ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އިޒުރޭލުގެ ވެރި ރަށް ޓެލް އަވީވްގެ ބައެއް ހިސާބުތަކުގައި ދިރިއުޅޭ މީހުން އެ ތަންތަން ދޫކޮށް ދިޔުމަށަ އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން އިންޒާރު ދިނުމާއި އެކު އިޒުރޭލުގެ އެތައް ހާސް ރައްޔިތުން ބިންގަރާސްތަކުން ރައްކާތެރިކަން ހޯދުމަށް ކިޔު ޖެހެން ފަށައިފި ކަމަށް އިތުބާރު ހުރި މަސްދަރަކުން ބުނެފިއެވެ.
މީހުން ހުސްކުރުމަށް އީރާނުން އިންޒާރު ދީފައިވާ ސަރަޙައްދު ތަކުގެ ތެރޭގައި ޓެލް އަވީވް ކައިރީގައި އޮންނަ އިރުމަތީ ސަބަރބް އާއި، ޓެލް އަވީވް އާއި ޖެހިގެން އޮންނަ ރަތުމް ގަން އާއި، ޓެލް އަވީވްގެ މެދުތެރޭގެ ސަރަޙައްދެއް ކަމަށްވާ ނެވޭ ޓްޒެޑެކް އަދި މީޑިއާ އޮފީސްތަކާއި ސަރުކާރުގެ އިމާރާތްތައް ހުންނަ ސަރަހައްދުތަކާއި ޓެލް އަވިވްގެ އުތުރުގެ ސަރަޙައްދުތައް ހިމެނެއެވެ.
ތެހެރާނުން އިޒުރޭލަށް މި އިންޒާރު ދީފައި މިވަނީ އިސްރާއީލާއި އެމެރިކާގެ ހަމަލާތަކުން އީރާނަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ދަނޑިވަޅެއްގައެވެ، ކަމާއި ގުޅުންހުރި ޖަމާއަތްތަކާއި ސިއްހީ އިދާރާތަކުގެ ހިސާބުތަކުން ދައްކާ ގޮތުގައި ހަނގުރާމައިގެ ކުރީގެ މަރުހަލާތަކުގައި ގާތްގަނޑަކަށް 1،060-1،190 މީހުން މަރުވެ އެތައް ހާސް ބަޔަކު ޒަޚަމްވެފައިވެއެވެ. އަދި އީރާނުގެ އިންފްރާސްޓްރަކްޗަރަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ.
އަނެއްކޮޅުން އީރާނުގެ މިސައިލާއި ޑްރޯން ހަމަލާތަކުގައި އިޒުރޭލުގެ ދިހަވަރަކަށް މީހުން މަރުވެ އެތައް ހާސް ބަޔަކު ޒަޚަމްވެފައިވާއިރު، މުދަލަށް ލިބުނު ގެއްލުމާއި އިގްތިސާދީ ހަރަދުތައް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ޓެލް އަވީވް އިން ލަފާކުރެވެއެވެ.










