Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

68 ފޫޓަށް އުފުލިގެންދާ ބައިބަލާގެ ރޫހު: ރާއްޖެ ނުދެކޭ ފެންވަރުގެ އެރީނާގެ މަސައްކަތް ނިމުމަކާ ގާތަށް

68 ފޫޓަށް އުފުލިގެންދާ ބައިބަލާގެ ރޫހު: ރާއްޖެ ނުދެކޭ ފެންވަރުގެ އެރީނާގެ މަސައްކަތް ނިމުމަކާ ގާތަށް

މުހައްމަދު ޖަމްޝަތު
121 ދުވަސް ކުރިން - 18 މާޗް 2026 15:43
68 ފޫޓަށް އުސްކޮށް ފަރުމާކޮށްފައިވާ ސްޓޭޖްކޯގެ ރެކޯޑް އެރީނާ---
68 ފޫޓަށް އުސްކޮށް ފަރުމާކޮށްފައިވާ ސްޓޭޖްކޯގެ ރެކޯޑް އެރީނާ---
ޚުލާސާ

ސްޓޭޖް ކޯގެ ރެކޯޑް އެރީނާއާ އެކު، ބައިބަލާގެ ތާރީހުގައި އާ ބާބެއް ލިޔެދޭނެ ކަމުގެ ހުރިހާ އަލާމާތެއް މިހާރު ދަނީ ފެންނަމުން

ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު އެއް ކުޅިވަރު ހަރަކާތް ކަމަށްވާ އީދު ބައިބަލާ ޗެލެންޖް 1447ގެ މެޗުތައް ކުޅޭ، ހައިބަތު ބޮޑު އެރީނާގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެ އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކާ ދިމާލުގައި އޮންނަ ހުސް ބިމުގައި ތައްޔާރުކުރަމުންދާ މި މައިދާނަކީ ރާއްޖޭގެ އިވެންޓް ޕްރޮޑަކްޝަން ސިނާއަތުގައި މިހާތަނަށް ފެނިފައިނުވާ ފެންވަރުގެ މަސައްކަތެކެވެ.

އީދު ބަންދާ ދިމާކޮށް މުޅި ރާއްޖޭގެ ސަމާލުކަން ހުއްޓިފައިވާ މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރެއްގެ ގޮތުގައި ޖެހިޖެހިގެން ދެވަނަ އަހަރު ހަރަކާތްތެރިވަނީ ސްޓޭޖް ކޯ އެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ވެސް މައިދާން ތައްޔާރުކޮށް ގިނަ ބައެއްގެ ތައުރީފު ހޯދާފައިވާ ސްޓޭޖް ކޯއިން މި ފަހަރު ގެނެސްދީފައި ވަނީ އެއަށްވުރެ މާ ފުރިހަމަ، ތަފާތު ބޮޑު މައިދާނެކެވެ. ތަފާތު ބޮޑު، ގިނަ ބަދަލުތަކަކާ އެކު މިހާ ކުލަގަދަކޮށް ބައިބަލާ މައިދާން ތައްޔާރުކޮށް ކުޅެން ފެށީ މިދިޔަ އަހަރުން ފެށިގެން ކަމަށްވާއިރު، ސްޓޭޖް ކޯއިން ވަނީ ކޮންމެ އަހަރަކު ވެސް އާ ހަރުފަތަކަށް މި މަސައްކަތް ގެންގޮސްދޭނެ ކަން ސާބިތުކޮށްދީފައެވެ.

Advertisement

Advertisement 1

މި އަހަރުގެ އެރީނާގެ އެންމެ ފާހަގަކޮށްލެވޭ ސިފައަކީ އޮނިގަނޑުގެ އުސްމިނެވެ. ގާތްގަނޑަކަށް 68 ފޫޓަށް އުސްކޮށް ފަރުމާކޮށްފައިވާ މި އޮނިގަނޑަކީ ރާއްޖޭގައި މިހާތަނަށް އިވެންޓަކަށް ތައްޔާރުކުރި އެންމެ އުސް އޮނިގަނޑެވެ. ހައިބަތާއި ޝަހުސިއްޔަތު ވަރުގަދަ މައިދާނެއްގެ ގޮތުގައި ފަރުމާކޮށްފައިވާ މި އެރީނާއިން ބައިބަލާގެ ފޯރިގަދަ މާހައުލު އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ކަމަށް ބެލެވެއެވެ.

މި ވަރުގެ ބިޔަ ސެޓަޕެއް ރާއްޖޭގެ ފަސްގަނޑުގައި ކޮޅަށް ޖެހުމަކީ އެތައް ގޮންޖެހުންތަކެއް ހުރި ބުރަ މަސައްކަތެއް ކަމަށްވާއިރު، ސްޓޭޖް ކޯގެ ޓީމުން ވަނީ އެ ހުރިހާ ގޮންޖެހުންތަކެއް ގިރާކޮށް، މި ތަސައްވުރު ހަގީގަތަކަށް ހަދާފައެވެ. މިއީ ރާއްޖޭގެ އިވެންޓް ޕްރޮޑަކްޝަން ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

މި ފަހަރުގެ އީދު ބައިބަލާ ޗެލެންޖު ފަށާނީ މިމަހުގެ 21 އިން ފެށިގެންނެވެ. މުބާރާތުގައި ޖުމްލަ 38 ޓީމަކުން ބައިވެރިވެފައިވާއިރު މިއީ މިދިޔަ އަހަރުގެ މުބާރާތާ އަޅާބަލާއިރު 10 ޓީމު އިތުރު އަދަދެކެވެ. ޖުމްލަ 72 މެޗު މި ފަހަރުގެ މުބާރާތުގައި ކުޅޭއިރު، މެޗުތައް ގިނަވެފައި ވަނީ މުބާރާތުގެ ފޯމެޓަށް ގެނައި ބަދަލާ ގުޅިގެންނެވެ. މި ފަހަރުގެ މުބާރާތް ވެގެންދާނީ އެންމެ ގިނަ އަދަދެއްގެ މެޗުތައް ކުޅެވޭ ބައިބަލާ މުބާރާތަށެވެ.

އެރީނާގެ މަސައްކަތްތައް ނިމެމުންދާއިރު، އީދު ބައިބަލާ ޗެލެންޖް 1447 އަށް އޮތް ފޯރި ދަނީ ހައްތަހާ ގަދަވަމުންނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ޓީމުތަކާއި ސަޕޯޓަރުން އެންމެ އިންތިޒާރުކުރާ އެއް ކުޅިވަރު ހަރަކާތް ކަމަށްވާ މި މުބާރާތް، ސްޓޭޖް ކޯގެ ރެކޯޑް އެރީނާއާ އެކު، ބައިބަލާގެ ތާރީހުގައި އާ ބާބެއް ލިޔެދޭނެ ކަމުގެ ހުރިހާ އަލާމާތެއް މިހާރު ދަނީ ފެންނަމުންނެވެ.

ބައިބަލާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީދު ބައިބަލާ ޗެލެންޖް 1447 ގެ ފޯރިގަދަ ފައިނަލް މިރޭ

އީދު ބައިބަލާ ޗެލެންޖްގެ ފޯރިގަދަ ފައިނަލް މިރޭ

108 ދުވަސް ކުރިން - 17:37

އީދު ބައިބަލާ ޗެލެންޖުގެ ފައިނަލަށް ޒެޕޯ އާއި ބީޖީ ދަތުރުކޮށްފި

ބައިބަލާ ޗެލެންޖުގެ ފައިނަލަށް ޒެޕޯ އާއި ބީޖީ

109 ދުވަސް ކުރިން - 11:49

ރޭ ހިނގައިދިޔަ ހަމަނުޖެހުމަކީ ޓީސީގެ މެޗާ ސީދާ ގުޅުންހުރި ކަމެއް ނޫން: ކްލަބް ޓީސީ

"ރޭގެ ހަމަނުޖެހުމަކީ ޓީސީއާ ގުޅުންހުރި ކަމެއް ނޫން"

113 ދުވަސް ކުރިން - 00:04

އީދު ބައިބަލާ ޗެލެންޖް: ގަދަ ހިފުމަށްފަހު ޓީސީ ފްރެޓާނިޓީ އާއި ކާސިންޖީވެސް 3 ވަނަ ބުރަށް

ޓީސީ އާއި ކާސިންޖީ ހަނިގޮތަކުން 3ވަނަ ބުރަށް

114 ދުވަސް ކުރިން - 11:16

އީދު ބައިބަލާ ޗެލެންޖް: ސީދާ ދެ ގޭމުން މޮޅުވެ 4 ޓީމެއް 3 ވަނަ ބުރަށް

ފަސޭހަ މޮޅަކާއެކު 4ޓީމެއް 3 ވަނަ ބުރަށް

114 ދުވަސް ކުރިން - 10:52

ސްޓޭޖް ކޯގެ ފަންނުވެރިކަން: 68 ފޫޓުގެ އެރީނާއާ އެކު ބައިބަލާގެ ފޯރި އާ ހަރުފަތަކަށް

ބިޔަ އެރީނާއާ އެކު ބައިބަލާގެ ފޯރި އާހަރުފަތަކަށް

117 ދުވަސް ކުރިން - 16:31