Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފަހު ދިހައެއްގައި އެޕްލިކޭޝަން ޕްރޮސެސް ކުރާނީ އަންގާރަ އަދި ބުރާސްފަތި ދުވަހު: ޑިފެންސް މިނިސްޓްރީ

ފަހު ދިހައެއްގައި އެޕްލިކޭޝަން ޕްރޮސެސް ކުރާނީ އަންގާރަ އަދި ބުރާސްފަތި ދުވަހު: ޑިފެންސް މިނިސްޓްރީ

މަރްޔަމް މާޙީ
127 ދުވަސް ކުރިން - 10 މާޗް 2026 15:39
ޑިފެންސް މިނިސްޓްރީ--- ފޮޓޯ:ޚުލާސާ
ޑިފެންސް މިނިސްޓްރީ--- ފޮޓޯ:ޚުލާސާ
ޚުލާސާ

ރަމަޟާން މަހުގެ ފަހު ދިހައެއްގެ ބަންދު ދުވަސްތަކުގައި އެ މިނިސްޓްރީއަށް ހުށަހެޅޭ އެޕްލިކޭޝަންތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރިއަށްދާނީ ކޮންމެ ހަފްތާއެއްގެ އަންގާރަ އަދި ބުރާސްފަތި ދުވަހު

މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާތީ، އެ ދުވަސްތަކުގައި މިނިސްޓްރީ އޮފް ޑިފެންސްއިން ހިދުމަތް ދޭނެ އުސޫލު އެ މިނިސްޓްރީން ހާމަކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރަމަޟާން މަހުގެ ފަހު ދިހައެއްގެ ބަންދު ދުވަސްތަކުގައި އެ މިނިސްޓްރީއަށް ހުށަހެޅޭ އެޕްލިކޭޝަންތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރިއަށްދާނީ ކޮންމެ ހަފްތާއެއްގެ އަންގާރަ އަދި ބުރާސްފަތި ދުވަހު ކަމަށެވެ.

މިނިސްޓްރީން ބުނީ މި ދެ ދުވަހުގައި ހިދުމަތް ފޯރުކޮށްދޭނީ ހެނދުނު 10:00 އިން މެންދުރު 12:00އާ ހަމައަށް ކަމަށެވެ. އަދި އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ 7382601 އަށް ގުޅުއްވުމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement

Advertisement 1

މި ބަދަލު ގެނެސްފައިވަނީ ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކަކީ އަޅުކަމަށް ހުސްވުމަށްޓަކައި ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސާފައިވާތީ، އެ ދުވަސްތަކުގައިވެސް ރައްޔިތުންނަށް ދޭންޖެހޭ ޒަރޫރީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމުގެ މަގްސަދުގަ އެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން މިފަދަ ނިންމުމެއް ނިންމަވާފައިވަނީ ރާއްޖޭގެ އިސްލާމީ އުސޫލުތަކަށް އިސްކަންދީ، ރަމަޟާން މަހުގެ ފަހު ދިހައެއްގެ މަތިވެރިކަން ހޯދުމަށް ރައްޔިތުންނަށް ފުރުސަތު ދިނުމަށެވެ. ވުމާއެކު، ޑިފެންސް މިނިސްޓްރީގެ ހިދުމަތްތަކަށް އެދި ހުށަހަޅާ ފަރާތްތަކުން މި ބަދަލަށް ސަމާލުވުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޑިފެންސް މިނިސްޓަރުގެ މަގާމަށް ހަސަން ރަޝީދު އައްޔަންކުރައްވައިފި

ޑިފެންސް މިނިސްޓަރުގެ މަގާމަށް ހަސަން ރަޝީދު އައްޔަންކުރައްވައިފި

90 ދުވަސް ކުރިން - 20:54

ދިވެހި ވަތަނީ ހިދުމަތުގެ ތިން ވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވާލައިފި

ވަތަނީ ހިދުމަތުގެ ތިން ވަނަ ބުރުގައި،ބައިވެރިވުމަށް ހުޅުވާލައިފި

105 ދުވަސް ކުރިން - 19:45

ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ވައިގެ ސަރަހައްދު ޑިފެންސް މިނިސްޓްރީން ސާފުކޮށްދީފި

ރާއްޖޭގެ ވައިގެ ސަރަހައްދު ޑިފެންސް މިނިސްޓްރީން ސާފުކޮށްދީފި

112 ދުވަސް ކުރިން - 22:10

ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގެ ތިންވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ވަތަނީ ހިދުމަތުގެ ތިންވަނަ ބެޗުގައި ބައިވެރިވުމަށް ހުޅުވާލައިފި

127 ދުވަސް ކުރިން - 15:42

އިބޫ ވިއްކާލި ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ ތަނެއްގެ ގޮތުގައި ބަލަހައްޓާނަން: ޑިފެންސް

"ރައީސްގެ ނިންމެވުމާ އެއްގޮތަށް ކަނޑުގެ ސަރަހައްދު ބަލަހައްޓާނަން"

160 ދުވަސް ކުރިން - 18:15

ޖަޕާނުން ރާއްޖެއަށް ސީ އެމްބިއުލާންސް ހަދިޔާ ކޮށްފި

ޖަޕާނުން ރާއްޖެއަށް ސީ އެމްބިއުލާންސް ހަދިޔާ

162 ދުވަސް ކުރިން - 10:04