Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

މަޑަވެލި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

މުހައްމަދު ޖަމްޝަތު
223 ދުވަސް ކުރިން - 9 މާޗް 2026 15:14
ގދ. މަޑަވެލީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތް ކުރަން 175 މިލިއަނަށް އެމްޓީސީސީއަށް --- ފޮޓޯ: އެމްޓީސީސީ

ޚުލާސާ

މި މަޝްރޫއުގެ ސަބަބުން މަޑަވެއްޔަށް މިހާރު ދިމާވެފައިވާ އުދައެރުމާއި، ރަށް ގިރުމުގެ ނުރައްކާތެރި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ

ގދ. މަޑަވެލީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ބޮޑު މަޝްރޫއު 175 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއު ހަވާލުކޮށްފައިވަނީ 400 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓަޔަރޑް އަހްމަދު ސައުދީ އެވެ.

Advertisement

Advertisement 1

މި މަޝްރޫއުގެ ދަށުން ޖުމުލަ 19.17 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 1,645 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 120 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން ގާތްގަނޑަކަށް 2,000 މީހުންގެ އާބާދީއެއް އޮންނަ މަޑަވެއްޔަށް މިހާރު ދިމާވެފައިވާ އުދައެރުމާއި، ރަށް ގިރުމުގެ ނުރައްކާތެރި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. މިއީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ތިމާވެށީގެ ބޮޑު ގޮންޖެހުމަކުން ސަލާމަތްވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މަޑަވެއްޔަކީ ޒާމާނުއްސުރެ ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ރަށެކެވެ. މި މަޝްރޫއު ނިމުމާ އެކު، ރަށުގެ ބިން އިތުރުވެ، ބޯހިޔާވަހިކަމުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީން އުންމީދު ކުރެއެވެ. ހަމައެއާއެކު، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއެކު ރަށުގެ ބިން ހިމާޔަތްކުރެވި، އާންމު ދިރިއުޅުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އެމްޓީސީސީމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ފިންގަރ ޖެޓީ މަޝްރޫއުގެ ތަނބުތައް ޖެހުމުގެ މަސައްކަތް އަންނަ ހަފްތާގައި ނިމޭނެ

1 ދުވަސް ކުރިން - 17:15

ފެނަކަ އަދި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރުން މަގާމުން ވަކިކޮށްފި

4 ދުވަސް ކުރިން - 10:03

"ޕްރިޒަމް އެންޑް އިގްނައިޓް 2026" ކޮންފަރެންސްގައި އެމްޓީސީސީގެ އިސް ވަފުދަކުން ބައިވެރިވެއްޖެ

4 ދުވަސް ކުރިން - 20:49

ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

6 ދުވަސް ކުރިން - 17:51

މާލޭ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ މަސައްކަތް ފަށައިފި

12 ދުވަސް ކުރިން - 15:19

އަމީނީމަގު ތަރައްގީ ކުރުމުގެ މަޝްރޫއު: 3 ވަނަ ސެގްމެންޓްގެ މަސައްކަތް ފަށައިފި

14 ދުވަސް ކުރިން - 10:52