އީރާނުން މޮސާޑުގެ އެންމެ އިސް ވެރިޔާ ޑޭވިޑް ބާނޭއާ މަރާލައިފި ކަމަށް ވަރަށް ގިނަ މަސްދަރުތަކުން ބުނަން ފަށައިފިއެވެ. އީރާނުގެ އިތުރުން މެދުއިރުމައްޗާއި ޗައިނާގެ ބައެއް މަސްދަރުތަކުން ވެސް ބުނަނީ އޭނާ މަރުވީ އީރާނުން ދިން ވަރުގަދަ މިސައިލް ޙަމަލާގައި ކަމަށެވެ. ނަމަވެސް މިކަން ބައިނަލް އަޤްވާމީ އެއްވެސް މަސްދަރަކުން ކަށަވަރު ކޮށްފައި ނުވެއެވެ.
ޗައިނާގެ މަސްދަރަކުން މިއަދު ވަނީ މެދުއިރުމަތީގެ މަސްދަރަކުން ބްރޯޑްކާސްޓް ކޮށްފައިވާ ވީޑިއޯ އެއްވެސް ސޯޝަލްމީޑިއާގައި ހިއްސާ ކޮށްފައެވެ. އޭގައި ފެންނަނީ އިމަޖެންސީ ސާވިސްގެ ބަޔަކު ސްޓެރަޗަރުގައި މީހަކު ގެންދާ މަންޒަރެވެ. ޗައިނާ މަސްދަރުން ބުނީ އޭގައި ވަނީ މޮސާޑުގެ އިސް ވެރިޔާ ކަމަށާއި އޭނާ އަށް ލިބިފައިވާ އަނިޔާތަކުގެ ސަބަަބުން އެއީ ކާކު ކަމެއް ވެސް ރަނގަޅަށް ވަކި ނުވާ ކަމަށެވެ.
މޮސާޑުގެ ޑައިރެކްޓަރާއި އަދިވެސް އިތުރު މުހިއްމު މޫނުތަކެއް މީޑިއާ އަށް ނުފެންނަތާ މިހާރު ހަތަރުދުވަސް ވެއްޖެއެވެ. އޭގެތެރޭގައި މީނާ އާއި، ޒަޔަނިސްޓް ޑިފެންސް މިނިސްޓަރު ވެސް ހިމެނެއެވެ.
އަނެއްކޮޅުން އީރާނުން ބުނަނީ ތިމަންނާމެން ދިން ޙަމަލާ ތަލުގެ ސަބަބުން ނަތަންޔާހޫ އާއި މޮސާޑުގެ ވެރިޔާ މަރުވެ ނުވަތަ ވަރަށް ބޮޑަށް ޒަޚަމް ވެފައިވާ ކަމަށެވެ.










