Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އޮއިލް ރިޒާވް ގާއިމްކުރުމަށްޓަކައި 150 މިލިއަން ޑޮލަރު ހަރަދުވާނެ: ރައީސް

އޮއިލް ރިޒާވް ގާއިމްކުރުމަށްޓަކައި 150 މިލިއަން ޑޮލަރު ހަރަދުވާނެ: ރައީސް

އައިޝަތު ރުވާ ރިފްޢަތު
124 ދުވަސް ކުރިން - 23 މާޗް 2026 15:23
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ތެލުގެ ރިޒާވް ގާއިމްކުރުމަށް ހަމަޖެހިފައިވަނީ އެކި ފޭސްތަކަކަށް ބަހާލައިގެން ރާއްޖޭގެ ތިން ސަރަހައްދެއްގައި ކަމަށް ރައީސް ވިދާޅުވި.

ދިވެހިރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގައުމީ ފެންވަރުގެ ތެޔޮ ރިޒާވެއް ގާއިމްކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށާއި، މި މަޝްރޫއަށް ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތެލުގެ ރިޒާވް ގާއިމްކުރުމަށް ހަމަޖެހިފައިވަނީ އެކި ފޭސްތަކަކަށް ބަހާލައިގެން ރާއްޖޭގެ ތިން ސަރަހައްދެއްގައި ކަމަށެވެ. މި މަޝްރޫއުގެ ކޮންމެ ފޭސްއެއް ނިންމުމަށް ގާތްގަނޑަކަށް ދޮޅު އަހަރު ނުވަތަ ދެ އަހަރު ދުވަސް ހޭދަވާނެ ކަމަށް އަންދާޒާކުރެވޭއިރު، މުޅި މަޝްރޫއު ހަތަރު އަހަރު ބައި ނުވަތަ ފަސް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.

ރައީސް ވިދާޅުވި ގޮތުގައި މިފަދަ ނިންމުމެއް ނިންމަން ޖެހުނު މައިގަނޑު ސަބަބަކީ ރާއްޖެއަކީ ތެލަށް އިންތިހާއަށް ބަރޯސާވާ ގައުމަކަށް ވުމެވެ.

Advertisement

Advertisement 1

"އޮއިލް ރިޒާވް އެއް ގާއިމްކުރުމަށްޓަކައި ކޮންމެ ގޮތެއް ވިޔަސް މަސައްކަތްތަކެއް ކުރުމަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ކަމެއް. ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު ކަހަލަ ކަމެއް.. އެހެން ނަމަވެސް އެއީ ނެޝަނަލް ތެޔޮ ރިޒާވެއް. އޭގެން އަޅުގަނޑުމެންނަށް ކުރާނެ ފައިދާތައް ވަރަށް ބޮޑު،" ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއަށް ހަރަދުވާނެ ކަމަށް ބެލެވޭ 150 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، މި މަސައްކަތް ކުރިއަށް ގެންދާއިރު ދެމެހެއްޓެނިވި ގޮތެއްގައި (ސަސްޓެއިނިބިލިޓީ) ކަންކަން ކުރެވޭނެ އިންތިޒާމުތަކަށް ބައްލަވާނެ ކަމަށެވެ. އަދި މިކަމަށްޓަކައި ކުރަންޖެހޭ ދިރާސާތައް މިހާރުވެސް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މި މަޝްރޫއުގެ އިތުރު ތަފްސީލުތައް މީޑިއާއާ ހިއްސާކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ރިޒާވް މީގެ ކުރިން ގެންދެވިފައި ނުވާ ވަރަށް މިހާރު މަތިކުރެވިފައިވާ ކަމަށެވެ. އެގޮތުން ރަސްމީ ރިޒާވް މިހާރު 1.2 ބިލިއަން ޑޮލަރަށްވުރެ މަތީގައި ހުރިއިރު، ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވް 300 މިލިއަން ޑޮލަރަށްވުރެ މަތީގައި ހިފެހެއްޓެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

16 ގަޑިއިރު ކުރިން - 20:04

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

2 ދުވަސް ކުރިން - 17:24

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

3 ދުވަސް ކުރިން - 10:08

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޑޮމިނިކަން ރިޕަބްލިކްގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްމްހޫރިއްޔާ އަށް އަރުވައިފި

3 ދުވަސް ކުރިން - 15:22

ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ކިއުބާ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

3 ދުވަސް ކުރިން - 15:12

ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޤަޠަރުގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

3 ދުވަސް ކުރިން - 15:04