަކެއް ދޭން ނިންމުމާ ގުޅިގެން އުފާފާޅުކުރުމަށް ބާބަކިއުއެއް ބާއްވަނީ

ޒުވާނުންނަށް މަޖިލީހުން ފުރުސަތުދޭން ނިންމުމުން ހާއްސަ ހަރަކާތެއް

111 ދުވަސް ކުރިން - 21:17

30 އަހަރުން ދަށުގެ ޒުވާނުންނާއި އަންހެނުންނަށް މަޖިލީހުގެ ވަކި އިންސައްތައެއް ހާއްސަކުރަނީ

ޒުވާނުންނާއި އަންހެނުންނަށް މަޖިލީހުގެ ވަކި އިންސައްތައެއް ހާއްސަކުރަނީ

112 ދުވަސް ކުރިން - 15:53