Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހޮރްމޫޒް ކަނޑުއޮޅި 48 ގަޑިއިރުތެރޭ ނުހުޅުވައިފިނަމަ އީރާނުގެ ކަރަންޓު އުފައްދާ ހުރިހާ މަރުކަޒުތަކެއް ސުންނާފަތިކޮށްލާނަން: ޓްރަމްޕު

ހޮރްމޫޒް ކަނޑުއޮޅި 48 ގަޑިއިރުތެރޭ ނުހުޅުވައިފިނަމަ އީރާނުގެ ކަރަންޓު އުފައްދާ ހުރިހާ މަރުކަޒުތަކެއް ސުންނާފަތިކޮށްލާނަން: ޓްރަމްޕު

އައިޝަތު ރުވާ ރިފްޢަތު
171 ދުވަސް ކުރިން - 22 މާޗް 2026 18:14
އެމެރިކާގެ ރައީސް ޓްރަމްޕު---
އެމެރިކާގެ ރައީސް ޓްރަމްޕު---
ޚުލާސާ

ރަމްޕް މި އިންޒާރު ދީފައިވަނީ ހަނގުރާމަ ނިންމާލުމާ ގާތްވެފައިވާ ކަމަށް ބުނިތާ އެންމެ ދުވަހެއް ފަހުން. އީރާނުން ބުނަމުންދަނީ ހަމަލާދީފިނަމަ އެމެރިކާގެ ހުރިހާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނަށް ވަރުގަދަ އިންޒާރެއް ދެއްވައި، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް 48 ގަޑިއިރުގެ މުހުލަތެއް ދީފި އެވެ. މި އިންޒާރު ދެއްވާފައިވަނީ އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ހަތަރު ހަފުތާ ވެފައިވަނިކޮށެވެ.

ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތް ސޯޝަލް" ގައި ކުރި ޕޯސްޓެއްގައި ބުނީ، ކަނޑުއޮޅީގައި މިނިވަންކަމާއެކު ދަތުރުފަތުރު ކުރުމުގެ ފުރުސަތު 48 ގަޑިއިރުގެ ތެރޭގައި ފުރިހަމައަށް ހުޅުވާނުލައިފިނަމަ، އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކަށް ހަމަލާދީ އެ ތަންތަން ސުންނާފަތިކޮށްލާނެ ކަމަށެވެ. އަދި އެންމެ ފުރަތަމަ ހަމަލާދޭނީ އެންމެ ބޮޑު މަރުކަޒަށް ކަމަށްވެސް ޓްރަމްޕް އިންޒާރު ދެއްވި އެވެ.

މި މައްސަލައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ހިއްސާގެ ބާޒާރުތަކަށް ވަނީ ބޮޑު ލޮޅުމެއް އަރާފަ އެވެ. އީރާނުން ބުނަމުންދަނީ "ދުޝްމަނުންގެ އުޅަނދުތަކަށް" ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރާނެ ކަމަށެވެ. ނަމަވެސް، އެހެން ގައުމުތަކުގެ އުޅަނދުތަކަށް އެ ސަރަހައްދު އޮތީ ހުޅުވާލެވިފައި ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ ވިދާޅުވެފަ އެވެ.

Advertisement

Advertisement 1

ޓްރަމްޕްގެ މި އިންޒާރަށް ރައްދުދެމުން އީރާނުގެ އަސްކަރިއްޔާއިން ބުނީ، އީރާނުގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރަށް އެމެރިކާއިން ހަމަލާދީފިނަމަ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ ހަކަތައިގެ ވަސީލަތްތަކަކަށް ހަމަލާދޭނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޓްރަމްޕް މި އިންޒާރު ދީފައިވަނީ ހަނގުރާމަ ނިންމާލުމާ ގާތްވެފައިވާ ކަމަށް ބުނިތާ އެންމެ ދުވަހެއް ފަހުންނެވެ. އަދި މިދިޔަ ހަފުތާގައި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ މިސައިލް އުފައްދާ ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދީ، އީރާނުގެ އަސްކަރީ ގާބިލްކަން ދަށްކޮށްލާފައިވާ ކަމަށް ބުނެފަ އެވެ.

އީރާން ކްރައިސިސް 2026އީރާން - އެމެރިކާއީރާންޑޮނަލްޑް ޓްރަމްޕު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

7 ގަޑިއިރު ކުރިން - 12:02

ޕެރޫ އިން އީރާނާއި ގުޅުން ކަނޑާލައިފި، އީރާނުން ބުނީ "ހެވޭ"

ޕެރޫ އިން އީރާނާއި ގުޅުން ކަނޑާލައިފި، އީރާނުން ބުނީ "ހެވޭ"

2 ދުވަސް ކުރިން - 19:37

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

2 ދުވަސް ކުރިން - 20:35

ހެރީއާއި މޭގަން އެމެރިކާ ދޫކޮށް ދިއުމުން ޓްރަމްޕް ހުރީ "އުފަލުން"!

ހެރީއާއި މޭގަން އެމެރިކާ ދޫކޮށް ދިއުމުން ޓްރަމްޕް ހުރީ "އުފަލުން"!

6 ދުވަސް ކުރިން - 12:47

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ސައުދީގެ ތެޔޮ ޓޭންކަރަކަށް އީރާނުން ދިން ހަމަލާއެއްގައި ދެ ފަޅުވެރިއަކު މަރުވެއްޖެ

ހުރްމުޒް ކަނޑުއޮޅީގައި ސައުދީ ތެޔޮ ޓޭންކަރަކަށް ހަމަލާދީ ދެމީހުން މަރުވެއްޖެ

6 ދުވަސް ކުރިން - 10:50

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

7 ދުވަސް ކުރިން - 04:34