އީރާނުގެ ވަރުގަދަ ޙަމަލާތަކެއްގައި މިރޭގެ މިހާތަނަށް އިޒުރޭލުން 23 މީހުން ޒަޚަމް ވެއްޖެއެވެ. ޒަޚަމް ވި މީހުން ހެލިކޮޕްޓަރުތަކުގައި ސަލާމަތުގެ އައްސޭރިތަކުގައިވާ ހޮސްޕިޓަލުތަކަށް އެބަ ގެންދާ ކަމުގެ މަޢުލޫމާތު ލިބެއެވެ.

އީރާނާއި ލުބުނާނުގައިވާ އީރާނުގެ ބާރުތައް ގުޅިގެން މިރޭ ޙަމަލާ ދެމުން ގެންދަނީ އިސްރާއީލުގެ އުތުރާއި ދެކުނަށެވެ.

ޚަބަރުތައް ބުނާ ގޮތުގައި އީރާނުން ކާމިޔާބު ކަމާއި އެކު ފޮނުވައިލި ބެލިސްޓިކް މިސައިލުން އަނިޔާވި ގިނަ މީހުންގެ ޙާލު ސީރިއަސްއެވެ.