Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސްކޭމްތައް ހުއްޓުވުމަށް ދިވެހި ފުލުހުން ބައިވެރިވާ ބައިނަލްއަގުވާމީ ބޮޑު އޮޕަރޭޝަނެއް ފަށައިފި

ސްކޭމްތައް ހުއްޓުވުމަށް ދިވެހި ފުލުހުން ބައިވެރިވާ ބައިނަލްއަގުވާމީ ބޮޑު އޮޕަރޭޝަނެއް ފަށައިފި

މަރްޔަމް މާޙީ
91 ދުވަސް ކުރިން - 11 މާޗް 2026 21:17
ދިވެހި ފުލުހުން. ސްކޭމްތައް ހުއްޓުވުމަށް ދިވެހި ފުލުހުން ބައިވެރިވާ ބައިނަލްއަގުވާމީ ބޮޑު އޮޕަރޭޝަނެއް ވަނީ ފަށައިފަ--- ފޮޓޯ: ޕޮލިސް
ދިވެހި ފުލުހުން. ސްކޭމްތައް ހުއްޓުވުމަށް ދިވެހި ފުލުހުން ބައިވެރިވާ ބައިނަލްއަގުވާމީ ބޮޑު އޮޕަރޭޝަނެއް ވަނީ ފަށައިފަ--- ފޮޓޯ: ޕޮލިސް
ޚުލާސާ

މި އޮޕަރޭޝަނަކީ ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާއި މާލީ ކުށްތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގޭ ތިންވަނަ ބޮޑު އޮޕަރޭޝަނެއް

ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށްޓަކައި ދުނިޔޭގެ އެކި ގައުމުތަކުގެ ނޭޝަނަލް އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން ހިންގާ ބައިނަލްއަގުވާމީ ބޮޑު ހަރަކާތް ކަމަށްވާ "އޮޕަރޭޝަން ފްރޮންޓިއާ+3" ރަސްމީކޮށް ފަށައިފިއެވެ.

މި އޮޕަރޭޝަނަކީ ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާއި މާލީ ކުށްތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގޭ ތިންވަނަ ބޮޑު އޮޕަރޭޝަނެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދާ "ފްރޮންޓިއާ+ އެލަޔަންސް" ގައި ރާއްޖެ ހިމެނޭހެން ޖުމުލަ 13 ގައުމެއް ބައިވެރިވެއެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ، ބްރޫނާއީ، ކެނެޑާ، ހޮންގް ކޮންގް، އިންޑޮނޭޝިއާ، ސައުތު އެފްރިކާ، މަކާއޯ، މެލޭޝިއާ، ދުބާއީ، ސިންގަޕޫރު، ސައުތު ކޮރެއާ އަދި ތައިލޭންޑް ހިމެނެއެވެ.

Advertisement

Advertisement 1

މި އެލަޔަންސްގެ މައިގަނޑު ބޭނުމަކީ ޓްރާންސްނޭޝަނަލް ސްކޭމްތައް ހުއްޓުވުމަށްޓަކައި ތަންފީޒީ އިދާރާތައް ގުޅިގެން މަސައްކަތް ކުރުމެވެ.

މި އޮޕަރޭޝަންގެ މަސައްކަތްތައް މައިގަނޑު ހަތަރު އަސާސެއްގެ މައްޗަށް ބިނާވެފައިވެއެވެ. އެއީ:

  1. ވަގުތުން ފިޔަވަޅު އެޅުން: ޝައްކުކުރެވޭ ބޭންކު އެކައުންޓްތަކާއި 'މަނީ މިއުލްސް' ދެނެގަނެ ފައިސާގެ މުއާމަލާތްތައް ވަގުތުން ހުއްޓުވުން.
  2. އިންޓެލިޖެންސް ހިއްސާކުރުން: އަލަށް އުފެދޭ ސްކޭމް އުކުޅުތަކާއި ނެޓްވޯކްތަކުގެ މައުލޫމާތު ރިއަލް ޓައިމްކޮށް ގައުމުތަކުގެ މެދުގައި ބަދަލުކުރުން.
  3. ޑޭޓާގެ އަލީގައި މަސައްކަތްކުރުން: ސްކޭމްތަކުގެ ފަރުމާ ދެނެގަނެ، ކުށްވެރިންގެ އުކުޅުތައް ދިރާސާކޮށް ފައިސާ އަނބުރާ ހޯދޭނެ މަގުތައް ފަހިކުރުން.
  4. ބައިނަލްއަގުވާމީ އެއްބާރުލުން: ބޯޑަރު ހުރަސްކޮށް ހިންގޭ ތަހުގީގުތައް ހަރުދަނާކޮށް ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުން.

މި އޮޕަރޭޝަންގެ ތެރެއިން އިންވެސްޓްމަންޓް ސްކޭމް، ރޮމޭންސް ސްކޭމް، އީ-ކޮމާސް، ޖޮބް ސްކޭމް، ލޯން ސްކޭމް، ފިޝިން އަދި ސަރުކާރުގެ އިދާރާތަކުގެ ނަމުގައި ހިންގާ ސްކޭމްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ ނިންމާފައެވެ.

މި އަހަރުގެ މާރިޗު 10 އިން މެއި 7 އަށް ކުރިއަށްދާ މި އޮޕަރޭޝަންގެ ނަތީޖާ މެއި 13 ގައި ހުށަހެޅުމަށް ހަމަޖެހިފައިވާއިރު، އެންމެ މުހިންމު ހަރަކާތް ކަމަށްވާ ބައިނަލްއަގުވާމީ ޕްރެސް ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި 20 ވަނަ ދުވަހު ދިވެހިރާއްޖޭގައެވެ.

މި ބްރީފިންގައި އެލަޔަންސްގެ ހުރިހާ ގައުމުތަކުން ހޯދި ކާމިޔާބީތަކާއި، ހައްޔަރުކުރެވުނު މީހުންނާއި ފްރީޒްކުރެވުނު ފައިސާގެ ތަފާސްހިސާބުތައް ހާމަކުރާނެއެވެ.

މިދިޔަ އަހަރުގެ އޮޕަރޭޝަންގައި ދިވެހި ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ވަނީ ރާއްޖެއިން ގެއްލުނު ފައިސާ އަނބުރާ ހޯދުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްސްކޭމް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

7 ގަޑިއިރު ކުރިން - 13:11

އޮޕަރޭޝަނެއްގައި އުޅުއްވަނިކޮށް ފުލުހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ

އޮޕަރޭޝަނެއްގައި އުޅުއްވަނިކޮށް ފުލުހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ

10 ގަޑިއިރު ކުރިން - 10:10

ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

3 ދުވަސް ކުރިން - 17:20

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

8 ދުވަސް ކުރިން - 07:07

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

9 ދުވަސް ކުރިން - 09:50

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

10 ދުވަސް ކުރިން - 01:55