އިނގިރޭސި ހުރިހާ ބޭހެއްގައި ތިބެ އީރާނަށް ޙަމަލާ ދިނުމުގެ ހުއްދަ އެމެރިކާ އަށް ދީފިއެވެ. އެހެން ކަމަށް ވާނަމަ ޑިއޭގޯ ގާސިއާ ވެސް މީގެ ތެރޭގައި ހިމެނޭނެއެވެ.
ޢިނގިރޭސި ހުރިހާ ބޭސްތައް އީރާނާއި ދެކޮޅަށް ބޭނުން ކުރުމަށް އެމެރިކާ އަށް ދިނުމާއި މެދު ކުރިން އިނގިރޭސީވިލާތުން ދެކޮޅު ހެދިއެވެ. ނަމަވެސް އެ ނިންމުން ފަހުން ބަދަލުކޮށް މިރޭ އެ ހުއްދަ އެމެރިކާ ސިފައިންނަށް ދިނީ އިނގިރޭސީވިލާތަށް ތެޔޮ ލިބުމުގައި ދަތިތަކާއި ކުރިމަތިވެފައި ވާތީވެ، ހުރްމުޒް ހުޅުވާލުމަށް އެހީތެރިކަން ދިނުމުގެ ގޮތުން ކަމަށް ބުނެއެވެ.
މިއާއި އެކު އެމެރިކާ ސިފައިންނަށް އިނގިރޭސިވިލާތުގެ މުހިންމު ބޭސް ތަކުގެ ތެރެއިން އާރްއޭއެފް ފެއާފޯޑް އަދި ޑިއޭގޯ ގާސިއާ ފަދަ ބޭސްތައް ބޭނުން ކުރެވޭނެއެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ބޭސްތައް ބޭނުންކުރުމުގައި ވަކި ޙުދޫދެއް ގެންގުޅުމަށް އެމެރިކާ އަށް އަންގާފައެވެ. އޮފިޝަލުން ސިފަކުރާ ގޮތުގައި މި އޮޕަރޭޝަންތަކަކީ އީރާނާއި ދެކޮޅަށް ފުރިހަމަ ހަނގުރާމައެއް ފެށުމުގެ ބަދަލުގައި އިތުރު ޙަމަލާތައް ހުއްޓުވުމުގެ މަޤްޞަދުގައި ހިންގާ "ކަލެކްޓިވް ސެލްފް ޑިފެންސް"އެވެ.










