Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޕީއެންސީން މާލޭގައި ބޭއްވި ސައިކަލު ބުރަށް ބޮޑު ތަރުހީބެއް: ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެއްޖެ

ޕީއެންސީން މާލޭގައި ބޭއްވި ސައިކަލު ބުރަށް ބޮޑު ތަރުހީބެއް: ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެއްޖެ

އައިޝަތު ރުވާ ރިފްޢަތު
134 ދުވަސް ކުރިން - 13 މާޗް 2026 18:39
ޕީއެންސީން ބޭއްވި ސައިކަލު ބުރުގެ ތެރެއިން---
ޕީއެންސީން ބޭއްވި ސައިކަލު ބުރުގެ ތެރެއިން---
ޚުލާސާ

މިއީ އޭޕްރީލް 4 ވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ވޯޓުތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއް.

ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން މިއަދު މާލޭގައި ބޭއްވި ސައިކަލު ބުރަށް އާންމުންގެ ފަރާތުން، ހާއްސަކޮށް ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

މިއަދު ހަވީރު 16:15 ގައި ބޮޑުތަކުރުފާނު މަގު، މޭރީބްރައުން ކުރިމަތިން ފެށި މި ސައިކަލު ބުރަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ) ގެ އިންތިހާބުގެ އިތުރުން، ބޮޑު ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ މެދުގައި ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެކެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް ޕާޓީއަށް ތާއިދުކުރާ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޕީއެންސީން ކުރިން ދައުވަތު އަރުވާފައިވާއިރު، މިއަދުގެ މި ހަރަކާތުން ފެނިގެންދިޔައީ ޕާޓީއަށް އޮތް ވަރުގަދަ ތާއިދެވެ. ޕީއެންސީން މިހާރު ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތްތަކަކީ ރާއްޖޭގެ ތާރީހުގައި ވެސް ކައުންސިލް އިންތިހާބަކަށް އެއްވެސް ޕާޓީއަކުން ނުކުރާހާ ފުޅާ އަދި ވަރުގަދަ މަސައްކަތްތަކެކެވެ.

Advertisement

Advertisement 1

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފަށަން ހަމަޖެހިފައިވާ މަޝްރޫއުތަކާއި، މިހާރު ފަށާފައިވާ މަޝްރޫއުތައް ބާރު ސްޕީޑެއްގައި ކުރިއަށް ގެންގޮސް ނިންމާލެއްވުމަށްޓަކައި، ސަރުކާރަށް އެއްބާރުލުން ދޭނެ ޕީއެންސީގެ ހުރިހާ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.

މި އިންތިހާބަށް ރާއްޖޭގެ ބޮޑު ދެ ޕާޓީ ކަމަށްވާ ޕީއެންސީ އާއި އެމްޑީޕީން ކެމްޕެއިން ކުރަމުންދާއިރު، ސަރުކާރު ހިންގާ ޕީއެންސީގެ ހަރަކާތްތައް ވަރަށް ފޯރިއާއެކު ކުރިއަށްދާކަން ފާހަގަކުރެވެއެވެ. ނަމަވެސް، އިދިކޮޅު އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް މިއަދާ ހަމައަށް ފެންނަނީ ވަރަށް ފަޑުކޮށް ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މިއަދުގެ ސައިކަލު ބުރު ނިންމާލާފައިވަނީ މާލޭގެ ބޮޑެތި މަގުތަކުގައި ބުރުޖެހުމަށްފަހު، ޕާޓީގެ ސަޕޯޓަރުންގެ މެދުގައި އޮތް އެއްބައިވަންތަކަން ހާމަކޮށްދެމުންނެވެ.





ޕީއެންސީލޯކަލް ކައުންސިލް އިންތިޚާބު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަމާން ކަމާއި އޮމާން ކަމާއެކު ޕީއެންސީގެ އެތެރޭގެ އިންތިހާބު ނިންމާލާ ކުދި ޕާޓީތަކަށް ނަމޫނާ ދައްކާލައިފި

އަމާން ކަމާއި އޮމާން ކަމާއެކު ޕީއެންސީގެ އެތެރޭގެ އިންތިހާބު ނިންމާލައިފި

14 ދުވަސް ކުރިން - 18:55

ޕީއެންސީގެ ބޮޑު އިންތިހާބުން އެހެން ޕާޓީތަކުން ނަމޫނާ ލިބިގަންނަންޖެހޭ: ޢަބްދުއްރަޙީމް

ޕީއެންސީގެ ބޮޑު އިންތިހާބުން އެހެން ޕާޓީތަކުން ނަމޫނާ ލިބިގަންނަންޖެހޭ: ޢަބްދުއްރަޙީމް

15 ދުވަސް ކުރިން - 15:25

ޕީއެންސީގެ ދާއިރާތަކުގެ ބޮޑު އިންތިޚާބު: 4 ޖަހާއިރު ކިއު ބަންދުވާނެ

ޕީއެންސީގެ ދާއިރާތަކުގެ ބޮޑު އިންތިޚާބު: 4 ޖަހާއިރު ބަންދުވާނެ

15 ދުވަސް ކުރިން - 15:17

ޕީއެންސީގެ އެތެރޭގެ އިންތިހާބު މާދަމާ: ވޯޓުލުން ފަށާނީ ހެނދުނު 09:00 ގައި

ޕީއެންސީގެ އެތެރޭގެ އިންތިހާބު މާދަމާ: ވޯޓުލުން ފަށާނީ ހެނދުނު 09:00 ގައި

15 ދުވަސް ކުރިން - 23:00

ޕީއެންސީގެ އެތެރޭގެ އިންތިޚާބު ހޮނިހިރު ދުވަހު: 2،500 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެ

ޕީއެންސީގެ އެތެރޭގެ އިންތިޚާބު ހޮނިހިރު ދުވަހު: 2،500 އަށްވުރެ ގިނަ ކެންޑިޑޭޓުން

21 ދުވަސް ކުރިން - 21:23

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

41 ދުވަސް ކުރިން - 00:49