Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހަރަދުކުޑަކުރާނީ ރައްޔިތުންނަށް އޭގެ ތަކުލީފު އުފުލަން ނުޖެހޭ މިންވަރަށް: ރައީސް

ހަރަދުކުޑަކުރާނީ ރައްޔިތުންނަށް އޭގެ ތަކުލީފު އުފުލަން ނުޖެހޭ މިންވަރަށް: ރައީސް

އައިޝަތު ރުވާ ރިފްޢަތު
169 ދުވަސް ކުރިން - 23 މާޗް 2026 16:52
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އަމާޒަކީ ކުދިކުދި ކަންކަމުގެ ބަދަލުގައި، ހަރަދު ސަލާމަތްކުރުމުގައި އެންމެ ބޮޑު "އިމްޕެކްޓް" އެއް ނުވަތަ ނަތީޖާއެއް ނެރެވޭނެ ފަދަ ބަދަލުތައް ގެނައުން ކަމަށް ރައީސް ވިދާޅުވި.

މާލެ، ދިވެހިރާއްޖެ: ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ވީހާވެސް ކުޑަވާނެ ގޮތަކަށް ކަންކަން ބައްޓަންކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކާއެކުވެސް، އިގްތިސާދީ ގޮތުން އެހެން ބައެއް ގައުމުތަކާ އަޅާކިޔާއިރު ރާއްޖޭގެ ހާލަތު ވަރަށް ރަނގަޅު ކަމަށެވެ. އެގޮތުން، މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ ގްރޮސް ރިޒާވްގައި 1.2 ބިލިއަނަށްވުރެ ގިނަ ޑޮލަރު ހުރިކަމަށާއި، ޔޫޒަބަލް ރިޒާވްގައި 300 މިލިއަނަށްވުރެ ގިނަ ޑޮލަރު ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

"އާމްދަނީ ލިބޭ ގޮތްތަކާއި އާމްދަނީ މަދުވަމުންދާ އަދަދަށް ކޮމްޕެންސޭޓް ކުރަންޖެހޭ ގޮތްތަކާ، މި ހުރިހާ ކަންކަމަށް އަޅުގަނޑުމެން މިދަނީ ހިސާބު ޖަހަމުން،" ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement 1

ރައީސް އިތުރަށް ވިދާޅުވީ، ހަރަދު ކުޑަކުރުމަށްޓަކައި ގެންނަ ކޮންމެ ބަދަލަކީ "މީނިންގްފުލް" ނުވަތަ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ފަދަ ބަދަލަކަށް ވާންޖެހޭނެ ކަމަށެވެ. މިގޮތުން، ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތު ގަޑިތައް ނުވަތަ ހިންގާ ދުވަސްތައް މަދުކޮށްގެން ހަރަދު ކުޑަކުރެވޭނެ މިންވަރާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ދިރާސާއެއް ކުރަމުންދާ ކަމަށާއި، އެ ދިރާސާއަށް ބަލައި ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، ސަރުކާރުގެ ބޮޑު އަމާޒަކީ ކުދިކުދި ކަންކަމުގެ ބަދަލުގައި، ހަރަދު ސަލާމަތްކުރުމުގައި އެންމެ ބޮޑު "އިމްޕެކްޓް" އެއް ނުވަތަ ނަތީޖާއެއް ނެރެވޭނެ ފަދަ ބަދަލުތައް ގެނައުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަރަދު ކުޑަކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ފަރާތުން ބޭރު ގައުމުތަކަށް ކުރާ ރަސްމީ ދަތުރުތަކާއި އެތެރޭގެ ދަތުރުތަކުގެ ހަރަދުތައް މިހާރުވެސް ވަރަށް ބޮޑަށް ކުޑަކޮށްފައިވާ ކަމަށެވެ. އަދި ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ މުސާރަ ކުޑަކުރި ގޮތަށް އެކަން އެގޮތުގައި ދެމިއޮތްކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ މުސާރައިން 50 އިންސައްތަ އުނިކުރެއްވުމަކީވެސް ހަރަދު ކުޑަކުރުމަށް ސަރުކާރުން އިސްކަންދޭ މިންވަރު ހާމަވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިގްތިސާދީ ހަމަޖެހުމަށްޓަކައި ހަރަދު ކުޑަކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ސަރުކާރުން ކުރާނެ ކަމަށާއި، އެހެންނަމަވެސް އެ ހުރިހާ ފިޔަވަޅެއްވެސް އަޅުއްވާނީ ރައްޔިތުންނަށް އޭގެ ސަބަބުން ކުރިމަތިވާނެ ދަތިތައް ވީހާވެސް ކުޑަވާނެ ގޮތެއް ބައްލަވައިގެން ކަމަށެވެ.

ހަރަދުރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސްއީރާން ކްރައިސިސް 2026
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

1 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

1 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

1 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ދުވަސް ކުރިން - 16:05