ހައްދުފަހަނަ އެޅި ޒައެނިސްޓުން ޣައްޒާ އަށް މިވަގުތު ވައިގެ ޙަމަލާތައް ދެމުން އެބަދެއެވެ. ޚަބަރުތައް ލިބޭ ގޮތުގައި އިޒުރޭލުގެ ޖެޓުތަކުން މިވަގުތު ޙަމަލާ ދެމުން ދަނީ ޣައްޒާގެ އިރުމަތީ އަލްތުއްފާހަށެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި ހަތަރު މީހަކު ޝަހީދު ވެފައި ވާއިރު، އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އެ މީހުން ޙަމަލާ ދިނީ ނުރައްކާތެރި ހަތަރު ހަނގުރާމަވެރިންނަށް ކަމަށެވެ.

ހަމާސްގެ ބާރުގެ ދަށުން ރެސްކިއު ފޯސްއެއްގެ ގޮތުގައި ހަރަކާތްތެރިވާ ސިވިލް ޑިފެންސް އެޖެންސީން ބުނީ ޣައްޒާ ސިޓީގެ ދެ އަވަށަކަށް ޙަމަލާ ދީފައިވާ ކަމަށެވެ.