ވާފަލްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ގޮތްގޮތަށް ތައްޔާރުކުރެވި، ފުޅާ ދާއިރާއެއްގައި މަޝްހޫރުވެފައިވާ ކާބޯތަކެތީގެ ބާވަތެކެވެ. އޭގެ ހިކި އަދި މުލައިމު ވައްތަރުތަކާއި، ފޮނި އަދި ލޮނު ރަހަތަކުގައި ތައްޔާރުކުރެވޭ މި ކާއެއްޗަށް، ގިނަ ޘަޤާފަތްތަކުގެ ކެއުމުގެ އާދަކާދައިގައި ފާހަގަކޮށްލެވޭ މަޤާމެއް ލިބިފައިވެއެވެ. މި މަޝްހޫރު ކާއެއްޗުގެ އުފެދުން އޮތީ، މިއަދު އެންމެ މަޝްހޫރުކޮށް ވާފަލް ވިއްކާ ބެލްޖިއަމްގެ ކެފޭތަކާއި އެމެރިކާގެ ކެފެޓީރިއާތަކަށްވުރެ މާ ކުރީގެ ޒަމާނުގައެވެ. ޙަޤީޤަތުގައި، ވާފަލްގެ އެންމެ ފުރަތަމަ ފެނިގެންދިޔައީ ޤަދީމީ ރޯމުގެ ބަދިގޭގެ ސަޤާފަތުންނެވެ.
ވާފަލްގެ ފެށުން ކަމަށް ޤަބޫލުކުރެވެނީ ރޯމަނުންގެ ބަދިގޭގައި އުފެއްދި "ކްރަސްޓިއުލާ" ނަމަކަށް ކިޔުނު ކާބޯތަކެތިންނެވެ. މި " ކްރަސްޓިއުލާ" އުފައްދަނީ ފުށް، މާފަތްދިޔަ އަދި ސަރުބީ ފަދަ އާންމު ބާވަތްތަކުން، ހޫނުކޮށްފައިވާ ދެ ދަގަނޑު ތެއްޔެއް/ތަށްޓެއް ދެމެދުގައި ފިހައގެންނެވެ. "ކު ކްރަސްޓިއުލާ" ގެ ސަގާފީ މުހިންމުކަމެއްވެސް ވެއެވެ. ގިނަ ފަހަރަށް މި ބިސްކޯދު ބޭނުންކުރަނީ ދީނީ ރަސްމިއްޔާތުތަކުގައެވެ. އަދި މުދައްރިސުން މޮޅު ދަރިވަރުންނަށް ހިތްވަރުދިނުމުގެ ގޮތުން މި ބިސްކޯދު ހަދިޔާކުރެއެވެ. ރޯމަނު މުޖުތަމަޢުގައި މި ބިސްކޯދުވަނީ މަޝްހޫރު ފަހުކެއުމަކަށްވެސް އޭރު ވެފައިވެއެވެ. މީގެ އިތުރުން، ހޮރޭސް އަދި ޕްލިނީ ދަ އެލްޑަރ ފަދަ ނަންމަޝްހޫރު ޝާޢިރުންނާއި ފަލްސަފާވެރިންގެ ލިޔުންތަކުގައިވެސް މި ބިސްކޯދުގެ ވާހަކަ ހިމަނާފައިވެއެވެ.
ރޯމަން އިމްޕަޔަރުގެ ނުފޫޒު ދުނިޔެއަށް ފެތުރެމުންދިޔަ މިންވަރަކަށް، އެބައިމީހުންގެ ކެއުމުގެ އާދަކާދަތައްވެސް ފުޅާވަމުން ދިޔައެވެ. ކްރަސްޓުލާ ތައްޔާރުކުރާ ގޮތް ޔޫރަޕުގެ އެކި ހިސާބުތަކަށް ފެތުރި، އެތަންތަނުގައި "ކްރަސްޓުލާ" އުފެއްދުމުގައި ބޭނުންކުރާ ރަހަތަކާއި ބާވަތްތަކަށް ބަދަލުތަކެއް އައެވެ. އިޓަލީގައި މި ބިސްކޯދު "ފެރަޓެލެ" އަށް ބަދަލުވެ، މިއަދުވެސް އަބްރޫޒޯ އަދި މޮލީސެ ފަދަ ސަރަޙައްދުތަކުގައި މިއީ މަޝްހޫރު ކައިބޮއެއުޅޭ އެއްޗެކެވެ. ފެރަޓެލެ އުފައްދަނީ ދަގަނޑު ޕްރެހެއް ނުވަތަ "ފެރީ" (ބިސްކޯދުގައި ކުދިކުދި ނިޝާންތައް ޖެހުމަށް ބޭނުންކުރާ އެއްޗެއް) ބޭނުންކޮށްގެންނެވެ. އިޓަލީ މީހުން މި ބިސްކޯދުގައި ކުދިކުދި ރޮނގުތަކެއް ޖަހައި، މިޒަމާނުގެ ވޭފަލްސްއާ ވަރަށް އެއްގޮތް ބާވަތެއް މި "ފެރަޓެލެ" އިން އުފައްދައެވެ. ފަހުން އިޓަލީ މީހުން "ފެރަޓެލެ" ގިނަފަހަރު ބޭނުންކުރަނީ ޚާއްޞަ މުނާސަބަތުތަކުގައެވެ. ޢާއިލާތަކުން އެމީހުންގެ ޢާއިލީ ނިޝާންތަކާއި ނަމުގެ ފުރަތަމަ އަކުރު "ފެރީ" ގައި ޖަހައި، މި އެއްޗެހިތައް ޖީލުން ޖީލަށް ވާރުތަކުރެއެވެ.
މެދުޒަމާނުގައި، ފެރަޓެލެ ނުވަތަ ފުރަތަމަ ވަފަލްސް ކަމުގައި ބެލެވޭ ކާބޯތަކެތި ތައްޔާރުކުރުމުގެ ފަންނު ޔޫރަޕުގެ ވިޔަފާރި މަގުތަކުގައި ފެތުރިގެން ދިޔައެވެ. މި ރެސިޕީ އުތުރު ޔޫރަޕަށް ފެތުރެމުން ދިޔައިރު، އޭގެ ސިފަތަކަށް ބަދަލުތަކެއް އައިސް، އެންމެ ފަހުން މިއަދު އަހަރެމެންނަށް އެނގިފައިވާ ވަފަލް އުފެދުނެވެ. 17 ވަނަ ޤަރުނުގައި، ޑަޗް ރަށްވެހިން މި ކެއުމުގެ އާދަކާދަ އެމީހުންގެ ސަގާފަތުގެ ބައެއްގެ ގޮތުގައި ހިމަނައި ދެމެހެއްޓިއެވެ. އެމެރިކާގައި ވަފަލް އެމީހުންގެ ދާއިމީ އުފެއްދުމެއްގެ ގޮތުގައި ކަނޑައެޅުނީ ޑަޗް-އެމެރިކާގެ ކޯނީލިއަސް ސްވާތައުޓަށް 1869ވަނަ އަހަރުގައި ފުރަތަމަ ވަފަލް ހެދުމަށް މިހާރު ބޭނުންކުރާ "ވާފުލް އަޔަން" އުފެއްދުމަށް ޕޭޓަންޓް(ލައިސެންސް) ލިބުމަށްފަހުގައެވެ. މިހެންކަމުން، އެމެރިކާގައި ކޮންމެ އަހަރެއްގެ އޯގަސްޓް 24 ވަނަ ދުވަހަކީ ޤައުމީ ވަފަލް ދުވަހުގެ ގޮތުގައި ފާހަގަކުރެއެވެ.
ވަފުލްގެ ތާރީޚީ ދަތުރު، ރޯމުގެ މަގުމަތީގެ ލުއި ކެއުމަކުން ފެށިގެން ދުނިޔޭގެ މަޝްހޫރު ކާނާއަކަށް ބަދަލުވުމަކީ، އޭގެ މީރުކަމާއި ދެމިގެންދާ މަޤުބޫލުކަމުގެ ހެއްކެކެވެ. ޒަމާންވީ ރޯމުގެ މަގުތަކުން ފެށިގެން މިއަދުގެ ނާސްތާ މޭޒުތަކާ ހަމައަށް، ވަފުލްވަނީ އަބަދުވެސް ބަދަލުވަމުން އަންނަ ކެއުމުގެ ސަގާފަތަށް ފެތި، އެއާ އެއްހަމަވެފައެވެ. އެހެންނަމަވެސް، އަދިވެސް އެއީ ގިނަ ބަޔަކު ލޯބިކުރާ، ފަސޭހައިން ތައްޔާރުކުރެވޭ މީރު ކާނާއެއްގެ ގޮތުގައި ދެމިއޮތް އެއްޗެކެވެ. މާމުއިގެ ރަހަ، ވިޕްކުރި ކްރީމް، މޭވާ، ނުވަތަ މޭޕަލް ސިރަޕާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިއަދު ވަފުލް ވަނީ ގިނަ ބައެއްގެ ކަމުދާ ކާނާއަކަށް ވެފައެވެ.








