Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެލައިޑުގެ "އައިފޯން ޑްރޮޕް ގިވްއަވޭ" އާ ގުޅުވައިގެން ސްކޭމެއް ހިންގާތީ ސަމާލުވާން އެދިއްޖެ!

އެލައިޑުގެ "އައިފޯން ޑްރޮޕް ގިވްއަވޭ" އާ ގުޅުވައިގެން ސްކޭމެއް ހިންގާތީ ސަމާލުވާން އެދިއްޖެ!

މަރްޔަމް މާޙީ
182 ދުވަސް ކުރިން - 11 މާޗް 2026 21:45
އެލައިޑް އިން އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ އައިފޯން ގިވްއަވޭ- ފޮޓޯ: އެލައިޑް
އެލައިޑް އިން އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ އައިފޯން ގިވްއަވޭ- ފޮޓޯ: އެލައިޑް
ޚުލާސާ

އެލައިޑުން ބުނީ "އެލައިޑް އައިފޯން ޑްރޮޕް ގިވްއަވޭ" އާ ގުޅޭ ހުރިހާ ރަސްމީ މުއާމަލާތްތަކެއް ހިންގާނީ ހަމައެކަނި އެ ކުންފުނީގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް @allied.mv މެދުވެރިކޮށްކަމަށް

އެލައިޑް އިންޝުއަރެންސްގެ ފަރާތުން ކުރިއަށްގެންދާ "އައިފޯން ޑްރޮޕް ގިވްއަވޭ" އާ ގުޅުވައިގެން، ސޯޝަލް މީޑިއާގައި އެކައުންޓުތަކަކުން މަކަރާއި ހީލަތް ހިންގަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.

މިކަމާ ގުޅިގެން އެލައިޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ގިވްއަވޭގެ ބައިވެރިންނަށް ގޫގުލް ފޯމެއް ފުރުމަށް އެދި ތަފާތު އެކައުންޓުތަކުން މެސެޖު ކުރަމުންދާކަން އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް، މި ގިވްއަވޭގެ ބައިވެރިންނަށް އެލައިޑް އިންޝުއަރެންސްގެ ފަރާތުން އެއްވެސް ގޫގުލް ފޯމެއް ނުވަތަ ބޭރުގެ އެއްވެސް ލިންކެއް ފޮނުވާފައި ނުވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.

އެހެންކަމުން، ރަސްމީ ނޫން ލިންކުތައް މެދުވެރިކޮށް ޒާތީ މައުލޫމާތު ހިއްސާކުރުމަށް ނުވަތަ ފޯމު ފުރުމަށް އެދި ފޮނުވާ މެސެޖުތަކަކީ އެލައިޑް އިންޝުއަރެންސްއާ އެއްވެސް ގުޅުމެއް ހުރި މެސެޖުތަކެއް ނޫން ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެފަދަ އެކައުންޓުތަކުން ފޮނުވާ އެއްވެސް ފޯމެއް ނުފުރުމަށާއި، އެއްވެސް ޒާތީ މަައުލޫމާތެއް ހިއްސާ ނުކުރުމަށް ބައިވެރިންނަށް ވަނީ ނަސޭހަތްތެރިވެފައެވެ.

Advertisement

Advertisement 1

އެލައިޑުން ބުނި ގޮތުގައި "އެލައިޑް އައިފޯން ޑްރޮޕް ގިވްއަވޭ" އާ ގުޅޭ ހުރިހާ ރަސްމީ މުއާމަލާތްތަކެއް ހިންގާނީ ހަމައެކަނި އެ ކުންފުނީގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް @allied.mv މެދުވެރިކޮށެވެ.

މި ގިވްއަވޭއާ ގުޅުވައިގެން އެލައިޑްގެ ނަމުގައި އެއްވެސް ޝައްކުކުރެވޭ މެސެޖެއް ލިބިއްޖެނަމަ، އެ މެސެޖަށް އިޖާބަ ނުދެއްވައި، އެ އެކައުންޓެއް ރިޕޯޓުކުރުމަށްފަހު، ލަސްނުކޮށް އެކަން އެލައިޑަށް އެންގުމަށްވެސް ވަނީ އެދިފައެވެ.

ކަސްޓަމަރުންގެ ރައްކާތެރިކަމާއި އިތުބާރު ދެމެހެއްޓުމަށް އަބަދުވެސް އެންމެ އިސްކަމެއްދޭ ކަމަށް ބުނަމުން އެލައިޑުން ވަނީ، އޮންލައިންކޮށް ހިންގާ މިފަދަ މަކަރާއި ހީލަތުގެ އަމަލުތަކަށް ސަމާލުވެ ތިއްބެވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

މިކަމާ ގުޅޭ ސައްހަ މައުލޫމާތާއި އަޕްޑޭޓްތައް ހޯއްދެވުމަށް އެލައިޑްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް ފޮލޯ ކުރުމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެލައިޑް އިންޝިއުރަންސްސްކޭމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

އެޕާޓްމަންޓް ސްކޭމްތަކަށް ސަމާލުވާން އިލްތިމާސްކޮށްފި

1 ދުވަސް ކުރިން - 10:48

މިދިޔަ ޖުލައި މަހު 180 ސްކޭމް މައްސަލަ!

މިދިޔަ މަހު 180 ސްކޭމް މައްސަލަ!

35 ދުވަސް ކުރިން - 12:31

ހައްޖާއި އުމްރާގެ މަކަރާއި ހީލަތުން މުސްލިމުން ރައްކާތެރިކުރުމަށް ނިއުޔޯކް ސިޓީން ބިލެއް ފާސްކޮށްފި

މަކަރާއި ޙީލަތުން މުސްލިމުން ރައްކާތެރިކުރުމަށް ބިލެއް ފާސްކޮށްފި

107 ދުވަސް ކުރިން - 15:20

ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ ކްރިޕްޓޯ ކަރަންސީއަކީ ބޮޑު ސްކޭމެއް؟

ނަޝީދު ބައިވެރިވެވަޑައިގަންނަވާ ކްރިޕްޓޯ ކަރަންސީއަކީ ބޮޑު ސްކޭމެއް؟

123 ދުވަސް ކުރިން - 20:12

ސްކޭމްތައް ހުއްޓުވުމަށް ދިވެހި ފުލުހުން ބައިވެރިވާ ބައިނަލްއަގުވާމީ ބޮޑު އޮޕަރޭޝަނެއް ފަށައިފި

ސްކޭމްތައް ހުއްޓުވުމަށް ފުލުހުންގެ އޮޕަރޭޝަނެއް

182 ދުވަސް ކުރިން - 21:17

ބަލި މީހުންގެ ނަމުގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމުން މުހިންމު:ފުލުހުން

ބަލި މީހުންގެ ނަމުގައި ހިންގާ ސްކޭމްތަކަށް ސަމާލުވޭ

183 ދުވަސް ކުރިން - 12:44