Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މަރުގެ ހުކުމް ތަންފީޒުކުރުމުގެ ބިލު މަޖިލީހުގެ މި ދައުރުގެ ތެރޭގައި ހުށަހަޅަނީ

މަރުގެ ހުކުމް ތަންފީޒުކުރުމުގެ ބިލު މަޖިލީހުގެ މި ދައުރުގެ ތެރޭގައި ހުށަހަޅަނީ

އައިޝަތު ރުވާ ރިފްޢަތު
74 ދުވަސް ކުރިން - 23 މާޗް 2026 15:37
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ މަރުގެ އަދަބު ނުދީ ބެހެއްޓުމަކީ، ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ އެންމެ މަތީ ވެރިއަކަށް އޮތް އިހުތިޔާރެއް ނޫން ކަމަށް.

މަރުގެ ހުކުމް ތަންފީޒުކުރުމާ ބެހޭ ހާއްސަ ބިލު، ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގެ ތެރޭގައި ހުށަހަޅުއްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަރުގެ ހުކުމުގެ ހުރިހާ މަރުހަލާއެއް ފުރިހަމަކޮށްފައިވާ ފަރާތަކަށް އެ އަދަބު ނުދީ ބެހެއްޓުމަކީ، ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ އެންމެ މަތީ ވެރިއަކަށް އޮތް އިހުތިޔާރެއް ނޫން ކަމަށެވެ.

ސަރުކާރުގެ ސިޔާސަތަކީ މަރުގެ ހުކުމް ތަންފީޒުކުރުމުގެ ކަންކަން ގާނޫނީ އޮނިގަނޑުގެ ތެރެއިން ހަރުދަނާކޮށް (ސްޓްރީމްލައިންކޮށް) ކަށަވަރުކުރުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރެއްވުމާއެކު، ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަވެފައިވާ ފަރާތްތަކުގެ މައްޗަށް މި ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރަން ފަށާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

Advertisement

Advertisement 1

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒުކުރުމަކީ އިސްލާމީ ގައުމެއްގެ ހައިސިއްޔަތުން ރާއްޖޭގައި އަދުލުއިންސާފާއި، އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ތައްޔާރުވަމުންދާއިރު، މިއީ ރާއްޖޭގައި ގިނަ ދުވަސްތަކެއް ވަންދެން މަރުގެ އަދަބު ތަންފީޒުނުކޮށް އޮތް އޮތުމަށް ނިމުމެއް ގެނައުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މަރުގެ އަދަބުރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމަށް "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާ އިފްތިތާހުކޮށްފި

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމަށް "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާ އިފްތިތާހުކޮށްފި

18 މިނެޓު ކުރިން - 02:59

އދ. ގެ އިގްތިސާދީ އަދި އިޖުތިމާއީ ކައުންސިލުގެ ގޮނޑިއެއް ފުރަތަމަ ފަހަރަށް ރާއްޖެއަށް ކާމިޔާބުވެއްޖެ

އދ. ގެ އިގްތިސާދީ އަދި އިޖުތިމާއީ ކައުންސިލުގެ ގޮނޑިއެއް ރާއްޖެއަށް ކާމިޔާބުވެއްޖެ

1 ދުވަސް ކުރިން - 21:58

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރައީސް މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ މާލީ ހާލަތަށް އައި ބަދަލު

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރާއްޖޭގެ މާލީ ހާލަތަށް އައިބަދަލު

1 ދުވަސް ކުރިން - 07:30

ސަރުކާރުން މިއަހަރު ދެއްކި ދަރަންޏާއެކު އަންނަ އަހަރުގެ ބުރަ ކުޑަވާނެކަމަށް ފިޗުން ބުނެފި

މިއަހަރު ދެއްކި ދަރަންޏާއެކު އަންނަ އަހަރުގެ ބުރަ ކުޑަވާނެކަމަށް ފިޗުން ބުނެފި

2 ދުވަސް ކުރިން - 20:42

ދަރަނި މެނޭޖުކުރަން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފި

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފި

2 ދުވަސް ކުރިން - 20:30

ސަރުކާރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް 77 ޒުވާނަކު ބ. ކިހާދޫއަށް ފުރައިފި

ސަރުކާރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް 77 ޒުވާނަކު ބ. ކިހާދޫއަށް

2 ދުވަސް ކުރިން - 15:33