Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސްކޭމް ނެޓްވޯކްތައް ނައްތާލަން ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތްކުރަނީ

ސްކޭމް ނެޓްވޯކްތައް ނައްތާލަން ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތްކުރަނީ

ފާތިމަތު އަނަން މުހައްމަދު
12 ގަޑިއިރު ކުރިން - 24 ސެޕްޓެންބަރު 2026 16:22
ޝަހީދު ހުސައިން އާދަމް ބިލްޑިން | ފޮޓޯ: ޚުލާސާ
ޝަހީދު ހުސައިން އާދަމް ބިލްޑިން | ފޮޓޯ: ޚުލާސާ
ޚުލާސާ

800 އަށްވުރެ ގިނަ އެކައުންޓް ފްރީޒްކޮށް، މި ވިއުގަތަކުގައި ހަރަކާތްތެރިވާ 53 މީހަކު ހައްޔަރުކޮށްފައިވާއިރު، އެކައުންޓް ކުއްޔަށްދޭ ފަރާތްތަކުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާނެ. އަދި އަތޮޅުތަކުގެ ރަށްރަށަށް ގޮސްގެން ގެއިން ގެއަށް ޒިޔާރަތްކޮށް ހާއްސަ މައުލޫމާތު ސެޝަންތައް ވަނީ ހިންގާފަ.

ރާއްޖޭގައި މަކަރާއި ހީލާތުން ހިންގާ ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށްޓަކައި ގައުމީ ފެންވަރުގައާއި ބައިނަލްއަގްވާމީ ފެންވަރުގައި ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސްކޭމް މަދުކުރުމަށް ކުރެވޭ މަސައްކަތްތަކާއި ހިންގާފައިވާ އޮޕަރޭޝަންތަކުގެ ތަފުސީލު ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ހާމަކުރިގޮތުގައި، ސްކޭމްގެ މައްސަލަތަކާ ގުޅިގެން މިހާތަނަށް 283 އެކައުންޓެއް 48 ގަޑިއިރު ތެރޭގައި ފްރީޒްކޮށްފައިވާއިރު، ކޯޓު އަމުރާއެކު އިތުރު 535 އެކައުންޓެއް ވަނީ 3 މަސްދުވަހަށް ފްރީޒްކޮށްފައެވެ.

މީގެ އިތުރުން، ޒިންމާދާރުކަން ކުޑަގޮތަކަށް އަމިއްލަ ބޭންކު އެކައުންޓްތައް އެހެން ފަރާތްތަކަށް ކުއްޔަށްދޭ ނުވަތަ ބޭނުންކުރަންދޭ ފަރާތްތަކާ މެދު ޕީޖީ އޮފީހާ ގުޅިގެން މަނީ ލޯންޑަރިންގެ ދައުވާ އުފުލާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި ވިއުގަތަކުގައި ހަރަކާތްތެރިވާ 53 ފަރާތެއް ހައްޔަރުކޮށް، 25 މައްސަލައެއް ޕްސެކިއުޓްކޮށްފައިވާއިރު، ދައުވާ ކުރެވުނު 4 ފަރާތަކަށް މިހާރު ވަނީ ހުކުމްކޮށްފައެވެ.

Advertisement

Advertisement 1

ސްކޭމް ނެޓްވޯކްތައް ނައްތާލުމަށް ބޭރުގެ މުއައްސަސާތަކާ ގުޅިގެން މުހިންމު އޮޕަރޭޝަންތަކެއްވެސް ވަނީ ހިންގާފައެވެ. އެގޮތުން، މޭ މަހުގެ 17 ވަނަ ދުވަހު ރާއްޖޭގައި 'ފްރޮންޓިއަރ އޮޕަރޭޝަން 3' ގެ ކޮންކްލޫޝަން ބާއްވާފައިވާއިރު، ޖުލައި 1 އިން ފެށިގެން 30 ގައުމު ގުޅިގެން އަބޫދާބީ ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނެއް މި މަހުގެ 30 ވަނަ ދުވަހު ނިމޭނެއެވެ. މި އޮޕަރޭޝަންގެ ތެރެއިން އިންސްޓަގްރާމް، ޓިކްޓޮކް އަދި މާކެޓްޕްލޭސްތައް މެދުވެރިކޮށް ހިންގާ ސްކޭމްތައް މަދުކުރުމަށް ދުރާލާ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.

ކުށުން ސަލާމަތްވުމަށް އެންމެ އިސްކަމެއްދެނީ ހޭލުންތެރިކުރުމަށް ކަމަށް ފުލުހުން ފާހަގަކުރިއެވެ. އެގޮތުން ސޯޝަލް މީޑީއާގައި 7,000 އަށްވުރެ ގިނަ އެވެއަރނަސް މެޓީރިއަލް ހިއްސާކޮށް، ރ. އަތޮޅާއި ގދ. އަތޮޅުގެ ރަށްރަށަށް ގޮސް ގެއިން ގެއަށް ޒިޔާރަތްކޮށް ޖުމްލަ 34 ސެޝަން ވަނީ ހިންގާފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްސްކޭމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތިން މިނިސްޓްރީގައި އަލިފާން ރޯވި ހާދިސާ ދެނެގަތުމަށް އެންމެ ބޮޑު ހުރަހަކަށްވީ ކަރަންޓު ވަޔަރިންގެ މަސައްކަތްކޮށްފައިވާ ގޮތް: ޕޮލިސް

"ރޯވި ސަރަހައްދު ދެނެގަތުމަށް އެންމެ ބޮޑު ހުރަހަކަށްވީ ކަރަންޓު ވަޔަރިންގ"

7 ގަޑިއިރު ކުރިން - 20:51

ސްކޭމް ހުއްޓުވުމުގައި ރާއްޖޭގެ ނަތީޖާއަކީ މުޅި ދުނިޔެއަށްވެސް ނަމޫނާއެއް: ފުލުހުން

ސްކޭމް ހުއްޓުވުމުގައި ރާއްޖޭގެ ނަތީޖާއަކީ މުޅި ދުނިޔެއަށްވެސް ނަމޫނާއެއް

12 ގަޑިއިރު ކުރިން - 16:21

އެންމެ ގިނަ ސްކޭމް ހިންގަނީ އޮންލައިން ވިޔަފާރިއާއި ފައިސާ ބަދަލުކުރުމުގެ މުއާމަލާތްތަކުން: ފުލުހުން

އެންމެ ގިނަ ސްކޭމް ހިންގަނީ އޮންލައިން ވިޔަފާރިއާއި ފައިސާ ބަދަލުކުރުމުގެ މުއާމަލާތްތަކުން

12 ގަޑިއިރު ކުރިން - 16:20

ސިނަމާލެ ބްރިޖުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ބްރިޖް އެކްސިޑެންޓްގެ މައްސަލާގަ މީހަކު ހައްޔަރުކޮށްފި

17 ގަޑިއިރު ކުރިން - 10:36

ނިމުނު ހަފްތާގައި 3.5 ލައްކައަށްވުރެ ގިނަ ރުފިޔާގެ ސްކޭމް ރިޕޯޓްކޮށްފި: އެންމެ ގިނައީ އޮންލައިން ވިޔަފާރިތަކާ ގުޅޭ މައްސަލަތައް

ނިމުނު ހަފްތާގައި 3.5 ލައްކައަށްވުރެ ގިނަ ރުފިޔާގެ ސްކޭމް ރިޕޯޓްކޮށްފި

2 ދުވަސް ކުރިން - 13:25

އަމާން އުދަރެސް އެޕާޓްމަންޓުން 156 ވޭޕް ކާޓްރިޖާއި ގިނަ އަދަދެއްގެ ފައިސާ އަތުލައިގެންފި!

156 ވޭޕް ކާޓްރިޖާއި ގިނަ އަދަދެއްގެ ފައިސާ އަތުލައިގެންފި!

2 ދުވަސް ކުރިން - 12:15