Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކުއްޖާގެ ސައިޒު ދެނެގަތުން: އެކަމާމެދު ކަންބޮޑުވާން ނުޖެހިދާނެ ސަބަބު

ކުއްޖާގެ ސައިޒު ދެނެގަތުން: އެކަމާމެދު ކަންބޮޑުވާން ނުޖެހިދާނެ ސަބަބު

އާނާ ފަހީމް
691 ދުވަސް ކުރިން - 23 އޯގަސްޓް 2024 23:51
މަންމައާއި ބައްޕައަކު ދެކުދިންގެ ދިގުމިން ފާރުގައި ފާޙަގަކުރާތަން
މަންމައާއި ބައްޕައަކު ދެކުދިންގެ ދިގުމިން ފާރުގައި ފާޙަގަކުރާތަން
ޚުލާސާ

ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުން ބުނާގޮތުގައި ކުއްޖާގެ ސިއްހަތު ދެނެގަނެވެނީ ހަމައެކަނި ސައިޒުން ނޫން. ހަމައެކަނި ބަރުދަނަށް އަހަންމިއްޔަތުކަން ދިނުމުގެ ބަދަލުގައި، ދުޅަހެޔޮކަމާމެދު ފުޅާ ނަޒަރަކުން ވިސްނުމަކީ މުހިންމު ކަމެއް.

ކުދިންގެ ސިއްހަތު ވަޒަންކުރުމުގައި އާންމުކޮށް ބޭނުންކުރާ ގޮތްތަކުގައި ގިނަފަހަރަށް އަމާޒުކުރެވެނީ ސައިޒަށެވެ. މިކަމުގެ ސަބަބުން ބޭކާރު ކަންބޮޑުވުންތަކާއި ސިއްހަތަށް ގެއްލުންހުރި އާދަތައް އުފެދެއެވެ. ފެންނަން ހުންނަ ކަންކަމަށް އަމާޒުކުރުމަކީ ފަސޭހަކަމެއް ނަމަވެސް، މާހިރުން ދެކޭގޮތުގައި ބަރުދަނަށްވުރެ މުހިއްމީ ނިދުމާއި، ޖިސްމާނީ ހަރަކާތްތެރިކަމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، އަދި އާއިލީ ގުޅުންތައް ފަދަ ކަންކަމެވެ.

މީގެ އިތުރުން، ސައިޒަށް އިސްކަންދިނުމުގެ ސަބަބުން ނުސީދާކޮށް ކުއްޖާގެ އަމިއްލަ ނަފްސަށް އިތުބާރުކުރުމާއި ކާއެއްޗެއްސާ އޮންނަ ގުޅުމަށް ގެއްލުން ލިބިގެންދެއެވެ.ފެނުމުން ހުންނަ ގޮތަށް ބަލައި ގިނައިން ނުވަތަ މަދުން ކެއުމަށް ބާރުއެޅޭ ކުދިންނަށް ކެއުމާ ދޭތެރޭ ނުރަނގަޅު ގުޅުމެއް އުފެދި، ދިގު މުއްދަތަކަށް ދެމިގެންދާ މައްސަލަތަކަކަށް މަގުފަހިވެގެންދެއެވެ. މީގެ ބަދަލުގައި، ހުރިހާ ބާވަތެއްގެ ކާނާއަށްވެސް ޖާގަ ލިބޭގޮތަށް ދެމެހެއްޓެނިވި އަދި ހަމަހަމަ(ބެލެންސްޑް) ކާނާގެ އުސޫލެއް ގެންގުޅުމުން ކާއެއްޗެއްސާ ކުއްޖާއާއި އޮންނަ ގުޅުން ރަނގަޅުވެ، ހުރިހާ ދާއިރާއަކުންވެސް ރަނގަޅަށް ބޮޑުވުމަށް މަގުފަހިވެގެންދާނެއެވެ.

މައިންބަފައިންނާއި، ބަލަދުވެރިންނާއި އަދި ކުދިން ބަލަހައްޓާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ މުހިންމު ނުކުތާއެއް އެބައޮތެވެ. އެއީ

Advertisement

Advertisement 1
  • އެއްވެސް މީހަކު ، އެއީ ރައްޓެއްސެއް، ޢާއިލާގެ މެންބަރެއް ނުވަތަ މުދައްރިސެއް ކަމުގައިވިޔަސް ކުއްޖެއްގެ ސިފައާއި ސައިޒާ ބެހޭގޮތުން އެއްޗެއް ބުނުމަކީ ރަނގަޅުކަމެއް ނޫނެވެ.
  • މިފަދަ ޚިޔާލު ފާޅުކުރުންތަކަކީ، އޭގެ ނިޔަތް ރަނގަޅު ކަމުގައިވިޔަސް، ކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި، ހަށިގަނޑާމެދު ދެކޭގޮތަށް ދުރު މުސްތަޤްބަލެއްގައި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެކެވެ.
  • މައިންބަފައިންވެސް އެމީހުންގެ ދަރިންގެ ޖިސްމާނީ ސިފަތަކާ ބެހޭގޮތުން އެހެން ފަރާތްތަކުގެ ފާޑުކިޔުމުގެ ޝިކާރައަކަށް ވެގެން ނުވާނެއެވެ.

މިފަދަ ވާހަކަތަކުން ގެއްލުންދެނިވި ވިސްނުންތައް އިތުރަށް ބާރުވެރިކުރުވައި، ބޭކާރު ކަންބޮޑުވުންތައް އުފެދި، އެންމެ މުހިންމު ކަމަކަށްވާ ކުއްޖާގެ ޖުމްލަ ދުޅަހެޔޮކަމަށް އަހަންމިއްޔަތުކަން ދިނުމުން އެއްކިބާވެދެއެވެ.

ކުޑަކުދިންގެ އަމިއްލަ ސިފައާއި ސިއްޙަތު ބައްޓަންކުރުމުގައި ޢާއިލީ މާޙައުލުގެ ދައުރު ވަރަށް މުހިންމެވެ. ޢާއިލާތަކުން ކާބޯތަކެއްޗާއި ހަށިގަނޑުގެ ސިފައާ ބެހޭގޮތުން މުޢާމަލާތްކުރާ ގޮތާމެދު ވިސްނުންތެރިކަމާއެކު ޢަމަލުކުރަންޖެހެއެވެ. އެކުގައި ކެއުމާއި، ހޭލުންތެރިކަމާއެކު ކެއުމަށް ބާރުއެޅުމާއި، މި އާދަތައް ދަރިންގެ ކިބައިގައި އަށަގެންނެވުމަކީ ކުދިންނަށް ކާބޯތަކެއްޗާއި އެމީހުންގެ ހަށިގަނޑާމެދު ދުޅަހެޔޮ ވިސްނުމެއް ބިނާކުރުމަށް މަގުފަހިކޮށްދޭނެ ކަންތައްތަކެވެ.

އައު ތަޢުލީމީ އަހަރު ފެށިފައިވާއިރު، ހުރިހާ މައިންބަފައިންވެސް ކުދިންގެ ސިއްހަތާއިމެދު ވިސްނާލަންއެބަޖެހެއެވެ.މީގެ ތެރޭގައިލުއިކާނާގެ ބަދަލުގައި ފައިދާހުރި ކާނާ (އިންޓަވަލް) ގަޑިއަށް ތައްޔާރުކޮށް،ނިދުމުގެ އާދަތައް ހަމަޖައްސައި، އަދި ހަށިގަނޑުގެ ސިފައާ ބެހޭގޮތުން ހެޔޮގޮތުގައި މަޝްވަރާކުރުން އެބަޖެހެއެވެ. މީގެ އިތުރުން މައިންބަފައިން ވެސް ސްކޫލުގެ މާޙައުލުގައި އަދި އެހެނިހެން މާހައުލުތަކުގައި އެމީހުންގެ ދަރިންނަށް ވަކާލާތުކުރުމަށް ބާރުވެރިވާންވާނެއެވެ. އަދި އެކުދިންނަށް އެހީތެރިވެދޭ މާޙައުލެއް ޤާއިމުކުރަން މަސައްކަތްކުރަންވާނެއެވެ.

އެންމެ ބޮޑަށް އަހަންމިއްޔަތުދޭންޖެހޭ ކަމަކަށް ވާންޖެހޭނީ ކުއްޖާގެ ޖުމްލަ ދުޅަހެޔޮކަން ކުރިއެރުވުމެވެ. މީގެ ތެރޭގައި ޖިސްމާނީ ސިއްޙަތާއި ނަފްސާނީ ހަމަޖެހުމަށް އެއްވަރެއްގެ އަހައްމިއްޔަތުކަމެއް ދޭންޖެހެއެވެ. ބަރުދަން ނުވަތަ ސައިޒު ފަދަ ވަކި ނަންބަރުތަކަކަށް އަވަދިނެތި ބެލުމުގެ ބަދަލުގައި، ކުއްޖާގެ ސިއްޙަތަކީ ތަފާތު ގިނަ ކަންތައްތަކެއް ހިމެނޭ ކަމެއްކަން ދެނެގަތުން މުހިންމެވެ. ޢާއިލީ މާޙައުލަކީ ކުދިންނަށް އެހީތެރިވެދޭ އަދި ޖުމްލަ ސިއްޙަތަށް އިސްކަންދޭ މާޙައުލަކަށް ހެދުމަކީ މުހިންމު ކަމެކެވެ. މިފަދަ މާޙައުލެއްގައި، މައިންބަފައިންނަށް އެމީހުންގެ ދަރިންގެ ހަށިގަނޑުގެ ސައިޒަށް ބެލުމެއްނެތި، ކެއުމުގެ ރަނގަޅު އާދަތައް އަށަގަންނުވައިދެވޭނެއެވެ. މިގޮތަށް ޢަމަލުކުރުމުން ކާނާއާއި ހަށިގަނޑުގެ ސިފައާމެދު ދުޅަހެޔޮ ގުޅުމެއް ބިނާކުރުމަށް މަގުފަހިވާނެއެވެ. އަދި މީގެ އިތުރުން، މުޖުތަމަޢުގެ އުންމީދުތަކާ ކުރިމަތިލުމަށް ބޭނުންވާ ހިތްވަރާއި އިތުބާރު ދަރިންގެ ކިބައިގައި އަށަގަންނާނެއެވެ. މިފަދަ ގޮތަކަށް ކުދިން ބޮޑުކުރުމުން، މައިންބަފައިން އެމީހުންގެ ދަރިންނަށް ބާރުވެރިކަން ދެނީ ހަމައެކަނި އެކުދިންގެ ބޭރުފުށުގެ ސިފައަށް ބަލައިގެން ނޫނެވެ. އޭގެ ބަދަލުގައި، އެކުދިންނަކީ ކޮންމެ ގޮތަކަށް ތިބި ކުދިންކަމުގައި ވިޔަސް، އަގުހުރި، ދުޅަހެޔޮ، އަދި ފުރިހަމަ ބައެއްގެ ގޮތުގައި ބޮޑުވުމަށް މަގުފަހިކޮށްދެވެއެވެ.

Ad
Ad

ގުޅޭ ޚަބަރުތައް

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%