Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ނޯތު ހާބަރުން އުޅަނދުފަހަރަށް ޖާގަ ދިނުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި

ނޯތު ހާބަރުން އުޅަނދުފަހަރަށް ޖާގަ ދިނުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި

މުހައްމަދު ޖަމްޝަތު
91 ދުވަސް ކުރިން - 11 މާޗް 2026 14:18
ނޯތު ހާބަރު އޭ ޒޯން--- ފޮޓޯ: ޕޯޓްސް ލިމިޓެޑް
ނޯތު ހާބަރު އޭ ޒޯން--- ފޮޓޯ: ޕޯޓްސް ލިމިޓެޑް
ޚުލާސާ

މި އާ އުސޫލަށް އަމަލުކުރަން ފަށާނީ މި މަހުގެ 14 ވަނަ ދުވަހުގެ ހެދުނު 8:00 އިން ފެށިގެން

މާލޭ ނޯތު ހާބަރުން އުޅަނދުފަހަރަށް ޖާގަ ދިނުމުގައި ގެންގުޅެމުން އައި އުސޫލަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.

އެމްޕީއެލް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އާ އުސޫލަށް އަމަލުކުރަން ފަށާނީ މި މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން ކަމަށެވެ.

އާ އުސޫލުގެ ދަށުން ޖާގަ ދިނުމަށް ހަމަޖެހިފައިވާ ގޮތް

އާ އުސޫލުގައިވާ ގޮތުން، މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުފަހަރު ނޯތު ހާބަރުގެ ކީވޯލަށް ދައްކަންޖެހޭ ފައިސާ ދައްކައި ނިމުމަށްފަހު، ފުރާ ވަގުތުން ފެށިގެން ކޮންމެ ކިޔުއެއްގައި ވެސް ނަން ނޯޓު ކުރެވިދާނެ އެވެ. ކިޔު ތަރުތީބުން ޖާގަ ދިނުމަށް ހާބަރު އޮފީހުން ގުޅުމުން، ދެ ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރި ނުކުރެވިއްޖެނަމަ ނުވަތަ ފޯނަށް ނުގުޅިއްޖެ ހާލަތެއްގައި، އެ އުޅަނދެއް އޭ-ޒޯން އަދި ސީ-ޒޯން ކިޔުއިން ވަގުތީ ގޮތުން "ހޯލްޑް" ކުރެވޭނެ އެވެ.

Advertisement

Advertisement 1

މިގޮތަށް "ހޯލްޑް" ކުރެވޭ އުޅަނދުތައް އަލުން ކިޔުއަށް އިތުރުކުރެވޭނީ، އެ އުޅަނދެއް މާލެ ސަރަހައްދަށް ވަނުމަށްފަހު ނޯތު ހާބަރު އޮފީހަށް ގުޅައި އެކަމަށް އެދުމުންނެވެ. އަދި އަލުން ކިޔުއަށް އިތުރުކުރާ އުޅަނދުތަކަށް ޖާގަ ދިނުމަށް ގުޅާނީ "އަންހޯލްޑް" ކުރިތާ ދެ ގަޑިއިރު ފަހުންނެވެ. މިގޮތަށް ގުޅުމުން ވެސް ޖާގައަށް ކައިރި ނުކުރެވިއްޖެނަމަ، ގިނަވެގެން ތިން ފަހަރު ޖާގަ ފަސްކޮށްދެވޭނެ އެވެ. ނަމަވެސް ހަތަރު ވަނަ ފަހަރު ކިޔުއިން ކެންސަލް ވާނެ ކަމަށް އެމްޕީއެލް އިން ބުނެ އެވެ.

އެކްސްޕްރެސް ކިޔު އާއި އިތުރު އުސޫލުތައް

އޭ-ޒޯން އަދި ސީ-ޒޯންގައި ހޯލްޑް ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އެކްސްޕްރެސް ކިޔުގައި ހޯލްޑް ކުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ. އެކްސްޕްރެސް ކިޔުއިން ޖާގަ ހުސްވެގެން ގުޅުމުން، ކީވޯލަށް ކައިރިކުރުމަށް ލިބޭނީ ހަތަރު ގަޑިއިރުގެ ވަގުތެކެވެ. މި ވަގުތުގެ ތެރޭގައި ކީވޯލަށް ކައިރި ނުކުރެވިއްޖެނަމަ ކިޔުއިން ކެންސަލް ވާނެ އެވެ. މީގެ އިތުރުން، އޭ-ޒޯން އަދި ސީ-ޒޯން ކިޔުއިން ހޯލްޑް ކުރުމަށްފަހު އަންހޯލްޑް ނުކޮށް ބޭއްވޭނީ ގިނަވެގެން ފަސް ދުވަސް ނުވަތަ 120 ގަޑިއިރަށެވެ.

އެމްޕީއެލް އިން އިތުރަށް ބުނީ، ނޯތު ހާބަރުން ފުރުމަށްފަހު ކިޔުގައި ނަން ނޯޓު ކުރުމާއި، ކިޔުއިން ކެންސަލްވުމަށްފަހު އަލުން ނަން ނޯޓުކުރުމަކީ އެ އުޅަނދެއްގެ ޒިންމާއެއް ކަމަށެވެ.

މީގެ އިތުރުން، މާލޭ ލޯކަލް މާރުކޭޓު ކުރިމައްޗަށް ކައިރިކުރާ އުޅަނދުފަހަރަށް ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް އެ ކުންފުނިން މިހާރު އަންނަނީ ކުރަމުންނެވެ. އެއީ މީގެ ކުރީން އެ ސަރަހައްދުން ލިބެން ހުންނަ ހިދުމަތެއް ނޫނެވެ.

އެމްޕީއެލް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ހުސެއިން ޝަފީގް އައްޔަނުކޮށްފި

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ހުސެއިން ޝަފީގް އައްޔަނުކޮށްފި

50 ދުވަސް ކުރިން - 10:41

އެމްޕީއެލްގެ ސީއީއޯގެ މަގާމުން ރިޝްވާން އިސްތިއުފާ ދީފި

އެމްޕީއެލްގެ ސީއީއޯގެ މަގާމުން ރިޝްވާން އިސްތިއުފާދީފި

65 ދުވަސް ކުރިން - 22:25

ގައުމީ ލޮޖިސްޓިކް ނެޓްވޯކުގައި އަމިއްލަ ކުންފުނިތަކަށް ބައިވެރިވޭ ގޮތް ހަދަނީ

ލޮޖިސްޓިކް ނެޓްވޯކުގައި އަމިއްލަ ކުންފުނިތަކަށް ބައިވެރިވެވޭނެ

77 ދުވަސް ކުރިން - 13:36

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ހަވާލުކޮށްފި

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ހަވާލުކޮށްފި

86 ދުވަސް ކުރިން - 20:24

ތިލަފުށީގައި ތަރައްގީކުރާ އާ ވިޔަފާރި ބަނދަރުގެ ޑީޓެއިލް ޑިޒައިންތައް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

ވިޔަފާރި ބަނދަރުގެ ޑިޒައިންތައް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

91 ދުވަސް ކުރިން - 14:32

56 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ފޮނުވައި ނިންމައިފި

56 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ފޮނުވައި ނިންމައިފި

105 ދުވަސް ކުރިން - 21:51