މާލޭގެ ގެޔެއްގެ ތެރެއިން މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.
އެކަމާ ބެހޭ ގޮތުން މައުލޫމާތު ދެމުން ފުލުހުން ބުނީ މާލެ، މާފަންނުގެ ގެޔަކުން މަރުވެފައި އޮއްވާ ފެނުނީ ސ.ހުޅުދޫ ، 54 އަހަރުގެ މުހައްމަދު ނިޒާރު ކަމަށެވެ. މަރުވެފައި އޮތް މީހާގެ ހަށިގަނޑު ފެނުނު ގެޔަކީ ދަކަންދާ މަގުގައި ހުންނަ ގެޔެކެވެ.
https://web.facebook.com/share/p/16aQKcTREp/
ފުލުހުން ބުނީ މަރުވެފައި އޮތް މީހާ ފެނިގެން ފުލުހުންނަށް މައްސަލަ ރިޕޯޓު ކުރީ މިއަދު 13:00 ޖެހިއިރު ކަމަށެވެ.
މުހައްމަދު ނިޒާރު ނިޔާވުމުގައި އެހެންމީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.









