Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ލޯންޗު ބަންޑުންޖެހީއެއް ނޫން! ވިއްސައިގެން ދިޔައީ! ގެއްލުނު ދެމީހުން އަދިވެސް ނުފެނޭ!

ލޯންޗު ބަންޑުންޖެހީއެއް ނޫން! ވިއްސައިގެން ދިޔައީ! ގެއްލުނު ދެމީހުން އަދިވެސް ނުފެނޭ!

މުހައްމަދު ޖަމްޝަތު
81 ދުވަސް ކުރިން - 21 މާޗް 2026 17:19
އެމްއެންޑީއެފް ކޯސްޓްގާޑް - ފެލިދޫ ކައިރިން ވިއްސާއިގެންދިޔަ ލޯންޗުން ގެއްލުނު އިންޑިއާގެ ދެމީހުން އަދިވެން ނުފެނޭ
އެމްއެންޑީއެފް ކޯސްޓްގާޑް - ފެލިދޫ ކައިރިން ވިއްސާއިގެންދިޔަ ލޯންޗުން ގެއްލުނު އިންޑިއާގެ ދެމީހުން އަދިވެން ނުފެނޭ
ޚުލާސާ

މި ހާދިސާގައި ލޯންޗުން ވިއްސައިގެން ގޮސް މޫދަށް ފަސް މީހަކު ވެއްޓުނުއިރު، ގެއްލިގެން ހޯދަމުން ދަނީ އޭގެ ތެރެއިން އިންޑިއާގެ ދެ މީހުން

ވ. ފެލިދޫ ކައިރިން ދަތުރު ކުރަނިކޮށް ތަންކޮޅެއް ބޮޑު ބާންޏެއްގައި ޖެހި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ވިއްސައިގެން ދިޔަ ލޯންޗުން ގެއްލުނު އިންޑިއާގެ ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އެ މީހުން އަދިވެސް ފެނިފައިނުވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ވ. ފެލިދޫ ހުޅަނގު ދެކުނުން ދެ ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި އެ ލޯންޗުގައި ޖުމްލަ ހަތް މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ފަސް ފިރިހެނަކާއި، އިނގިރޭސި ވިލާތުގެ އަންހެނަކާއި ރަޝިއާގެ އަންހެނެކެވެ.

ބޮޑު ބާންޏެއްގައި ޖެހި ހިނގި މި ހާދިސާގައި ލޯންޗުން ވިއްސައިގެން ގޮސް މޫދަށް ފަސް މީހަކު ވެއްޓުނުއިރު، ގެއްލިގެން ހޯދަމުންދަނީ އޭގެ ތެރެއިން އިންޑިއާގެ ދެ މީހުންނެވެ. ގެއްލިގެން ހޯދަމުންދާ ދެ މީހުންގެ ތެރޭގައި އިންޑިއާގެ މޮޓޯ ސްޕޯޓްސްގައި މަޝްހޫރު ހަރީ ސިންގް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

Advertisement

Advertisement 1

މި ލޯންޗުގައި އިންޑިއާގެ ބިލިއަނަރު، ރޭމަންޑް ގުރޫޕްގެ ޗެއާމަން ގޯތަމް ސިންގްހާނިއާ ވެސް ދަތުރުކުރެއްވިއެވެ. އުމުރުން 60 އަހަރުގެ ގޯތަމްއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށާއި، އޭނާ މިހާރު ހުންނެވީ މުމްބާއީގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ވިއްސައިގެން ދިޔަ ލޯންޗަކީ ގޯތަމްގެ ލަގްޒަރީ ޔޮޓް "ޓީޓީ އަޝޭނާ" ގައި ބޭނުންކުރާ ލޯންޗެކެވެ.

ގޯތަމް ސިންގްހާނިއާ އަކީ އާންމުކޮށް ރާއްޖެއަށް ޗުއްޓީ ހޭދަކުރެއްވުމަށް ޒިޔާރަތްކުރައްވާ ބޭފުޅެކެވެ.

އެމްއެންޑީއެފް
Ad
Ad

2 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

2 ދުވަސް ކުރިން - 17:31

އެމްއެންޑީއެފްގެ އާ އުޅަނދު އިމާދުއްދީން ރާއްޖެ އަށް އައުމަށް މިސްރާބު ޖަހައިފި

އެމްއެންޑީއެފްގެ އާ އުޅަނދު އިމާދުއްދީން ރާއްޖެ އަށް އައުމަށް މިސްރާބު ޖަހައިފި

5 ދުވަސް ކުރިން - 18:46

ސަރުކާރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް 77 ޒުވާނަކު ބ. ކިހާދޫއަށް ފުރައިފި

ސަރުކާރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް 77 ޒުވާނަކު ބ. ކިހާދޫއަށް

7 ދުވަސް ކުރިން - 15:33

އަޟުހާ އީދުގެ އުފަލުގައި މިރޭ ވިލިމާލޭ ސަރަހައްދުގައި ކުލަގަދަ ހަވާއެރުވުމެއް!

އަޟުހާ އީދުގެ އުފަލުގައި މިރޭ ވިލިމާލޭ ސަރަހައްދުގައި ކުލަގަދަ ހަވާއެރުވުމެއް!

11 ދުވަސް ކުރިން - 17:51

މއ. ނަމީބިއާ ގޭގައި ހަރަކާތްތެރިވީ ތެއްޔެއް ދުން އަރައިގެން: އެމްއެންޑީއެފް

މއ. ނަމީބިއާ ގޭގައި ހަރަކާތްތެރިވީ ތެއްޔެއް ދުން އަރައިގެން: އެމްއެންޑީއެފް

12 ދުވަސް ކުރިން - 14:13

ކިހާދޫގައި އެމްއެންޑީއެފް މިލިޓަރީ ބޭންޑުގެ ހާއްސަ ހަރަކާތްތަކެއް ބާއްވައިފި

ކިހާދޫގައި އެމްއެންޑީއެފުން ހާއްސަ ހަރަކާތްތަކެއް ބާއްވައިފި

18 ދުވަސް ކުރިން - 22:28