Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖެއަށް ތެޔޮ ލިބުމުގެ ދަތިކަމެއް ނެތް، އަންނަ ހަފުތާގައި އިތުރު ޝިޕްމެންޓްތަކެއް ލިބޭނެ: އެސްޓީއޯ

ރާއްޖެއަށް ތެޔޮ ލިބުމުގެ ދަތިކަމެއް ނެތް، އަންނަ ހަފުތާގައި އިތުރު ޝިޕްމެންޓްތަކެއް ލިބޭނެ: އެސްޓީއޯ

މުހައްމަދު ޖަމްޝަތު
166 ދުވަސް ކުރިން - 15 މާޗް 2026 16:37
ރާއްޖެއަށް ތެޔޮ ގެންނަ އެސްޓީއޯގެ ޓޭންކަރު. އަންނަ ހަފްތާގައި ތެޔޮ ޝިޕްމަންޓްތަކެއް ލިބޭނެ ކަމަށް އެކުންފުނިން ބުނޭ---
ރާއްޖެއަށް ތެޔޮ ގެންނަ އެސްޓީއޯގެ ޓޭންކަރު. އަންނަ ހަފްތާގައި ތެޔޮ ޝިޕްމަންޓްތަކެއް ލިބޭނެ ކަމަށް އެކުންފުނިން ބުނޭ---
ޚުލާސާ

އެސްޓީއޯއިން ހާމަކުރި ގޮތުގައި އަންނަ ހަފްތާގައި ތެލާއި ކައްކާ ގޭހުގެ އާ ޝިޕްމަންޓްތައް ލިބޭނެ. އެއާއެކު އާއްމު އުސޫލުން އަނެއްކާވެސް ގޭސް ވިއްކާނެކަމަށް އެސްޓީއޯއިން ބުނޭ

ރާއްޖެއަށް އެތެރެކުރާ ތެޔޮ ލިބުމުގެ ދަތިކަމެއް މިވަގުތަށް ނެތް ކަމަށާއި، މިހާރު ހުރި ސްޓޮކުން ތެލުގެ ބޭނުންތައް ފުއްދައި މެނޭޖްކުރެވޭނެ ކަމުގެ ޔަގީންކަން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ދީފިއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އުފުލެމުންދާތީ، ރާއްޖެއަށް ތެޔޮ ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ސްޓީއޯއިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް ރާއްޖެއަށް ތެޔޮ ލިބުމުގައި އެއްވެސް ހުރަހެއް މިވަގުތު ނެތް ކަމަށެވެ. އަދި އަންނަ ހަފުތާގެ ތެރޭގައި ތެލުގެ އިތުރު ދެ ޝިޕްމެންޓެއް ރާއްޖެއަށް ލިބޭނެ ކަމަށްވެސް އެ ކުންފުނިން ހާމަކުރިއެވެ.

Advertisement

Advertisement 1

ރާއްޖެއަށް އެތެރެކުރާ ޕެޓްރޯލާއި ޑީސަލަކީ އެންމެ މަތީ މިންގަނޑަށް ސާފުކޮށްފައިވާ ތެޔޮ ކަމަށްވާތީ، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރު މި ބާވަތްތަކުގެ އަގަށް ބޮޑުތަނުން ކުރެއެވެ.

ތެލުގެ އިތުރުން، ކައްކާ ގޭހުގެ އާ ޝިޕްމެންޓެއްވެސް އަންނަ ހަފުތާގައި ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މިވަގުތު ގޭހުގެ ޑިމާންޑް އިތުރުވެފައިވާތީ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވް ގޭހުން ދަނީ ގޭސް ވިއްކުން ވަގުތީ ގޮތުން ލިމިޓް ކުރަމުންނެވެ. އެގޮތުން 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި މިހާރު ޑިސްކައުންޓް ރޭޓެއްގައި ވިއްކަމުންދަނީ 5 ކިލޯގެ ގޭސްފުޅިއެވެ. މިއީ މި ހަފުތާއަށް އެކަނި އެޅި ފިޔަވަޅެއް ކަމަށާއި، އާ ޝިޕްމެންޓް ލިބުމާއެކު އާންމު އުސޫލުން ގޭސް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ރާއްޖޭގައި ތެޔޮ ވިއްކާ އަގަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މީގެ ކުރިން ވިދާޅުވެފައިވަނީ، ރާއްޖޭގައި ތެލުގެ އަގު ކަނޑައަޅަނީ އެތެރެކުރާ ޝިޕްމެންޓްތަކުގެ ވެއިޓެޑް އެވަރޭޖަށް ބަލައިގެން ކަމަށެވެ. އެހެންކަމުން ބައިނަލްއަގުވާމީ ބާޒާރަށް އަންނަ ކޮންމެ ބަދަލެއްގެ އަސަރު ރާއްޖޭގެ ބާޒާރުން ފެންނާނެއެވެ.

ސަރުކާރުން ހާމަކުރި ގޮތުގައި، ތެލުގެ އަގު އުފުލުނު ނަމަވެސް އެސްޓީއޯގެ ފައިދާއިން ބައެއް ސަބްސިޑައިޒްކޮށް، އަގަށް އަންނަ ބޮޑެތި ބަދަލުތައް ކުޑަކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި އަދިވެސް ތެޔޮ ވިއްކަމުންދަނީ ނިސްބަތުން ހެޔޮ އަގެއްގައިކަން ސަރުކާރުން ފާހަގަކުރެއެވެ.

ތެލުގެ ބާޒާރުއެސްޓީއޯ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރާއްޖެއިން ބިސް ހުސްވެ ކޮންޓްރޯލް ކުރާކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް، ދަތިކަމެއް ނެތި ބިސް ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފި

ދަތިކަމެއް ނެތި ބިސް ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފި

2 ދުވަސް ކުރިން - 14:05

އެސްޓީއޯ ހެލްތް ކެއަރ އިން ޕޯޓަބަލް ސްކޭން މޮޑަލްތަކެއް ތައާރަފް ކޮށްފި

އެސްޓީއޯ ހެލްތ ކެއަރއިން ސްކޭން މޮޑެލްތަކެއް ތައާރަފް ކޮށްފި

9 ދުވަސް ކުރިން - 12:23

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީ އާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީއާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

12 ދުވަސް ކުރިން - 21:15

ބޯޓުފަހަރުގެ ޗާޓަރު އަގު އިންތިހާއަށް އުފުލުނަސް، ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ހުރަހެއް ނެތް! އަގުވެސް ހެޔޮ!

ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ހުރަހެއް ނެތް! އަގުވެސް ހެޔޮ!

18 ދުވަސް ކުރިން - 10:46

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

78 ދުވަސް ކުރިން - 13:57

އެމެރިކާގައި ތެލުގެ އަގު 42 އިންސައްތައަށް އުފުލިއްޖެ

އެމެރިކާގައި ތެލުގެ އަގު 42 އިންސައްތައަށް އުފުލިއްޖެ

87 ދުވަސް ކުރިން - 04:09