Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވެހިކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވެހިކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލަނީ

ހައްވާ މިރުފާ
159 ދުވަސް ކުރިން - 24 މާޗް 2026 01:36
"ބޯހިޔާވެހިކަން އެންމެނަށް"ހައުސިން ޕްރޮގްރާމް---ފޮޓޯ:ހައުސިން މިނިސްޓްރީ
"ބޯހިޔާވެހިކަން އެންމެނަށް"ހައުސިން ޕްރޮގްރާމް---ފޮޓޯ:ހައުސިން މިނިސްޓްރީ
ޚުލާސާ

ނުކުޅެދުންތެރިކަމުގެ ސަބަބުން މާލެއިން ހިދުމަތް ހޯދަން ދަތުރުކުރަންޖެހޭ ފަރާތްތަކާއި، އެފަދަ ހިދުމަތްތައް ހޯދުމަށްޓަކައި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތަކަށްވެސް ދެން ކުރިމަތިލެވޭނެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ހާއްސަ ސިޔާސަތުގެ ދަށުން، ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުން ފެށިގެން ހުޅުވާލުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" އަށް ފޯމު ހުށަހެޅުން ފަށާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން ކަމަށެވެ. ކުރިން މި ފުރުސަތު މާދަމާ ހުޅުވާލުމަށް ނިންމާފައި އޮތް ނަމަވެސް، މިހާރު މިވަނީ އަންނަ މަހަށް ފަސްކޮށްފަ އެވެ.

މި ކެޓަގަރީގެ ދަށުން ބޯހިޔާވެހިކަމަށް އެދި ކުރިމަތިލާ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހޭނީ ހައުސިން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށެވެ.

Advertisement

Advertisement 1

މި ސަރުކާރުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ބޯހިޔާވަހިކަމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން، އާންމު ފަރާތްތަކަށް ބޯހިޔާވަހިކަމަށް ޝަރުތު ހަމަވަނީ މާލެ ސަރަހައްދުގައި މެދުނުކެނޑި 15 އަހަރު ދިރިއުޅެފައިވާނަމަ ކަމަށްވީ ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި މުއްދަތު ވަނީ 5 އަހަރަށް ކުޑަކޮށްދީފަ އެވެ.

މީގެ އިތުރުން، އެމީހެއްގެ ހުރި ނުކުޅެދުންތެރިކަމުގެ ސަބަބުން މާލެއިން ހިދުމަތް ހޯދަން ދަތުރުކުރަންޖެހޭ ފަރާތްތަކާއި، އެފަދަ ހިދުމަތްތައް ހޯދުމަށްޓަކައި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތަކަށްވެސް މި ކެޓަގަރީގެ ދަށުން ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް އައު އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

މި ބަދަލަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލެއް ހޯދައިދީ، އެފަރާތްތަކަށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ހައުސިންގ މިނިސްޓްރީން ފާހަގަކުރެ އެވެ.

ބޯހިޔާވަހިކަންއެންމެނަށް ބޯހިޔާވަހިކަން ސްކީމްމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

4 ދުވަސް ކުރިން - 12:38

އަނެއްކާވެސް ރެކޯޑެއް! 716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ؛ ދެން ކިޔާނީ ކީކޭބާ؟

716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ

5 ދުވަސް ކުރިން - 23:03

"ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތަށް ފޯމު ހުށަހަޅާ ޕޯޓަލްއަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ: ސްޓޭޓް މިނިސްޓަރު ނާޒިމް

"ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތަށް ފޯމު ހުށަހަޅާ ޕޯޓަލްއަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ!

6 ދުވަސް ކުރިން - 12:03

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ފެށިގެން ޕޯޓަލް މެދުވެރިކޮށް ލިބޭނެ

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ލިބޭނެ

7 ދުވަސް ކުރިން - 13:47

ހުސައިން އާދަމް ބިލްޑިންއާ ދިމާ އެއްގަމުތޮއްޓަށް އާންމު އުޅަނދު ކައިރިކުރުން މަނާ!

ހުސައިން އާދަމް ބިލްޑިންއާ ދިމާ އެއްގަމުތޮއްޓަށް އާންމު އުޅަނދު ކައިރިކުރުން މަނާ!

25 ދުވަސް ކުރިން - 00:38

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

34 ދުވަސް ކުރިން - 13:55