އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އިސްރާއީލަށް ދިން އިންޒާރަށް ފަހު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދުބާއީ ހިމެނޭ ގޮތަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށް ވަރުގަދަ ޙަމަލާތަކެއް ދީ އެކަކު މަރާލައިފިއެވެ.


އީރާނުގެ ޑްރޯންތަކާއި މިސައިލްތައް ރޭ ވެސް އަމާޒު ކޮށްފައި ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ.
އަބޫދާބީގެ މަސްދަރުތަކުން ބުނާ ގޮތުގައި އީރާނުން ފޮނުވައިލި ގިނަ މިސައިލް ޙަމަލާތައް ވަނީ ހުއްޓުވާފައެވެ. ނަމަވެސް އެއް ޙަމަލާ ޢާންމު މީހެއްގެ ވެހިކަލަށް އަމާޒުވެ އެކަކު މަރުވެފައިވާކަން ވަނީ ކަށަވަރު ކޮށްދީފައެވެ.
ސައުދީ އަރަބިއްޔާގެ ވައިގެ ދިފާޢީ ނިޒާމުތަކުން ވަނީ އީރާނުގެ ޑްރޯންތަކުގެ ބޮޑު ރާޅެއް ހުއްޓުވާފައެވެ. ރޭގެ ހަމަލާތަކުގައި މީހަކު ސައޫދީން މަރުވެފައިވާކަން ކަށަވަރުވެފައި ނެތަސް، ރެޔަކީ މިހާތަނަށް ސައޫދީ އަށް ދިން އެންމެ ބޮޑު އެއް ހަމަލާއެވެ.








