Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޣައްޒާގައި މަންމައިންގެ ދުވަސް ފާހަގަކުރީ ކަރުނައާއި ހިތާމައިގެ ތެރޭގައި

ޣައްޒާގައި މަންމައިންގެ ދުވަސް ފާހަގަކުރީ ކަރުނައާއި ހިތާމައިގެ ތެރޭގައި

އައިޝަތު ރުވާ ރިފްޢަތު
171 ދުވަސް ކުރިން - 22 މާޗް 2026 02:36
ޣައްޒާގައި މަންމައަކު އޭނާގެ ދަރި އުރާލައިގެން---
ޣައްޒާގައި މަންމައަކު އޭނާގެ ދަރި އުރާލައިގެން---
ޚުލާސާ

ބައެއް ކުޑަކުދިން އިއްޔެ ވަނީ އެމީހުންގެ މަންމައިންގެ މަހާނަ ކައިރިއަށް ގޮސް ކަރުނައާއެކު ދުއާކުރުމުގައި ވަގުތު ހޭދަކޮށްފަ.

އިއްޔެއަކީ މެދުއިރުމަތީގެ ގައުމުތަކުގެ މެދުގައި ފާހަގަކުރާ މަންމައިންގެ ދުވަސް ކަމުގައި ވީނަމަވެސް، އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާގައި މި ދުވަސް ފާހަގަކުރަން ޖެހިފައިވަނީ ނުހަނު ބޮޑު ހިތާމައާއި ކަރުނައިގެ ތެރޭގަ އެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން އެތައް ހާސް މަންމަޔަކަށް ވަނީ އެމީހުންގެ ދަރިން ގެއްލިފަ އެވެ. އަދި ހަމައެހެންމެ، އެތައް ކުޑަކުދިންނެއްގެ މަންމައިން ވަނީ މި ހަމަލާތަކުގައި ޝަހީދުވެފަ އެވެ. އާންމުކޮށް އުފާވެރިކަމާއެކު ފާހަގަކުރާ މި ދުވަހު، ޣައްޒާގެ މަގުތަކުންނާއި ހޮސްޕިޓަލްތަކުން ފެންނަނީ ކެތްނުކުރެވޭ ފަދަ ހިތްދަތި މަންޒަރުތަކެކެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ މި އުދުވާނުގައި މިހާތަނަށް އެތައް ހާސް އަންހެނުންނާއި ކުޑަކުދިން ވަނީ ޝަހީދުވެފަ އެވެ. މިއަދު ގިނަ މަންމައިން ވަގުތު ހޭދަކުރަމުން ދަނީ އެމީހުންގެ ޝަހީދުވި ދަރިންގެ ހަދާނުގައި ކަރުނަ އޮއްސުމުގަ އެވެ. އަދި ބައެއް ކުޑަކުދިން ވަނީ އެމީހުންގެ މަންމައިންގެ މަހާނަ ކައިރިއަށް ގޮސް، މާމެލާމެލީގެ ބަދަލުގައި ކަރުނައާއެކު ދުއާކުރުމުގައި ވަގުތު ހޭދަކޮށްފަ އެވެ.

Advertisement

Advertisement 1

އިސްރާއީލުން ޣައްޒާ ހިސާރުކޮށް، ކާބޯތަކެއްޗާއި ބޭސްފަރުވާއިން މަހުރޫމްކޮށްފައިވުމުގެ ސަބަބުން، ޣައްޒާގެ މަންމައިންނަށް ވަނީ އެމީހުންގެ ދަރިންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ނުކުޅެދިފަ އެވެ. ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގެ ބިރުވެރިކަމުގެ ތެރޭގައި ތިބި މި މަންމައިން ބުނަމުންދަނީ، އެމީހުންގެ ހަމައެކަނި އެދުމަކީ މި ލާއިންސާނީ ހަނގުރާމަ ހުއްޓި، އަމާންކަމާއެކު ދިރިއުޅެވޭނެ މަގެއް ފެނުން ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަންމައިންގެ ދުވަސް އެކި ތާރީހުތަކުގައި ފާހަގަކުރާއިރު ޣައްޒާގެ މަންމައިން ދުނިޔޭގެ ކިބައިން އާދޭސްކުރަމުންދަނީ އިސްރާއީލުގެ މި އަނިޔާވެރިކަން ހުއްޓުވައިދިނުމަށެވެ. މިއަދަކީ ޣައްޒާގެ މަންމައިންނަށް އުފާވެރި ދުވަހަކަށް ވުމުގެ ބަދަލުގައި، އެމީހުންގެ ގެއްލިފައިވާ ލޯބިވާ ދަރިންނާއި އާއިލާގެ މެންބަރުންގެ ހަނދާންތައް އައުކުރާ ހިތާމަވެރި ދުވަހެކެވެ.

ޣައްޒާފަލަސްތީންއިސްރާއީލްމަންމައިންގެ ދުވަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

5 ދުވަސް ކުރިން - 14:55

ފަލަސްތީނަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރު ޑރ. ޒުހުރީ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ފަލަސްތީނަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރަށް ފަތްކޮޅު އަރުވައިފި

5 ދުވަސް ކުރިން - 13:30

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

9 ދުވަސް ކުރިން - 13:09

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

10 ދުވަސް ކުރިން - 11:13

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

11 ދުވަސް ކުރިން - 22:41

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

17 ދުވަސް ކުރިން - 15:57