Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބަލި މީހުންގެ ނަމުގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމުން މުހިންމު:ފުލުހުން

ބަލި މީހުންގެ ނަމުގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމުން މުހިންމު:ފުލުހުން

ހައްވާ މިރުފާ
93 ދުވަސް ކުރިން - 10 މާޗް 2026 12:44
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހިއްސާކޮށްފައިވާ ސްކްރީންޝޮޓް--- ފޮޓާ:މޯލްޑިވްސް ޕޮލިސް ސާވިސް
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހިއްސާކޮށްފައިވާ ސްކްރީންޝޮޓް--- ފޮޓާ:މޯލްޑިވްސް ޕޮލިސް ސާވިސް
ޚުލާސާ

އެގޮތަށް ފުލުހުން އިލްތިމާސްކުރީ ބަލިމީހުންގެ ނަމުގައި ހިނގާ ސްކޭމް ޕޯސްޓުތައް އިތުރުވެފައި ވާތީ،ސްކޭމަރުންގެ އުކުޅުތަކާއި އެކަމުން ރައްކާތެރި ވާނެގޮތް ފުލުހުން ވަނީ އާއްމުންނަށް ހިއްސާކޮށްފަ

މިދުވަސްވަރު ބަލިމީހުންގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން މިފަދައިން އިލްތިމާސްކޮށްފައި ވަނީ މި ދުވަަސްވަރު އިންތިހާ ދަރަޖައަކަށް ބަލިމީހުންގެ ނަމުގައި ސްކޭމްތައް ހިންގާކަން ފާހަނގަ ކުރެވިފައިވާތީ އެވެ. އެކަމާއި ގުޅިގެން ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފައި ވަނީ މި ދުވަސްވަރު ބަލި މީހުންގެ ފޮޓޯ ބޭނުންކޮށްގެން އެހީ އެދި ހަދާ ފެސްބުކް ޕޯސްޓުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައި ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ ޕޯސްޓުތަކަށް ބަލިމީހުންގެ ފޮޓޯ ބޭނުންކޮށްގެން މަކަރާތް ހީލަތުން ފައިސާ ހޯދުމަށް އާއްމުކޮށްފައިވާ ޕޯސްޓްތަކެއް ކަމަށެވެ. އަދި ފުލުހުން ބުނީ އެ ސްކޭމްތަކަށް އިތުރަށް އާއްމުން ސަމާލުވާން ޖެހޭ ކަމަށެވެ.

ފުލުހުން ބުނިފައިވާ ގޮތުގައި ސްކޭމަރުން އެ ޕޯސްޓުތައް ހަދަނީ އެކި ވެބްސައިޓުތަކުން ބަލި މީހުންގެ ފޮޓޯ ނަގައިގެން ކަމަށެވެ. އަދި އެ ފޮޓޯތަކުގެ ޒަރީއާއިނާއި އެކި ވާހަކަތައް ދައްކައިގެން މީހުންގެ ހަމްދަރުދީ ހޯދާ، މީހުން އަތުން މަކަރުން ފައިސާ ހޯދުމަށް، ސްކޭމަރުން މަސައްކަތް ކުރާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement

Advertisement 1

އެގޮތުން އެންޓި ސްކޭމް ސެންޓަރުން ވަނީ ސްކޭމަރުން ދެނެގަތުމަށް އެފަދަ މީހުން ބޭނުންކުރާ ބައެއް އުކުޅުތައް ހިއްސާކޮށްފަ އެވެ. އެފަދަ މީހުން ބޭނުން ކުރާ އުކުޅުތަކުގެ ތެރޭގައި ފޯން ކޯލްތައް ބްލޮކްކުރުމާއި ޕޯސްޓުގައިވާ ނަމްބަރަށް ގުޅުމުން ފޯނު ނުނަގައި މެސެޖު ކުރުމުން ޖަވާބު ދިނުން ހިމެނޭ ކަމަށެވެ.

ހަމައެއާއެކު އެ ސެންޓަރުން ވަނީ އެފަދަ ސްކޭމްތައް ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަ ވެސް ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި:

  1. އެހީއަށް އެދޭ ފަރާތަކީ ޔަގީނުންވެސް ރަނގަޅު މީހެއްތޯ ބެލުމަށް ގުޅައިގެން ޔަގީންކުރުން
  2. ގުޅާ ޔަގީން ކުރުމަށް ފަހު ނޫނީ ފައިސާ ނުފޮނުވުން
  3. ޕޯސްޓުގައިވާ ފޮޓޯއަކީ ސައްހަ ފޮޓޯއެއްކަން ކަށަވަރުކުރުމުގެ ގޮތުން ރިސާޗު ކުރުން - އެކަން ކުރުމަށް ގޫގުލް ރިވާސް އިމޭޖް ސާޗް ބޭނުންކުރެވިދާނެ
  4. ޔަގީންނުވާ ޕޯސްޓުތައް ޝެއާނުކުރުން

އޭގެ އިތުރުން ފުލުހުން ވަނީ ސްކޭމްތަކަށް އާއްމުން ހޭލުންތެރިވުމަށް އެދި ކޮށްފައިވާ ޕޯސްޓާއެކު މީހަކު ހިންގާ ސްކޭމެއްގެ ސްކްރީންޝޮޓުތަކެއް ވެސް ހިއްސާކޮށްފަ އެވެ. އެ ސްކްރީންޝޮޓުތަކުގައި ސްކޭމަރު ބުނެފައި ވަނީ އޭނާގެ އުމުރުން ތިން އަހަރުގެ ބަލި ކުއްޖަކު ހުންނަ ކަމަށާއި އޭނާއަކީ އެކަނިވެރި މައެއް ކަމަށެވެ. އަދި އެ ޕޯސްޓުގައި ވަނީ ނަމާއި އައިޑީކާޑު ނަމްބަރެއްގެ އިތުރުން، އޭނާއަކީ ނޭވާޔަށް އުނދަގޫވާ ބައްޔެއް ތަހައްމަލުކުރަމުން އަންނަ މީހެއް ކަމަށް ބުނެފަ އެވެ. އަދި އޭނާ ވަނީ މީހުންނަށް އެހީތެރިވުމުގެ މާތްކަމާ ގުޅޭ ދީނީ ވާހަކަތަކުގެ އިތުރުން ހަދީސްތަކެއް ވެސް އެ ޕޯސްޓުގައި ހިމަނާފަ އެވެ. އަދި އެހީތެރިވުމުގެ ގާބިލުކަމެއް ނެތް ނަމަ، ޕޯސްޓު ޝެއާކުރަން ވެސް އެދިފައިވެ އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްސްކޭމް
Ad
Ad

ގުޅޭ ޚަބަރުތައް

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

6 ގަޑިއިރު ކުރިން - 13:11

އޮޕަރޭޝަނެއްގައި އުޅުއްވަނިކޮށް ފުލުހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ

އޮޕަރޭޝަނެއްގައި އުޅުއްވަނިކޮށް ފުލުހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ

9 ގަޑިއިރު ކުރިން - 10:10

ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

3 ދުވަސް ކުރިން - 17:20

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

8 ދުވަސް ކުރިން - 07:07

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

9 ދުވަސް ކުރިން - 09:50

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

10 ދުވަސް ކުރިން - 01:55

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%