ހިޒްބުالله އިން އިޒުރޭލުގެ 35 ތަނަކަށް ރޭ ޙަމަލާދީ 26 ތަނެއް ސުންނާފަތި ކޮށްލައި، ޒައެނިސްޓުންނަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.
އެ ޖަމާޢަތުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ ރޭ 35 އަސްކަރީ އޮޕަރޭޝަނެއް ހިޒްބުالله އިން ހިންގި ކަމަށާއި އޭގެ ތެރެއިން 19 އޮޕަރޭޝަން ހިނގާފައިވަނީ އިޒުރޭލުން ހިފާފައިވާ ފަލަސްޠީނުގެ ބިމުގައެވެ. އަދި 16 އޮޕަރޭޝަނެއް ހިނގާފައިވވަނީ ލުބުނާނުގައި ޒައެނިސްޓުން ތިބި އެކި ސަރަޙައްދުތަކުގައެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޒައެނިސްޓު ގިނަ ތަންތަނަށް ރޭ އަމާޒުކޮށްފައި ވާއިރު، އޭގެ ތެރޭގައި 6 އަސްކަރީ މަރުކަޒާއި، އިޒުރޭލުގެ ސިޓީތަކާއި، ޑިސްޓްރިކްޓް ހިމެނޭހެން 8 ސަރަޙައްދަކާއި ބޯޑަރު ބަލަހައްޓަން ތިބި ޔަހޫދީ ސިފައިންގެ 3 ތަނެއް ހިމެނެ އެވެ.
މީހެ ތެރެއިން 14 އޮޕަރޭޝަނެއް ހިންގީ ލުބުނާނުގެ އެތެރެއަށް ވަދެގަތުމަށް މަސައްކަތްކުރާ އިޒުރޭލު ސިފައިންފަހަތަށް ޖައްސަން ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ހިޒްބުالله އިން ބުނީ ރޭގެ އޮޕަރޭޝަނުގައި 26 މިސައިލް ސިސްޓަމާއި ހަތަރު ޑްރޯން ބޭނުންކުރި ކަމަށެވެ. ދެން ބޭނުންނކޮށްފައި ވަނީ ގައިޑްޑް މިސައިލްތަކާއި ލުއި ހަތިޔާރެވެ.
އެ ޖަމާއަތުން ބުނީ ޒައެނިސްޓުންގެ 26 ކިއްލާ އާއި އަސްކަރީ ދެ ކޮމާންޑް ސެންޓަރާއި ފަސްޔުނިޓެއް ނުވަތަ ބަންކަރެއް ވެސް ސުންނާފަތި ކޮށްލާފައިވާ ކަމަށާއި އިތުރު ދެ ޓޭންކަރާއި އަޔަން ޑޯމް ޕްލެޓްފޯމް ނައްތާލާފައިވާ ކަމަށެވެ.










