Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަގު ހެޔޮކޮށް ލިބޭ ބަރުދަން ލުއިކުރާ ބޭހުގެ ބޭނުން ނަހަމަ ގޮތުގައި ނުހިފުމަށް އިންޑިއާ އިން އިންޒާރުދީފި

އަގު ހެޔޮކޮށް ލިބޭ ބަރުދަން ލުއިކުރާ ބޭހުގެ ބޭނުން ނަހަމަ ގޮތުގައި ނުހިފުމަށް އިންޑިއާ އިން އިންޒާރުދީފި

ހައްވާ މިރުފާ
158 ދުވަސް ކުރިން - 24 މާޗް 2026 22:16
އިންޑިއާގެ ބަރުދަން ލުއި ކުރާ ބޭސް އޮޒެމްޕިކް---
އިންޑިއާގެ ބަރުދަން ލުއި ކުރާ ބޭސް އޮޒެމްޕިކް---
ޚުލާސާ

އޮޒެމްޕިކާއި ވީގޯވީގައި ހިމެނޭ"ސެމަގްލޫޓައިޑް"ގެ ޕޭޓަންޓް މި މަހުގެ 20 ވަނަ ދުވަހު ހަމަވެއްޖެ، ދެން ބަރުދަން ލުއި ކުރާ ބޭސްތައް އިންޑިއާއިން ގަނެވޭނީ ޑޮކްޓަރުގެ ލިޔުމަކާއެކު.

އުސޫލުން ބޭރުން ބަރުދަން ލުއިކުރާ ބޭސް ބޭނުން ނުކުރުމަށް އިންޑިއާގެ ހެލްތު މިނިސްޓްރީން އިންޒާރު ދީފި އެވެ. އިންޑިއާއަކީ ދުނިޔޭގައި އެންމެ ގިނައިން ޖެނެރިކް ބޭސް އުފައްދާ ގައުމަށް ވާއިރު، މިއީ ދިވެހިންވެސް ބޭސްފަރުވާއަށް އެންމެ ގިނައިން ގޮސް އުޅޭ ގައުމެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން މިފަދަ އިންޒާރެއް ދީފައިވަނީ ބަރުދަން ލުއިކުރުމަށް މަގުބޫލު ބޭސްތަކެއް ކަމަށްވާ "އޮޒެމްޕިކް" އަދި "ވީގޯވީ" ފަދަ ބޭސްތަކުގައި ހިމެނޭ "ސެމަގްލޫޓައިޑް" މާއްދާގެ ޕޭޓަންޓް މި މަހުގެ 20 ވަނަ ދުވަހު ހަމަވުމާ ގުޅިގެންނެވެ. މިއީ ލޭގައި ހަކުރު ހުންނަ މިންވަރާއި ކާހިތްވުން ކޮންޓްރޯލްކޮށްދޭ ހޯމޯންއަކަށް ނިސްބަތްވާ "GLP-1" މާއްދާ އެކުލެވޭ ބޭސްތަކެކެވެ.

މި ފަހަކަށް އައިސް GLP-1 އެކުލެވޭ ގިނަ އަދަދެއްގެ ޖެނެރިކް ބޭސްތައް ބާޒާރަށް ތައާރަފްވުމާއެކު، މި ބޭސްތަކަށް އޮތް ޑިމާންޑް ވަނީ އިންތިހާއަށް އުފުލިފަ އެވެ. އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، އާންމު ފާމަސީތަކާއި، އޮންލައިން ޕްލެޓްފޯމްތަކުގެ އިތުރުން ވެލްނަސް ކްލިނިކްތަކުން ބޭނުން އިރަކު މި ބޭސްތައް ލިބެން ހުރުމަކީ ބޮޑު ކަންބޮޑުވުމެކެވެ.

Advertisement

Advertisement 1

އިންޑިއާއިން އުފައްދާ މިފަދަ ބޭސްތަކަކީ ދުނިޔެއަށް ދިމާވެފައިވާ ފަލަވުމުގެ ނުވަތަ އޮބޭސިޓީގެ މައްސަލައަށް އިންގިލާބީ ބަދަލެއް ގެންނާނެ ބޭސްތަކެއް ކަމަށް ބެލެވުނު ނަމަވެސް، ޑޮކްޓަރެއްގެ ލަފާގެ މަތިން ނޫނީ މި ބޭސްތައް ބޭނުންކުރުމަކީ ސިއްހީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ. އެހެންކަމުން، މިފަދަ ބޭސްތައް ވިއްކޭނީ ހަމައެކަނި ޑޮކްޓަރުގެ ބޭސްސިޓީއަށް އެކަނި ކަމަށް އިންޑިއާ ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ.

މީގެ އިތުރުން، އިންޑިއާ ސަރުކާރުން އަންނަނީ މިކަން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ކަސްޓަމަރުންނަށް އޮޅޭ ފަދަ ގޮތްގޮތަށް ބޭސް އިޝްތިހާރުކުރާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ބޭނުން ނޫން އެހެން ކަންކަމަށް ބޭސް ބޭނުންކުރުމަށް ހިތްވަރުދޭ ކުންފުނިތައް ބޮޑު އަދަދުން ޖޫރިމަނާކޮށް، އެފަދަ ކަންކަން މަނާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ބަރުދަން ލުއިކުރުމަކީ ގިނަ އަދަދެއްގެ ދިވެހިންވެސް މިހާރު އިހުތިޔާރު ކުރަމުންދާ ވަސީލަތަކަށް ވާތީ، މިފަދަ ބޭސްތައް ބޭނުންކުރުމުގައި ސަމާލުވުމަކީ މުހިންމު ކަމެކެވެ.

އިންޑިއާސިއްހީ ދާއިރާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

7 ދުވަސް ކުރިން - 18:55

ޖެން-ޒީގެ ވޯޓު ހޯދުމަށް މޯދީ "ރީލްސް" ހައްދަވަން ފައްޓަވައިފި: ސިޔާސީ އުސްލޫބަށް ބޮޑު ބަދަލެއް!

ޖެން-ޒީގެ ވޯޓު ހޯދުމަށް މޯދީ "ރީލްސް" ހައްދަވަން ފައްޓަވައިފި

7 ދުވަސް ކުރިން - 10:25

މާލެއަށް ބަރޯސާވުން ކުޑަކުރަން އަތޮޅުތެރޭގެ 10 ރަށެއްގެ ހޮސްޕިޓަލްތައް ތަރައްގީކުރަނީ

މާލެއަށް ބަރޯސާވުން ކުޑަކުރަން އަތޮޅުތެރޭގެ 10 ރަށެއްގެ ހޮސްޕިޓަލްތައް ތަރައްގީކުރަނީ

19 ދުވަސް ކުރިން - 10:22

ފަވަރަ އާއި ޔޫޕީއައި ގުޅާލައިފި: އިންޑިއާއަށް ސިކުންތުކޮޅެއްގެ ތެރޭގައި ފައިސާ ފޮނުވޭނެ މަގު ތަނަވަސްވެއްޖެ

އިންޑިއާއަށް ސިކުންތުކޮޅެއްގެ ތެރޭގައި ފައިސާ ފޮނުވޭނެ މަގު ތަނަވަސްވެއްޖެ

29 ދުވަސް ކުރިން - 13:43

އިންޑިއާގެ މުޒާހަރާ: މާދަމާއަށް 50 ދުވަސް! އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

އިންޑިއާގެ އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

35 ދުވަސް ކުރިން - 16:38

އިންޑިއާގެ ޓެސްޓް ކަރުދާސް ލީކުވި މައްސަލަ: 'ކޮކްރޯޗް' ލީޑަރުންނާއި ސަރުކާރާ ދެމެދު މަޝްވަރާތައް ފަށައިފި

'ކޮކްރޯޗް' ލީޑަރުންނާއި ސަރުކާރާ ދެމެދު މަޝްވަރާތައް ފަށައިފި

36 ދުވަސް ކުރިން - 16:07