Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގާފިލުކަމުގެ ނިދީން ހޭލައި ހެޔޮ އަމަލުކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި

ގާފިލުކަމުގެ ނިދީން ހޭލައި ހެޔޮ އަމަލުކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި

ހައްވާ މިރުފާ
137 ދުވަސް ކުރިން - 20 މާޗް 2026 13:27
ހުޅުމާލެ މަސްޖިދުލް މުހައްމަދު---ފޮޓޯ:ޚުލާސާ
ހުޅުމާލެ މަސްޖިދުލް މުހައްމަދު---ފޮޓޯ:ޚުލާސާ
ޚުލާސާ

ވަގުތަކީ މާތް ﷲ ދެއްވާފައިވާ އެންމެ ބޮޑު ނިއުމަތް،އެންމެ ގިނައިން ބޭކާރު ކުރެވެނީ ވަގުތު،މަރު ވަނީ ދާދި ކައިރީގައި ހެޔޮ ގޮތުގައި ވަގުތު ހޭދަކުރަން އަވަސްވެގަނޭ

ހަޔާތުން އުނިވެގެންދާ ކޮންމެ ވަގުތަކާއެކު ތިމާގެ އަޖަލު ގާތްވާނެކަން ހަނދާންކޮށްދީ، ގާފިލުކަމުގެ ނިދީން ހޭލައި ހެޔޮ އަމަލުކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ރާއްޖޭގެ އެންމެހާ މުސްލިމުންނަށް އިލްތިމާސްކޮށްފި އެވެ.

މި އަހަރުގެ ފިތުރު އީދު ދުވަހާ ދިމާވި މި ހުކުރު ދުވަހު، ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ހުތުބާ ބިނާކޮށްފައިވަނީ "ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުން" މި މައުޟޫއުގެ މައްޗަށެވެ.

ހުތުބާގައި ފާހަގަކުރެއްވި ގޮތުގައި، ވަގުތަކީ މާތް الله އިންސާނާއަށް ދެއްވާފައިވާ އެންމެ އަގުބޮޑު އެއް ނިއުމަތެވެ. ނަމަވެސް، މިއީ އިންސާނާ އެންމެ އަވަހަށް ހަނދާން ނެތޭ އެއް ނިއުމަތްކަން ބަޔާންކުރައްވައި ރަސޫލާ ﷺ ގެ ހަދީޘް ބަސްފުޅެއް ހުތުބާގައި ހަނދާންކޮށްދިނެވެ. އެއީ: "ގިނަ ބަޔަކު އޭގެ އަގު ވަޒަން ނުކުރާ އަދި އެއަށް ފަރުވާ ކުޑަކުރާ ދެ ނިއުމަތެއް ވެއެވެ. އެއީ ސިއްހަތާއި ހުސް ވަގުތެވެ."

Advertisement

Advertisement 1

އިސްލާމްދީނުގައި ވަގުތަށް ދީފައިވާ މުހިންމުކަން ހާމަކުރައްވަމުން ހުތުބާގައި ބަޔާންކުރެއްވީ، ކީރިތި ގުރުއާނުގައި ދުވާލާއި ރޭގަނޑުގެ އެކި ވަގުތުތައް ގަންދެއްވައި މާތް ﷲ ވަހީކުރައްވާފައިވުމަކީ ވަގުތުގެ މަތިވެރިކަމުގެ ހެއްކެއް ކަމަށެވެ. މާތް ﷲ އެއްޗެއް ގަންދެއްވައި ބަސް ވަހީކުރައްވަނީ އެކަލާނގެ ހަޟުރަތުގައި އެކަމެއްގެ މުހިންމުކަން ބޮޑުކަން އަންގައިދެއްވުމަށްޓަކަ އެވެ.

މިއަދުގެ ހުތުބާގައި ވަނީ އިންސާނާގެ ހަޔާތުން އުނިވެގެންދާ ކޮންމެ ފަޅި ސިކުންތަކީވެސް އޭނާގެ އަޖަލާ ގާތަށް ކުރެވޭ ދަތުރެއްކަން ހަނދާންކޮށްދީފަ އެވެ. ވަގުތަކީ އަނބުރާ ލިބޭނެ އެއްޗަކަށް ނުވާއިރު، އާހިރަތް ބާއްޖަވެރިކުރުމަށްޓަކައި ދުނިޔޭގައި ލިބޭ ވަގުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ކޮންމެ މުސްލިމެއްގެ މަސްއޫލިއްޔަތެއްކަމުގައި ހުތުބާގައި ބަޔާންކުރި އެވެ.

މިއަދަކީ އުފާވެރި ފިތުރު އީދު ދުވަސް ކަމަށްވީ ނަމަވެސް، އީދުގެ އުފާ ފާޅުކުރުމުގައިވެސް މާތް ﷲ އެންގެވި ގޮތުގައި ސާބިތުވެ ތިބުމަށާއި، ވަގުތުތައް ބޭކާރު ނުކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.

ހުކުރު ޚުޠުބާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކޮންމެ ނަފުސަކީ ވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއް؛ ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

4 ދުވަސް ކުރިން - 12:57

ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން: ހުތުބާ

"ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން"

11 ދުވަސް ކުރިން - 12:55

ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ: ޚުޠުބާ

"ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ"

18 ދުވަސް ކުރިން - 13:00

ކީރިތި ގުރްއާން ތިލާވަތުކުރުމަކީ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، ބަލިތަކަށް އޮތް ޝިފާއެއް: ހުތުބާ

"ގުރްއާން ތިލާވަތުކުރުމަކީ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، ބަލިތަކަށް އޮތް ޝިފާއެއް"

25 ދުވަސް ކުރިން - 13:00

ނަހަމަ ގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް އޮތީ އަބާއްޖަވެރިކަން: ހުތުބާ

"ނަހަމަގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް އޮތީ އަބާއްޖަވެރިކަން"

32 ދުވަސް ކުރިން - 14:29

ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރުމާއި، ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ބޮޑު ހިޔާނަތެއް: ހުތުބާ

ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެއް: ހުތުބާ

39 ދުވަސް ކުރިން - 13:33