Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނިމިދިޔަ މަހު ގައިން ގަޔަށް އަރާ ބަލިތައް ޖެހުނު މީހުންގެ އަދަދު ދަށަށް ގޮސްފި

ނިމިދިޔަ މަހު ގައިން ގަޔަށް އަރާ ބަލިތައް ޖެހުނު މީހުންގެ އަދަދު ދަށަށް ގޮސްފި

އައިޝަތު ރުވާ ރިފްޢަތު
168 ދުވަސް ކުރިން - 14 މާޗް 2026 17:32
ދަރުމަވަންތަ ހޮސްޕިޓަލް. / ފޮޓޯ: ޚުލާސާ
ދަރުމަވަންތަ ހޮސްޕިޓަލް. / ފޮޓޯ: ޚުލާސާ
ޚުލާސާ

ވޭތުވެދިޔަ މަހު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އަރިދަފުސް ރޯގާގެ ކޭސްތައް. ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ފެބުރުވަރީ މަހު ރާއްޖޭގައި ގައިން ގަޔަށް އަރާ ބަލިތައް ފެތުރޭ މިންވަރު އޭގެ ކުރީ މަހާ އަޅާބަލާއިރު ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ.

އެޗް.ޕީ.އޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ މަހު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އަރިދަފުސް ރޯގާގެ ކޭސްތަކެވެ. އެގޮތުން ޖަނަވަރީ މަހު 35،693 މީހުންނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާއިރު، ފެބުރުވަރީ މަހު މި އަދަދު ވަނީ 23،573 އަށް ތިރިވެފަ އެވެ. މިއީ ގާތްގަނޑަކަށް 12،000 ކޭސްގެ މަދުވުމެކެވެ.

ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތަކެވެ. ޖަނަވަރީ މަހު ބޭރަށް ހިންގުމުގެ 8،429 ކޭސް ރިޕޯޓުކޮށްފައިވާއިރު، ފެބުރުވަރީ މަހު މި އަދަދު ވަނީ 7،196 އަށް ދަށަށް ގޮސްފަ އެވެ.

Advertisement

Advertisement 1

މީގެ އިތުރުން، މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް މަދުކުރުމަށް ކުރެވުނު މަސައްކަތްތަކާއެކު، ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދުވެސް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް ދަށަށް ގޮސްފައެވެ. އެގޮތުން ޖަނަވަރީ މަހު 668 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓުކުރިއިރު، ފެބުރުވަރީ މަހު އެ އަދަދު ވަނީ 412 އަށް މަދުވެފަ އެވެ.

އިންފްލުއެންޒާގެ ހާލަތަށް ބަލާއިރު، ޖަނަވަރީ މަހު 99 މީހަކު ޕޮޒިޓިވްވެފައިވީ ނަމަވެސް، ފެބުރުވަރީ މަހު އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވަނީ އެންމެ 8 މީހުންނެވެ.

ގައިން ގަޔަށް އަރާ ބަލިތައް މަދުވަމުންދިޔަ ނަމަވެސް، ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށާއި، މަދިރި އާލާވާ ތަންތަން ނައްތާލުމަށް އެޗް.ޕީ.އޭ އިން އަބަދުވެސް އިރުޝާދު ދެ އެވެ.

އެޗްޕީއޭ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހިމަބިހީގެ ކޭސްތައް އިތުރުވާތީ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް އިލްތިމާސް ކޮށްފި!

ހިމަބިހި ފެތުރޭތީ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް އިލްތިމާސް ކޮށްފި!

3 ދުވަސް ކުރިން - 16:28

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމުގެ ހޭލުންތެރިކަން އިތުރުކުރުމަށް ޖަމްއިއްޔާތަކަށް މާލީ އެހީ ދިނުމަށް ހުޅުވާލައިފި

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމުގެ ހޭލުންތެރިކަން އިތުރުކުރުމަށް ޖަމްޢިއްޔާތަކަށް މާލީއެހީ ދިނުމަށް ހުޅުވާލައިފި

11 ދުވަސް ކުރިން - 10:34

ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 144 އަށް އަރައިފި

ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 144 އަށް އަރައިފި

46 ދުވަސް ކުރިން - 13:22

ރާއްޖޭގައި ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފި

ރާއްޖޭގައި ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފި

88 ދުވަސް ކުރިން - 21:52

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

92 ދުވަސް ކުރިން - 22:03

ޗުއްޓީ ދުވަސްވަރު ބަލިތަކުން ރައްކާތެރިވުމަށް އެޗް.ޕީ.އޭ އިން އިލްތިމާސްކޮށްފި

މިދުވަސްވަރު ބަލިތަކުން ރައްކާތެރިވުމަށް އެޗް.ޕީ.އޭއިން އިލްތިމާސްކޮށްފި

97 ދުވަސް ކުރިން - 15:55