Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެސްޓީއޯގެ ފައިދާ ކުޑަކޮށްގެން ނަމަވެސް ތެލުގެ އަގު ހިފަހައްޓާނެ: މިނިސްޓަރު ޒަމީރު

އެސްޓީއޯގެ ފައިދާ ކުޑަކޮށްގެން ނަމަވެސް ތެލުގެ އަގު ހިފަހައްޓާނެ: މިނިސްޓަރު ޒަމީރު

މުހައްމަދު ޖަމްޝަތު
181 ދުވަސް ކުރިން - 12 މާޗް 2026 17:54
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު---ފޮޓޯ: ރައީސް އޮފީސއ
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު---ފޮޓޯ: ރައީސް އޮފީސއ
ޚުލާސާ

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެއަށް ބޭނުންވާ ތެޔޮ އުފުލުމުގެ ގާބިލުކަން މިހާރު ވަނީ އިތުރުވެފަ. އަދި ރާއްޖެއަށް ތެޔޮ ލިބުމުގައި އެއްވެސް ހުރަހެއް ކުރިމަތިވެފައި ނުވާކަމަށް

ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)ގެ ފައިދާ ކުޑަކޮށްގެން ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނަސް ރާއްޖޭގައި ތެލުގެ އަގު މަތިވިޔަ ނުދީ ހިފަހައްޓާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދެއްވައިފިއެވެ.

ބައިނަލްއަގުވާމީ ގޮތުން ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ހައްލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ތެލުގެ ބާޒާރުގައި ހާލަތު ގޯސްވި ނަމަވެސް ރާއްޖޭގައި އެކަން ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ. އަދި މިހާރު ތެލުގެ އަގަށް ގެނެސްފައިވާ ބަދަލަކީ ކަންކަން ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު ގެނައި ބަދަލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެއަށް ބޭނުންވާ ތެޔޮ ރައްކާކުރުމާއި އުފުލުމުގެ ގާބިލުކަން މިހާރު ވަނީ އިތުރުވެފައެވެ.

Advertisement

Advertisement 1

"މިއަހަރު ފެށުނުއިރު އެސްޓީއޯއިން 24,500 މެޓްރިކް ޓަނުގެ އާ ބޯޓެއް އޮތީ ގަނެފަ. އެއާއެކު އަޅުގަނޑުމެންނަށް ބޭނުންވާ ތެޔޮ އަބަދުވެސް ޓްރާންސިޓްކޮށް އެބަ ލިބޭ. އަދި 22,000 މެޓްރިކް ޓަނުގެ ބޯޓެއް ވެސް އޮންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިތުރަށް ބޮޑުވާނަމަ، ސަރުކާރުގެ ވިސްނުމަކީ އެސްޓީއޯއަށް ލިބޭ ފައިދާއިން ބައެއް އުނިކޮށްގެން ނަމަވެސް ރައްޔިތުންނަށް ފޯރުކޮށްދޭ ތެލުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމެވެ. މިނިސްޓަރު ވިދާޅުވީ ބައިނަލްއަގުވާމީ މާކެޓަށް އައި ބަދަލާ އަޅާބަލާއިރު ރާއްޖޭގައި ތެލުގެ އަގަށް އައީ ވަރަށް ކުޑަ ބަދަލެއް ކަމަށާއި، އެއީ ވަރަށް ބޮޑަށް ބަލައިގެން ކުރާ ކަމެއް ކަމަށެވެ.

"އިތުރަށް އަގު ބޮޑުވާނަމަ، އެސްޓީއޯގެ ފައިދާއިން ބައެއް ސަބްސިޑައިޒްކޮށް އެބްޒޯބް ކުރެވޭނެ ގޮތަށް ދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ތެޔޮ ލިބުމުގެ ދަތިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ، މިހާތަނަށް ރާއްޖެއަށް ތެޔޮ ލިބުމުގައި އެއްވެސް ހުރަހެއް ކުރިމަތިވެފައި ނުވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ތެޔޮ ގެންނަ ތާވަލާ އެއްގޮތަށް މެދުކެނޑުމެއް ނެތި ތެޔޮ ލިބެމުންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ނިންމާލަމުން މިނިސްޓަރު ފާހަގަކުރެއްވީ، ސަރުކާރުން މިހާރުވެސް ތެލަށް ބޮޑު ސަބްސިޑީއެއް ދެމުންދާ ކަމަށެވެ. ނަމަވެސް ބާޒާރުގެ އަގުތައް އަތްނުފޯރާ ފަށަށް އުފުލިއްޖެ ހާލަތެއްގައި، އެސްޓީއޯގެ ފައިދާއިން އެ ހަރަދުތައް ހަމަޖައްސައިގެން ވިޔަސް އަގުތައް ކޮންޓްރޯލް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މޫސާ ޒަމީރުއެސްޓީއޯތެލުގެ ބާޒާރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްޓީއޯގެ ބޯޑު މެންބަރުކަމުން ދާނިޝް މުހައްމަދު އަމީން އިސްތިއުފާ ދެއްވައިފި

އެސްޓީއޯގެ ބޯޑު މެންބަރުކަމުން ދާނިޝް މުހައްމަދު އަމީން އިސްތިއުފާ ދެއްވައިފި

8 ދުވަސް ކުރިން - 15:54

ރާއްޖެއިން ބިސް ހުސްވެ ކޮންޓްރޯލް ކުރާކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް، ދަތިކަމެއް ނެތި ބިސް ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފި

ދަތިކަމެއް ނެތި ބިސް ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފި

13 ދުވަސް ކުރިން - 14:05

އެސްޓީއޯ ހެލްތް ކެއަރ އިން ޕޯޓަބަލް ސްކޭން މޮޑަލްތަކެއް ތައާރަފް ކޮށްފި

އެސްޓީއޯ ހެލްތ ކެއަރއިން ސްކޭން މޮޑެލްތަކެއް ތައާރަފް ކޮށްފި

20 ދުވަސް ކުރިން - 12:23

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީ އާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީއާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

23 ދުވަސް ކުރިން - 21:15

ބޯޓުފަހަރުގެ ޗާޓަރު އަގު އިންތިހާއަށް އުފުލުނަސް، ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ހުރަހެއް ނެތް! އަގުވެސް ހެޔޮ!

ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ހުރަހެއް ނެތް! އަގުވެސް ހެޔޮ!

29 ދުވަސް ކުރިން - 10:46

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

89 ދުވަސް ކުރިން - 13:57