Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ފުލެޓަށް ހުށަހެޅުމުގެ ޝަރުތުތަކަށް ބަދަލުތަކެއް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ފުލެޓަށް ހުށަހެޅުމުގެ ޝަރުތުތަކަށް ބަދަލުތަކެއް

މުހައްމަދު ޖަމްޝަތު
171 ދުވަސް ކުރިން - 11 މާޗް 2026 21:41
ހައުސިން މިނިސްޓްރީގެ މުވައްޒަފުން ބޯހިޔާވަހިކަމުގެ ސްކީމާ ގުޅޭ މައުލޫމާތު އާއްމުންނަށް ފޯރުކޮށްދެނީ---ފޮޓޯ: ހައުސިން މިނިސްޓްރީ
ހައުސިން މިނިސްޓްރީގެ މުވައްޒަފުން ބޯހިޔާވަހިކަމުގެ ސްކީމާ ގުޅޭ މައުލޫމާތު އާއްމުންނަށް ފޯރުކޮށްދެނީ---ފޮޓޯ: ހައުސިން މިނިސްޓްރީ
ޚުލާސާ

މި އިސްލާހާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަކިން އެޕްލިކޭޝަން ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ އިސްކަންދޭ ކެޓަގަރީގެ ޝަރުތުތަކަށް ބަދަލުތަކެއް ގެނެސްފި އެވެ. 

މި ބަދަލަކީ 28 ޑިސެންބަރު 2025 ގައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު" އަށް ގެނެވުނު ފުރަތަމަ އިސްލާހުގެ ދަށުން ގެނެވުނު ބަދަލެކެވެ. މި އިސްލާހާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަކިން އެޕްލިކޭޝަން ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައި، އެ ކެޓަގަރީއަށް ޕޮއިންޓު ދޭނެ އުސޫލުތަކާއި ހައުސިން ޔުނިޓުތައް ކަނޑައަޅާނެ ގޮތްތައް މިހާރު ވަނީ ބަޔާންކޮށްފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ފުލެޓަށް އެދި ހުށަހަޅާއިރު، މީގެ ކުރިން ކަނޑައަޅާފައިވާ މުއްދަތުތައް އެ ފަރާތްތަކުގެ މައްޗަކަށް ނުހިނގާނެ ގޮތަށްވެސް އުސޫލަށް ވަނީ ބަދަލު ގެނަސްފައެވެ. އެއީ، މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ، މަދުވެގެން 1 އަހަރު ދުވަސް އަދި މާލޭގައި ދިރިއުޅޭ އެހެން ރަށެއްގެ ރަށްވެއްސެއް ނަމަ، މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައި ވާންޖެހޭނެ ކަމަށް މީގެ ކުރިން ކަނޑައަޅާފައިވާ ޝަރުތެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުރި ފަރާތް ނުވަތަ އެ ފަރާތުގެ އާއިލާގެ މާލީ ހާލަތު ހުރިގޮތުން ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތުމާއެކު، އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރި ކަމަށް، އެ ފަރާތަކުން ދިރިއުޅެމުންދާ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން ގްރޭޓާ މާލެ ސަރަހައްދުން ވޭތުވެދިޔަ 1 އަހަރު ފަރުވާ ހޯދައިފައިވާ ފަރާތަކަށް ނުވަތަ މާލޭ ސަރަހައްދުގައި ދިރިއުޅޭތާ މެދުނުކެނޑި 5 އަހަރު ވެފައިވާ މީހަކަށް ވާންޖެހޭނެއެވެ.

ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ 24 މާޗު 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެންނެވެ. މި ފުރުސަތު 30 އެޕްރީލު 2026 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް އޮންނާނެ ކަމަށް ސަރުކާރުން މައުލޫމާތު ދެއެވެ.

ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ސަރުކާރުގެ ބޯހިޔާވަހިކަން ޕޯޓަލް https://boahiyaavahikan.housing.gov.mv މެދުވެރިކޮށެވެ. ފުލެޓަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން މަރުހަލާގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފުސީލު ހައުސިން މިނިސްޓްރީން ވަނީ ގެޒެޓުކޮށްފަ އެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީގެ ހޮޓްލައިން ނަންބަރުތައް ކަމަށްވާ 4004860 އިން ފެށިގެން 4004865 އާ ދެމެދުގެ ނަންބަރުތަކަށް ގުޅުއްވުމަށް މިނިސްޓްރީން އެދެއެވެ. މީގެ އިތުރުން hotline@infrastructure.gov.mv އަށް އީމެއިލް ކޮށްގެންވެސް މައުލޫމާތު ހޯދޭނެއެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްއެންމެނަށް ބޯހިޔާވަހިކަން ސްކީމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

4 ދުވަސް ކުރިން - 12:38

އަނެއްކާވެސް ރެކޯޑެއް! 716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ؛ ދެން ކިޔާނީ ކީކޭބާ؟

716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ

5 ދުވަސް ކުރިން - 23:03

"ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތަށް ފޯމު ހުށަހަޅާ ޕޯޓަލްއަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ: ސްޓޭޓް މިނިސްޓަރު ނާޒިމް

"ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތަށް ފޯމު ހުށަހަޅާ ޕޯޓަލްއަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ!

6 ދުވަސް ކުރިން - 12:03

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ފެށިގެން ޕޯޓަލް މެދުވެރިކޮށް ލިބޭނެ

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ލިބޭނެ

7 ދުވަސް ކުރިން - 13:47

ހުސައިން އާދަމް ބިލްޑިންއާ ދިމާ އެއްގަމުތޮއްޓަށް އާންމު އުޅަނދު ކައިރިކުރުން މަނާ!

ހުސައިން އާދަމް ބިލްޑިންއާ ދިމާ އެއްގަމުތޮއްޓަށް އާންމު އުޅަނދު ކައިރިކުރުން މަނާ!

25 ދުވަސް ކުރިން - 00:38

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

34 ދުވަސް ކުރިން - 13:55