Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގިރާވަރުފަޅު ހިއްކުން އަންނަ މަހު ނިންމައި، ޖޫން މަހު ގޯތި ދޫކުރަން ފަށަނީ

ގިރާވަރުފަޅު ހިއްކުން އަންނަ މަހު ނިންމައި، ޖޫން މަހު ގޯތި ދޫކުރަން ފަށަނީ

މުހައްމަދު ޖަމްޝަތު
123 ދުވަސް ކުރިން - 21 މާޗް 2026 14:06
ގިރާވަރުފަޅު ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ---
ގިރާވަރުފަޅު ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ---
ޚުލާސާ

ގިރާވަރުފަޅު ހިއްކުން އަވަސްކުރުމަށް ބޮޑު ދެ ޑްރެޖަރު އަންނަނީ ބޭނުންކުރަމުން. ގިރާވަރުފަޅުން ޖުމުލަ 167.15 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފަ

ގިރާވަރުފަޅު ބިން ހިއްކުމުގެ މަސައްކަތް އަންނަ އޭޕްރިލް މަހަށް ނިންމައި، ޖޫން މަހުގެ ތެރޭގައި އެތަނުން ގޯތި ދޫކުރަން ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށެވެ.

"މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު އޭޕްރިލް މަހު މަސައްކަތް އެއްކޮށް ނިމި، ސާވޭ ކޮށް ނިންމައި ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ،" ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement 1

މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގިރާވަރުފަޅުން ޖުމުލަ 167.15 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން އެމްއޭސީއެލްއިން މިދިޔަ ޖެނުއަރީ މަހު ހިއްކަން ފަށާފައިވަނީ ނުހިއްކާ އޮތް 97.15 ހެކްޓަރުގެ ބިމެވެ. މިހާތަނަށް ތިން ފިޔަވައްސަކަށް ބަހާލައިގެން ބޮޑު ސަރަހައްދެއް ވަނީ ހިއްކާ ނިންމާފައެވެ

ގިރާވަރުފަޅުގެ މަސައްކަތް ކުރިއަށްދާއިރު، އެތަނުގެ އާ ލޭންޑް ޔޫސް ޕްލޭނެއް މިހާރު ވަނީ އެކުލަވާލާފައެވެ. ކުރީގެ ސަރުކާރުން މިތަނުގެ ޕްލޭން އެކުލަވާލާފައިވަނީ އަސާސީ ހިދުމަތްތަކަށް ބޭނުންވާ ޖާގަ ނުހިމަނައި ކަމަށްވާތީ، މި ސަރުކާރުން ވަނީ ޕްލޭނަށް ބަދަލު ގެނެސް، އިތުރު 113 ހެކްޓަރު ހިއްކުމަށް ނިންމާފައެވެ. ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތުލުންވެސް ވަނީ ބާއްވާފައެވެ.

ގިރާވަރުފަޅުން ޖުމުލަ 4,072 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  1. 1250 އަކަފޫޓުގެ 2605 ގޯތި
  2. 1650 އަކަފޫޓުގެ 1213 ގޯތި
  3. 2050 އަކަފޫޓުގެ 253 ގޯތި
  4. 2450 އަކަފޫޓުގެ 1 ގޯތި

ސަރުކާރުން އަންނަނީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ގިރާވަރުފަޅުގެ އިތުރުން ހުޅުމާލެ ފޭސް 3 އަދި ރަސްމާލެ ހިއްކުމުގެ މަސައްކަތްވެސް ބާރު ދުވެލީގައި ކުރިއަށް ގެންދަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގިރާވަރު ފަޅުބޯހިޔާވަހިކަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

20 ގަޑިއިރު ކުރިން - 18:38

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

1 ދުވަސް ކުރިން - 13:44

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

4 ދުވަސް ކުރިން - 16:01

ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ދިވެހި 5 ކުންފުންޏަކާއެކު ސޮއިކޮށްފި

ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ދިވެހި 5 ކުންފުންޏަކާއެކު ސޮއިކޮށްފި

5 ދުވަސް ކުރިން - 23:50

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

5 ދުވަސް ކުރިން - 19:57

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

5 ދުވަސް ކުރިން - 19:39