މިހާރު ބައިނަލްއަޤްވާމީ ޖައްވީ މަރުކަޒ އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަންގައި (އައިއެސްއެސް) ހުންނެވި ނާސާގެ ވައިގެ ދަތުރުވެރިޔާ(އެސްޓްރަނަޓް) މެތިއު ޑޮމިނިކް ވަނީ ޖައްވުގައި ދިރިއުޅުމުގެ މަޖާ މަންޒަރެއް ދައްކުވައިދެއްވައިފައެވެ. އޭނާ ހުންނެވީ ނާސާގެ ސްޕޭސްއެކްސް ކްރޫ-8 މިޝަންގެ ބައިވެރިއެއްގެ ގޮތުގައި ސްޕޭސްއަށް ގޮހެވެ.ސޯށަލް މީޑިއާގައި ޝާއިޢުކުރެވުނު ވީޑިއޯއެއްގައި ޑޮމިނިކް ފެންނަނީ އޮރެންޖެއްގެ ފަޅިއެއް ރަހަ ބައްލަވަމުންނެވެ. މި ވީޑިއޯއިން ދައްކައިދެނީ ބޖައްވުގައި އުޅޭއިރުވެސް ކުދިކުދި އުފާތައް ރަހަ ބަލާ ގޮތެވެ.

ވީޑިއޯގެ ފަހަތުން ފެންނަނީ، އިންޑިއާގެ ތަޖުރިބާކާރު އެސްޓްރޯނޯޓް ސުނީތާ ވިލިއަމްސް، ބައިނަލްއަޤްވާމީ ޖައްވުގެ މަރުކަޒުގައި (އައިއެސްއެސް) ހޭދަކުރި 60 ދުވަހަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާއާއެކު، ބޭރު ޖައްވުގެ މަންޒަރު އުފަލާއެކު ބަލަހައްޓައިގެން އިންތަނެވެ. ވިލިއަމްސްއަކީ ގިނަ ފަހަރު ޖައްވަށް ދަތުރުކޮށްފައިވާ ފަންނުވެރިއެކެވެ. އޭނާ ޖައްވުގެ މަރުކަޒުގެ ވަށައިގެންވާ ހިމޭން މާޙައުލުގައި އުފާވެރިކަމާއެކު ވަގުތު ހޭދަކުރަމުންދާކަން ފާހަގަކުރެވެއެވެ. މިއީ ޖައްވުގައި ދިރިއުޅުމުން ލިބޭ ޚާއްޞަ އަދި ނާދިރު ތަޖުރިބާތަކުގެ ތެރެއިން އެއް ތަޖުރިބާއެކެވެ.

ޑޮމިނިކް ކާތަން ދައްކުވައިދޭ މޭވާ ފަދަ ތާޒާ ކާބޯތަކެތި އައިއެސްއެސްއަށް ފޯރުކޮށްދެނީ ރަޝިއާގެ ޕްރޮގްރެސް މުދާ އުފުލާ ވައިގެ އުޅަނދުންނެވެ. މި ފޮނުވުންތަކަކީ ދިގު މުއްދަތުގެ މިޝަންތަކުގައި މަސައްކަތްކުރާ އެސްޓްރޯނޯޓުންނަށް ނުހަނު މުހިންމު ވަސީލަތެކެވެ. މިގޮތުން އެމީހުންނަށް އާންމުކޮށް ލިބޭ ކާނާގެ އިތުރުން، އައު އަދި ތަފާތު ކާނާ ލިބުމުގެ ފުރުޞަތު ހުޅުވިގެންދެއެވެ. އެސްޓްރޯނޯޓުންނަށް ގިނައިން ފޯރުކޮށްދެވެނީ ކުރިން ޕެކެޓްކޮށްފައި ހުންނަ އަދި ގަނޑުކޮށް ހިއްކާފައި ހުންނަ ކާނާއެވެ. ނަމަވެސް، މޭވާއަކީ ހަމައެކަނި ޓްރީޓެއްގެ ގޮތުގައި ބެލެވޭ އެއްޗެއް ނޫނެވެ. އެއީ ދިގު މުއްދަތަކަށް ޖައްވުގައި މަސައްކަތްކުރާ އެސްޓްރޯނޯޓުންގެ ޞިއްޙަތާއި ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންވާ މުހިންމު ބާވަތްތަކެކެވެ.

މެތިއު ޑޮމިނިކްގެ ވީޑިއޯއިން ބައިނަލްއަޤްވާމީ ޖައްވު މަރުކަޒުގައި ދިރިއުޅޭ އެސްޓްރޯނޯޓުންގެ ދިރިއުޅުމުގެ ނާދިރު މަންޒަރުތަކެއް ހާމަކޮށްދެއެވެ. އެތަނުގައި ތާޒާ އޮރެންޖެއްގެ ރަހަ ބެލުމަކީވެސް، ޖައްވުގައި ކުރެވޭ ޢިލްމީ ދިރާސާތަކެކޭ އެއްފަދައިން ޝައުޤުވެރިކަން އުފެދޭ ކަމަކަށް ވެދާނެއެވެ. ސުނީތާ ވިލިއަމްސް މި ވީޑިއޯގައި ފެނުމުން، ޖައްވުގެ މިޝަންތަކުގެ ބައިނަލްއަޤްވާމީ އަދި ގިނަ ސަގާފަތްތައް އެކުލެވޭ ސިފަ ފާހަގަކޮށްދެއެވެ. އަދި އެކި ޤައުމުތަކުގެ އެސްޓްރޯނޯޓުން، ޖައްވުގެ ސިއްރުތައް ހޯދުމަށް އެކުގައި މަސައްކަތްކުރާ މަންޒަރު ފެނެއެވެ..

ބައިނަލްއަޤްވާމީ ޖައްވު މަރުކަޒު ދުނިޔެ ވަށައި ދަތުރުކުރަމުންދާއިރު، މިފަދަ މަންޒަރުތަކުން ޖައްވުގައި ދިރިއުޅުމުގެ ގޮންޖެހުންތަކާއި އަޖައިބުތައް ދެނެގަތުމަށް އަޅުގަނޑުމެންނަށް މަގުފަހިވެގެންދެއެވެ. އަދި މިފަދަ މިޝަންތައް ކުރިއަށް ގެންދިއުމަށް އެސްޓްރޯނޯޓުންގެ ކެތްތެރިކަމާއި، އާ މާޙައުލަކަށް ހޭނުމުގެ ޤާބިލުކަން ހާމަކޮށްދެއެވެ.