Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބުޅަލެއް ދަންޖައްސައި މަރާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ބުޅަލެއް ދަންޖައްސައި މަރާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

މުހައްމަދު ޖަމްޝަތު
167 ދުވަސް ކުރިން - 15 މާޗް 2026 15:55
މާލޭގެ މަގުމަތީގައި ބުޅަލެއް. ރަފުށީގައި ބުޅަލެއް ދަންޖައްސައި، ރަހުމުކުޑަ ގޮތަކަށް މަރާލި މައްސަލައެއް ފުލުހުން ވަނީ ތަހުގީގުކުރަން ފަށާފަ---ފޮޓޯ: ޚުލާސާ
މާލޭގެ މަގުމަތީގައި ބުޅަލެއް. ރަފުށީގައި ބުޅަލެއް ދަންޖައްސައި، ރަހުމުކުޑަ ގޮތަކަށް މަރާލި މައްސަލައެއް ފުލުހުން ވަނީ ތަހުގީގުކުރަން ފަށާފަ---ފޮޓޯ: ޚުލާސާ
ޚުލާސާ

މި އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ފޮޓޯތަކާއި ވީޑިއޯތައް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ

ހއ. ހޯރަފުށީގައި ބުޅަލެއް ދަންޖައްސައި، ރަހުމުކުޑަ ގޮތަކަށް މަރާލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ހޯރަފުށީގައި ބުޅަލަކަށް ގަސްދުގައި އަނިޔާކޮށް، މަރާލާފައިވާ ކަމަށް ބުނާ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ތިން މީހަކާ ސުވާލުކޮށް، ތަހުގީގަށް ބޭނުންވާ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެއެވެ. މި އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ފޮޓޯތަކާއި ވީޑިއޯތައް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

Advertisement

Advertisement 1

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ބުޅާ ދަންޖެއްސުމަށްފަހު މަރުވުމުން ދަމާފައި ގެންގޮސް ވަނީ މޫދަށް އެއްލާލާފައެވެ. އިންސްޓަގްރާމްގައި މި ވީޑިއޯތައް ހިއްސާކުރި ފަރާތުން ބުނެފައިވަނީ އެއީ ބަނޑުބޮޑު ބުޅަލެއް ކަމަށާއި، އެ ބުޅަލަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތައް އޭނާއަށް ފޮނުވީ އެ ރަށުގެ މީހެއް ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. އަދި ޖަނަވާރުންނަށް މިފަދަ ބޮޑެތި އަނިޔާތައް ކުރާއިރު ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅު ނާޅާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ ކުރިން 2022 ވަނަ އަހަރުވެސް ރާއްޖޭގައި ބުޅަލެއް ދަންޖެއްސި މައްސަލައެއް ފެންމަތިވެފައިވެއެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު ބުނާގޮތުން އަނިޔާވެރިކަމާ އެކު ޖަނަވާރަކާ މެދު އަމަލުކުރުމަކީ ކުށެކެވެ. އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން ބަލާއިރު، މިފަދަ ކުށެއް ކުރާ މީހަކަށް އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްހއ. ހޯރަފުށި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސާފައި ފިލަން އުޅުނު މީހާ 15 ދުވަހަށް ބަންދުކޮށްފި!

ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސާފައި ފިލަން އުޅުނު މީހާ ބަންދުކޮށްފި

2 ގަޑިއިރު ކުރިން - 19:03

ގޭސް ލީކުވެ ހާލުދެރަވި ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ފުލުހުން ބުނެފި

ގޭސް ލީކުވެ ހާލުދެރަވި ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ފުލުހުން ބުނެފި

1 ދުވަސް ކުރިން - 12:35

މާފަންނު ގެއެއްގައި ގޭސް ލީކުވެ އަންހެނަކު ނިޔާވެއްޖެ، އިތުރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

މާފަންނު ގެއެއްގައި ގޭސް ލީކުވެ އަންހެނަކު ނިޔާވެއްޖެ، އިތުރު މީހަކަށް ހޮސްޕިޓަލުގައި

2 ދުވަސް ކުރިން - 14:08

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

4 ދުވަސް ކުރިން - 07:25

މިއަހަރުގެ މިހާތަނަށް 2,200 އަށްވުރެ ގިނަ ވައްކަމުގެ މައްސަލަ!

މިއަހަރުގެ މިހާތަނަށް 2,200 އަށްވުރެ ގިނަ ވައްކަމުގެ މައްސަލަ!

6 ދުވަސް ކުރިން - 18:14

24 ދަޅު ބަނގުރާއެކު ހުޅުމާލެ ފޭސް 1 އިން ދެ ޒުވާނަކު ހައްޔަރުކޮށްފި

24 ދަޅު ބަނގުރާއެކު ހުޅުމާލެއިން ދެ ޒުވާނަކު ހައްޔަރުކޮށްފި

6 ދުވަސް ކުރިން - 12:06