އެމެރިކާ އާއި އިޒުރޭލުން އީރާނަށް ވައިގެ ހަމަލާ ދޭން ފެށި ފަހުން މިހާތަނަށް އީރާނުގެ 21,720 ޢިމާރާތަށް ގެއްލުން ލިބިފައިވާ ކަމަށް އީރާނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ބުނެފިއެވެ.
އެ ޖަމިއްޔާއިން ބުނާ ގޮތުގައި ހަލާކުވެފައިވާ ތަންތަނުގެ ތެރޭގައި ސްކޫލްތަކާއި ބޭސް ފިހާރަތަކުގެ އިތުރުން 17,353 ގެ ވެސް ހިމެނެއެވެ. 4,112 ފިހާރަ ހިމެނެއެވެ.
މި ހަނގުރާމައިގައި އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެތައް ސަތޭކަ އާންމުން މަރުވެ އެތައް ހާސް ބަޔަކު ޒަޚަމް ވެފައި ވާއިރު، އަންހެން ކުދިންގެ ސްކޫލަކަށް ދިން ހަމަލާ އެއްގައި އެކަނި ވެސް 160 އަށް ވުރެ ގިނަ ކުދިން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މީގެ އިތުރުން އީރާނުން ވަނީ އިސްރާއީލާއި އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.










