Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ވީއައިއޭއިން ޑޮލަރު ފޭރުން: ފައިސާގެ ޖުމްލަ އަދަދު 1.9 މިލިއަންް ރުފިޔާއަށްވުރެ ގިނަ

ވީއައިއޭއިން ޑޮލަރު ފޭރުން: ފައިސާގެ ޖުމްލަ އަދަދު 1.9 މިލިއަންް ރުފިޔާއަށްވުރެ ގިނަ

މުހައްމަދު ޖަމްޝަތު
91 ދުވަސް ކުރިން - 11 މާޗް 2026 22:15
އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލައިގައި ހައްޔަރު ކުރި މީހުން---ފޮޓޯ:ޕޮލިސް
އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލައިގައި ހައްޔަރު ކުރި މީހުން---ފޮޓޯ:ޕޮލިސް
ޚުލާސާ

މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ހިނގި މިހާދިސާގައި ފޭރުނު ޑޮލަރުތައް އަދިވެސް ހޯދިފައެއް ނުވޭ. ޕީޖީން ކުރި ދައުވާގައި ބީއެމްއެލްއަށް ލިބުނު ގެއްލުން އެމީހުންގެ އަތުން ނަގައިދިނުމަށް އެދިފައިވޭ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ އަހަރު ފޭރިގަތް ފައިސާގެ ޖުމްލަ އަދަދު 1.9 މިލިއަން ރުފިޔާއަށްވުރެ ގިނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

ޕީޖީ އޮފީހުން މިއަދު ވަނީ މި މައްސަލައިގައި ތުހުމަތުކުރެވޭ އަށް މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވިކަން ހާމަކޮށްފަ އެވެ. 

ޕީޖީ އޮފީހުން ބުނި ގޮތުގައި، މި ފޭރުމުގެ ހާދިސާ ހިނގާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އެކްސްޗޭންޖް ކައުންޓަރަށް ގެންދިއުމަށްޓަކައި ދެ މުވައްޒަފަކު ފައިސާ އަޅާފައިވާ ސޫޓްކޭހެއް ހިފައިގެން އެއާޕޯޓް ޓާމިނަލްގެ ގޭޓް އެކެއްގެ ކުރިމަތީގައި ތިއްބައެވެ. އެ މީހުންނަށް ވަޅިން ބިރުދެއްކުމަށްފަހު ފައިސާ ފޭރިގަނެގެން ގޮސްފައިވަނީ ލޯންޗެއްގައި ކ. ހުރާއަށެވެ. ފުލުހުން ވަނީ ފަހުން އެ ލޯންޗު ހޯދާފައެވެ.

Advertisement

Advertisement 1

ފޭރިގަތް ސޫޓްކޭހުގައި ގިނަ އަދަދެއްގެ ބޭރު ފައިސާ ހުރިކަން ޕީޖީ އޮފީހުން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި 106,120 ޔޫއެސް ޑޮލަރާއި، 4,900 ޔޫރޯއާއި، 1,735 ޕައުންޑާއި، 2,610 ސިންގަޕޯ ޑޮލަރާއި، 1,345 އޮސްޓްރޭލިއަން ޑޮލަރާއި، 510 ސްވިސް ފްރޭންކާއި، 1,515 ކެނޭޑިއަން ޑޮލަރާއި، 334,000 ޖަޕަނީސް ޔެންއާއި، 10,420 ހޮންގްކޮންގް ޑޮލަރާއި، 25,000 އިންޑިއަން ރުޕީސް އަދި 600 ޗައިނީސް ޔުއާން ހިމެނެއެވެ. މީގެ އިތުރުން 23,778 ދިވެހި ރުފިޔާ ވެސް ފޭރިގަތް ތަކެތީގެ ތެރޭގައި ހިމެނެއެވެ. މިފައިސާތައް ޖުމްލަކޮށްލާއިރު 1,915,658.52 ރުފިޔާއަށް އަރައެވެ.

މި މައްސަލައިގައި ތ. ވިލުފުށި، އެހީވާގެ، އަހުމަދު މާޙިދުގެ މައްޗަށް ފޭރުމުގެ ދައުވާގެ އިތުރުން، ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ބިރުދެއްކުމާއި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ ވަނީ އުފުލާފައެވެ. ސ. ހިތަދޫ، ވަށަގުލިމާގެ، ޢަލީ އަފްޒަލްގެ މައްޗަށް ފޭރުމާއި ތޫނު އެއްޗަކުން ބިރުދެއްކުމުގައި ބައިވެރިވުމުގެ ދައުވާ ވަނީ ކޮށްފައެވެ.

މީގެ އިތުރުން ފޭރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ މީހުންނަކީ:

  1. ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު (ގއ. ވިލިނގިލި، ބިނާ)
  2. ޙުސައިން ޝަހުދު (ކ. ގުރައިދޫ، އަޅިވިލާގެ)
  3. މާޒިން މޫސާ (ލ. މާވައް، ރޭޝަމް)
  4. އަޙްމަދު ރައިހާން ނަޢީމް (މ. ކޯރަސް)
  5. އިބްރާހީމް އަނޫފް (ކ. ގުރައިދޫ، އަޅިވިލާގެ)
  6. އިސްމާޢީލް ސިރްހާން (ރ. މަޑުއްވަރި، މީޒާން)

މި މައްސަލައިގެ ތަހުގީގަށްފަހު ޕީޖީ އޮފީހުން މިހާރު ވަނީ މި ހުރިހާ ފަރާތްތަކެއްގެ މައްޗަށް ދައުވާކުރުމަށް ކޯޓަށް ހުށަހަޅާފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

7 ދުވަސް ކުރިން - 17:15

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި "ބްރައިޓް މައިންޑްސް" ގެ ވެރިޔާ, އަފްލާހުގެ މައްޗަށް ދައުވާ އުފުލައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އަފަލާހުގެ މައްޗަށް ދައުވާ އުފުލައިފި

11 ދުވަސް ކުރިން - 17:47

އޮޕަރޭޝަނަލް ދާއިރާއިން ބޮޑެތި ކުރިއެރުންތައް ވީއައިއޭ އިން ހޯދައިފި

އޮޕަރޭޝަނަލް ދާއިރާއިން ބޮޑެތި ކުރިއެރުންތައް ވީއައިއޭއިން ހޯދައިފި

27 ދުވަސް ކުރިން - 08:32

އެއާޕޯޓަށް އާމްދަނީ ވަންނާނެ އިތުރު މަގުތައް ހޯދަނީ: އެމްޑީ ޝަރީފް

އެއާޕޯޓަށް އާމްދަނީ ވަންނާނެ އިތުރު މަގުތައް ހޯދަނީ

27 ދުވަސް ކުރިން - 08:30

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ޕޮޕިއުލާ މޯލްޑިވްސް އަށް ދައުވާކުރަން ފޮނުވައިފި

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަގައި ކުންފުންޏަކަށް ދައުވާކުރަނީ

31 ދުވަސް ކުރިން - 17:52

ވީ.އައި.އޭގެ ފެހިކަމާއި ހިތްފަސޭހަކަން ދެމެހެއްޓުމުގައި އެމްއޭސީއެލްގެ ހޯޓިކަލްޗާ ޓީމުގެ ދައުރު ބޮޑު

"ވީ.އައި.އޭގެ ހިތްފަސޭހަކަން ދެމެހެއްޓުމަށް ހޯޓިކަލްޗާ ޓީމުގެ ދައުރު"

34 ދުވަސް ކުރިން - 20:53