Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ގޭހުގެ އާ ޝިޕްމެންޓަކާއެކު މޯލްޑިވް ގޭސްއިން 10 ކިލޯގެ ގޭސް ފުޅި އަލުން ވިއްކަން ފަށައިފި

ގޭހުގެ އާ ޝިޕްމެންޓަކާއެކު މޯލްޑިވް ގޭސްއިން 10 ކިލޯގެ ގޭސް ފުޅި އަލުން ވިއްކަން ފަށައިފި

ހައްވާ މިރުފާ
113 ދުވަސް ކުރިން - 23 މާޗް 2026 17:28
މޯލްޑީވް ގޭސް---ފޮޓޯ:ޚުލާސާ
މޯލްޑީވް ގޭސް---ފޮޓޯ:ޚުލާސާ
ޚުލާސާ

ވޭތުވެ ދިޔަ ދުވަސްތަކުގައި އެ ކުންފުނިން އެޅިފިޔަވަޅުތަކަކީ ރައްޔިތުންނަށް ހަމަހަމަކަމާއެކު ގޭސް ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅުތަކެއް.

ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ލިބުމާ ގުޅިގެން، ގޭސް ފޯރުކޮށްދިނުމުގައި ދިމާވި ދަތިތަކަށް ހައްލެއް ލިބިފައިވާ ކަމަށް އެސްޓީއޯއިން ހާމަކޮށްފި އެވެ.

އެސްޓީއޯއިން ބުނި ގޮތުގައި، އަލަށް ލިބުނު ޝިޕްމަންޓާއެކު މޯލްޑިވްސް ގޭސް މެދުވެރިކޮށް 10 ކިލޯގެ ގޭސް ފުޅި މިހާރު އެއްވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ. އަދި ރާއްޖެއަށް ބޭނުންވާ މިންވަރަށް މިވަގުތު ގޭހުގެ ސްޓޮކް ހުރިކަމަށާއި، އާންމުންނަށް މެދުކެނޑުމެއް ނެތި ހިދުމަތް ފޯރުކޮށްދިނުމަށް ބާރުއަޅަމުންދާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

ވޭތުވެދިޔަ މަހާއި މި މަހުގެ ތެރޭގައި ގޭހުގެ ޝިޕްމަންޓް ލިބުން ލަސްވުމުގެ ސަބަބުން، މާލެއާއި އަތޮޅުތެރޭގެ ރަށްރަށަށް ގޭސް ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. މިކަމުގެ ސަބަބުން ގޭސް އޯޑަރުކުރުމަށްފަހު ޑެލިވަރީ ލިބުމުގައި ގިނަ ވަގުތުތަކެއް ހޭދަވާތީ އާންމުންގެ ޝަކުވާތައް ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ. ނަމަވެސް، އައު ޝިޕްމަންޓާއެކު ޑެލިވަރީގެ ހިދުމަތްތައް ކުރިއެކޭ އެއްފަދައިން އަވަސްވެގެންދާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

Advertisement

Advertisement 1

މި ދަތިކަން ކުރިމަތިވާން މެދުވެރިވީ ބައިނަލްއަގުވާމީ ބާޒާރުގައި، ހާއްސަކޮށް މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލާއި ގޭހުގެ ސަޕްލައިއަށް އައި ބަދަލުތަކުގެ ސަބަބުންނެވެ. ސަޕްލައި ޗޭނަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް، ސްޓޮކް އެއްކޮށް ހުސްވިޔަ ނުދިނުމަށްޓަކައި މޯލްޑިވް ގޭސްއިން ވަނީ ވަގުތީ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި 10 ކިލޯގެ ފުޅިއަށް 5 ކިލޯ ގޭސް އަޅައިގެން 100 ރުފިޔާއަށް ވިއްކުމާއި، އައު ކަސްޓަމަރުންނަށް ގޭސް ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލުން ހިމެނެ އެވެ.

އެސްޓީއޯއިން ފާހަގަކުރި ގޮތުގައި، މި ފިޔަވަޅުތަކަކީ ދަތި ދަނޑިވަޅުގައި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ގޭސް ފޯރުކޮށްދިނުމަށްޓަކައި އެޅި މުހިންމު ފިޔަވަޅުތަކެކެވެ.

މޯލްޑިވް ގޭސްއެސްޓީއޯ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

32 ދުވަސް ކުރިން - 13:57

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި: މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ފައިދާ 276 މިލިއަނަށް

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި

58 ދުވަސް ކުރިން - 15:22

މޯލްޑިވް ގޭހުން ލިކިއުޑް ނައިޓްރޯޖަން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފި

މޯލްޑިވް ގޭހުން ލިކިއުޑް ނައިޓްރޯޖަން ބާޒާރަށް ތައާރަފްކޮށްފި

68 ދުވަސް ކުރިން - 19:37

އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު 16.68 ބިލިއަންގެ އާމްދަނީއެއް

އެސްޓީއޯއަށް މިދިޔަ އަހަރު 16.68 ބިލިއަންގެ އާމްދަނީއެއް

73 ދުވަސް ކުރިން - 11:10

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ހުށަހަޅަނީ

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ހުށަހަޅަނީ

73 ދުވަސް ކުރިން - 11:00

ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް 5.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް؛ ފައިދާ 785 މިލިއަން

ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް 785 މިލިއަންގެ އާމްދަނީއެއް

83 ދުވަސް ކުރިން - 23:49