Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެޗްއާރުސީއެމުން ކުރާ ތަހުގީގަށް އެއްބާރުލުން ދޭނަން:ފުލުހުން

އެޗްއާރުސީއެމުން ކުރާ ތަހުގީގަށް އެއްބާރުލުން ދޭނަން:ފުލުހުން

ހައްވާ މިރުފާ
129 ދުވަސް ކުރިން - 10 މާޗް 2026 12:42
ތިން ކިލޯ އަށް ވުރެ ގިނަ ޑްރަގާއެކު ހައްޔަރުކުރި ނަސީމް އާއި ހަނީީފް--- ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް
ތިން ކިލޯ އަށް ވުރެ ގިނަ ޑްރަގާއެކު ހައްޔަރުކުރި ނަސީމް އާއި ހަނީީފް--- ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް
ޚުލާސާ

އެޗްއާރުސީއެމުން ތަހުގީގު ކުރަނީ ބަންދުގައި ހުރި ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް،ފުލުހުން ބުނީ ތަހުގީގަށް އެއްބާރުލުން ދޭނެކަމަށް،މައްސަލަ ހުށަހެޅީ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ބަންގުލަދޭޝްގެ ހަނީފު

ބަންދުގައި ހުރި ބިދޭސީއަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން ހިޔުމަން ރައިޓްސް ކޮމިޝަނުން ކުރާ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތު ކުރެވެނީ ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއެކު މި ދިޔަ މަހު 20 ގައި ހައްޔަރު ކުރި 36 އަހަރުގެ ހަނީފު އެވެ. އޭނާއަކީ ބަންގުލަދޭޝްއަށް ނިސްބަތްވާ މީހެކެވެ. ހަނީފް އަދި އެނާއާ އެކު އެކަމުގައި ބައިވެރިވި ކަމަށް 28 އަހަރުގެ ގއ. މާމެންދޫ ފިޔާތޮށިވިލާ އަޒްހަދު ނަސީމް ވެސް ވަނީ ހައްޔަރުކޮށްފައި އެވެ.

އަދި މަސްތުވާ ތަކެއްޗާއެކު އަތުލައިގަތުމަށް ފަހު، ބަންދާ މެދު ގޮތެއް ނިންމަން އެ ދެ މީހުން ވަނީ ކޯޓަށް ހާޒިރުކޯށްފަ އެވެ. އެގޮތުން ކޯޓޫން ވަނީ ހަނީފުގެ ބަންދަށް ފަސް ދުވަސް އަދި އަޒުހަދު ބަންދަށް 15 ދުވަހަށް ހުކުމްކޮށްފަ އެވެ.

Advertisement

Advertisement 1

މިކަމާއި ގޫޅޭގޮތުން ފުލުހުން ބުނެފައި ވަނީ ހަނީފުއަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެ އެޗްއާރުސީއެމްއަށް މައްސަލަ ހުށަހެޅީ ބަންދުން ދޫކޮށްލި ފަހުން ކަމަށެވެ. ފުލުހުން ބުނީ ހަނީފުގެ ފަރާތުން ބަންދުގައި ހުރި ދުވަސްތަކުގައި ވެސް އެފަދަ ޝަކުވާއެއް އައިސްފައި ނުވާ ކަމަށާއި ޑޮކްޓަރުގެ ރިޕޯޓުތަކުން ވެސް އެފަދަ ނިޝާނެއް ފެންނަން ނެތް ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ބަންދުގައި ހުރި މީހަކަށް އަނިޔާކުރިކަން ފާހަނގަވާ ފަދަ އެެއްވެސް ކަމެއް ފެންނަން ނެތް ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެޗްއާރުސީއެމުން ފުލުހުންގެ މައްޗަށް މިމައްސަލައާ ގުޅިގެން ކުރާ ތަހުގީގަށް، ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.

ހަނީފު އާއި އަޒްހަދު ހައްޔަރު ކުރީ މަސްތުވާތަކެތި ގެންގުޅޭ ކަމަށާއި އޭގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. ފުލުހުން ހިނގި އެ އޮޕަރޭޝަންގައި ދެ އުޅަނދެއް ބަލައި ފާސްކުރުމާއެކު، މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ތިން ކިލޯ އަށް ވުރެ ގިނަ ތަކެތި ފެނުނު ކަމަށް ފުލުހުންގެ މީޑިއާއިން މައުލޫމާތު ދިނެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއެޗްއާރްސީއެމްމަސްތުވާތަކެތި
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

1 ގަޑިއިރު ކުރިން - 15:54

ދެ މަސްތެރޭ މާލެއިން މަސްތުވާތަކެތީގެ 5 "އައްޑާ" ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފ

ދެ މަސްތެރޭ މާލެއިން މަސްތުވާތަކެތީގެ 5 "އައްޑާ" ބަންދު ކޮށްފި

2 ދުވަސް ކުރިން - 14:14

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ފުލުހުން ސެޝަނެއް ބާއްވައިފި

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ސެޝަނެއް ބާއްވައިފި

2 ދުވަސް ކުރިން - 10:28

ހޯރަފުށީ ޖޭޖޭ ޔުނިޓްގެ ކުދިންތަކެއް މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

ހޯރަފުށި މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

2 ދުވަސް ކުރިން - 00:36

ފުލުހުންނާ ގުޅިގެން ކަރެކްޝަންސްއިން އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

އްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

4 ދުވަސް ކުރިން - 13:45

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

4 ދުވަސް ކުރިން - 19:32