Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އީއައިއޭ ހަދަންނުޖެހޭ މަޝްރޫއުތައް ކަނޑައަޅައި ގަވާއިދު އިސްލާހުކޮށްފި

އީއައިއޭ ހަދަންނުޖެހޭ މަޝްރޫއުތައް ކަނޑައަޅައި ގަވާއިދު އިސްލާހުކޮށްފި

މުހައްމަދު ޖަމްޝަތު
130 ދުވަސް ކުރިން - 9 މާޗް 2026 15:07
މާލެ ބޮޑު ތަކުރުފާނު މަގު ތަރައްގީކުރުމުގެ ތެރެއިން---ފޮޓޯ: ޚުލާސާ
މާލެ ބޮޑު ތަކުރުފާނު މަގު ތަރައްގީކުރުމުގެ ތެރެއިން---ފޮޓޯ: ޚުލާސާ
ޚުލާސާ

ގަވާއިދަށް މި ބަދަލު ގެނެސްފައިވަނީ މި ސަރުކާރުގެ ބާކީ އޮތް މުއްދަތުގައި އަމަލުކުރާ ގޮތަށް. އީއައިއޭ ހަދަންނުޖެހޭ މަޝްރޫއުތަކުގެ ތެރޭގައި މަގު ހެދުމާއި ގެދޮރު އިމާރާތްކުރުންވެސް ހިމެނޭ

ތިމާވެށީގެ ހާލަތު ބަޔާންކުރާ ރިޕޯޓް ނުވަތަ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދަން ޖެހޭ މަޝްރޫއުތަކާއި ނުޖެހޭ މަޝްރޫއުތައް އަލުން ކަނޑައަޅައި، އެކަމާ ގުޅޭ ގަވާއިދަށް ސަރުކާރުން ބަދަލު ގެނެސްފިއެވެ. އެންވަޔަރަމެންޓް މިނިސްޓްރީން މިދިޔަ ހުކުރު ދުވަހު ވަނީ މި އާ ގަވާއިދު ގެޒެޓްކޮށް އާންމުކޮށްފައެވެ.

އަލަށް ގެނައި މި ބަދަލާއެކު، މަގު ހެދުމާއި ގެދޮރު އިމާރާތްކުރުމުގެ މަޝްރޫއުތަކަށް މީގެފަހުން އީއައިއޭ ހަދާކަށް ނުޖެހޭނެއެވެ. މިއީ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމުގެ ބޭނުމުގައި ގެނައި ބަދަލެއް ކަމަށް ބެލެވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އީއައިއޭ ގަވާއިދަށް މި ބަދަލު ގެނެސްފައިވަނީ މި ސަރުކާރުގެ ބާކީ އޮތް މުއްދަތުގައި އަމަލުކުރާ ގޮތަށެވެ.

އީއައިއޭ ނުހަދާ ކުރިއަށް ގެންދެވޭނެ 25 މަޝްރޫއެއް އެ ލިސްޓުގައިވެ އެވެ. އެއީ:

Advertisement

Advertisement 1
  1. ތަރުކާރީ އާއި މޭވާ އަޅާ ގަސްގަހާގެހި ނުވަތަ ވެށި ފެހިކުރުމަށާއި ޒީނަތްތެރިކުރުމުގެ ގޮތުން ބޭނުންކުރާ ގަސްގަހާގެހީގެ ތެރެއިން ރާއްޖެ އަށް އެތެރެކުރުން ހުއްދަ ގަސްގަހާގެހި، އަމިއްލަ ގެދޮރާއި ދައުލަތުގެ އިމާރާތްތަކާއި އޮފީސް އޮފީހާއި އާންމު ހިދުމަތްދޭ ތަންތަނުގައި ހެއްދުން.
  2. އާންމު ބޭނުމަށް ނުވަތަ އަމިއްލަ ބޭނުމަށް ފެންވަޅު ބެހެއްޓުން.
  3. ރާއްޖެއަށް އެތެރެކުރުން ހުއްދަ މަސްމަހާމެހި، ނައަމްސޫފި، ކުކުޅު، ދޫނި، އަމިއްލަ ގެދޮރުގައި ގެންގުޅުން.
  4. ދުވާލަކު ފަސް ޓަނަށް ވުރެ މަދުން ފެން ނުވަތަ ގަނޑުފެން އުފައްދާ ޕްލާންޓް ބެހެއްޓުން.
  5. މިހާރު ހިނގަމުންދާ ފެން ޕްލާންޓް ހައުސްއެއްގައި އިތުރު ބޯހޯލް ނުވަތަ އިންޓޭކް ހޮޅި ނާޅައި ލޮނުފެން މީރު ފެނަށް ހަދާ ޕްލާންޓް ބެހެއްޓުން.
  6. 300 ކިލޯވޮޓަށް ވުރެ ދަށް ކެޕޭސިޓީގެ ވަގުތީ ޖަނަރޭޓަރު ބަހައްޓައި ބޭނުންކުރުން.
  7. ލަކުޑިން އޮޑިދޯނިފަހަރު ބަނުން.
  8. ކަމާގުޅޭ އިދާރާއިން ވެލިނެގުމަށް ކަނޑައަޅައިފައިވާ ސަރަހައްދުތަކުން މެޝިނަރީ ބޭނުންނުކޮށް ވެލިނެގުން.
  9. އެންކޮށި ބެހެއްޓުން.
  10. ފަޅުތެރެއިން ސަރަހައްދެއް މެޝިނަރީ ބޭނުންކޮށްގެން ކޮނުމަކާ ނުލައި އޮޑިދޯނިފަހަރު އެހެލައި ބޭލުމުގެ މަސައްކަތްކުރުން.
  11. ގަސް ބެލެހެއްޓުމުގެ ގޮތުން ނުވަތަ އާންމު އުނދަގުލަކަށް މަގުފަހިވެފައި ވާތީ (ދިޔަދޮވި، ފުރާޅު އަދި ފެންތާންގިއަށް ފަތްކުނި އެޅޭ) ގަސްގަހާގެހި ކޮށުން ނުވަތަ ކޮންމެހެން ނަގަންޖެހޭ ގަހެއް ނެގުން.
  12. ނަރުދަމާގެ ނިޒާމު ގާއިމުކޮށްފައި ނުވާ ރަށްރަށުގައި މޫދަށް ހޮޅި އަޅައިގެން ނަޖިހާއި ނަޖިސްފެން ބޭރުކުރުން.
  13. ރަށް ގިރުމުގެ ސަބަބުން ގޯތިގެދޮރު ހިމާޔަތްކުރުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން.
  14. ރުއްގަސް ނުކަނޑައި އެއްގަމުގައި ވަގުތީ ޖިފުޓި (ހަޓު) ހެދުން.
  15. މީހުން ދިރިއުޅޭ ރަށްރަށުގައި ދަނޑުވެރިކަމަށް ދޫކުރެވޭ ބިންތަކުގެ ތެރެއިން 5,000 އަކަފޫޓަށް ވުރެ ކުދި، ފޯދިފައިވާ ރުއްގަސް ނެތް ބިންތަކުގައި ދަނޑުވެރިކަން ކުރުން.
  16. އަސްލަށް ބަދަލު ނާންނާނެ ގޮތަށް އެއްގަމު ތޮށްޓާއި ބޭރުތޮށްޓާއި ފާލަން މަރާމާތުކުރުން.
  17. އޮއި ދެމޭގޮތަށް އަޅާ ފާލަންތަކާއި ޕްލެޓްފޯމްތައް އެޅުން.
  18. އިމާރާތްކޮށް ނިމިފައިވާ ތަންތަނުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުން.
  19. ބިންހިއްކުމާއި ރުއްގަސް ކެނޑުން ފަދަ ތިމާވެއްޓަށް އަސަރުކުރާ ކަންކަން ނުހިމެނޭ ގޮތަށް ޖަހާ ޓަވަރާއި އެންޓަނާ ފަދަ ތަކެތި ޖެހުން.
  20. އީއައިއޭ އެޕްރޫވް ކުރުމަށް ފަހު މޫދަށް އަޅައިފައިވާ ހޮޅި މަރާމާތުކުރުން.
  21. ކުއްލި ހާލަތެއް ދިމާވުމުން ފަރުދުންގެ ފުރާނަ އާއި ގެދޮރާއި މުދާ ރައްކާތެރިކުރުމަށް ޓަކައި ވަގުތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން.
  22. ގެދޮރު އިމާރާތްކުރުމުގެ މަޝްރޫއުތައް.
  23. ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒު ގާއިމްކުރުން.
  24. މަގު ހެދުމުގެ މަޝްރޫއުތައް.
  25. ޓޫރިސްޓް ރިސޯޓް ނުވަތަ ހޮޓާ އަލަށް ތަރައްގީކުރާއިރު، އެތަނުގައި ފުރަތަމަ ގާއިމުކުރަން ޖެހޭ ގުދަނާއި އެކޮމޮޑޭޝަން ބްލޮކާއި ކޮމިއުނިކޭޝަން ޓަވަރު އެޅުން.

އެ ގަވައިދުގައި އީއައިއޭ ކޮންމެހެން ހެދުން ލާޒިމު 31 ބާވަތެއްގެ މަޝްރޫއު ވެސް ވަނީ ކަނޑައަޅައިފަ އެވެ.

ސަރުކާރުން ހިންގާ ޕްރޮޖެކްޓުތައް އަވަސްކުރުމުގެ ބޭނުމުގައި އީއައިއޭ ހެދުމުގެ ގަވާއިދަށް މިދިޔަ އަހަރު ވެސް ވަނީ އިސްލާހުތަކެއް ގެނެސްފައެވެ. އެ އިސްލާހުގައިވާ ގޮތުން، ކެބިނެޓުން ނުވަތަ ކެބިނެޓުގެ ކޮމިޓީއަކުން ކަނޑައަޅާ ގައުމީ ތަރައްގީގެ މަޝްރޫއުތަކަކީ ހާއްސަ އިސްކަމެއް ދޭ މަޝްރޫއުތަކެއްގެ ގޮތުގައި ބަލައި، އެފަދަ މަޝްރޫއުތަކުގެ އީއައިއޭ ރިޕޯޓްތައް އެއްވެސް ލަސްކަމެއް ނެތި އަވަސް މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހެއެވެ.

މީގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ އިދާރީ އޮނިގަނޑަށް ވެސް ސަރުކާރުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ކުރިން އޮތް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ނަން އެންވަޔަރުމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) ގެ ނަމަށް ބަދަލުކޮށް، އެ އިދާރާ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް މިދިޔަ އަހަރު ވަނީ ގެނެސްފައެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސަރުކާރުތަކުން ހާމަނުކުރި ޓޫރިޒަމް ސްޓެޓިސްޓިކްސް މިސަރުކާރުން ހާމަކުރަން ފަށައިފި

ސަރުކާރުތަކުން ހާމަނުކުރި ޓޫރިޒަމް ސްޓެޓިސްޓިކްސް މިސަރުކާރުން ހާމަކުރަންފަށައިފި

76 ދުވަސް ކުރިން - 13:26

ކްރޫޒް އާއި ސުޕަޔޮޓްތައް އައިސްގެން ސަފާރީބޯޓުތަކަށް ގެއްލުންވާ ކަމަށް ބުނާ ވާހަކަ ދެކޮޅުނުޖެހޭ: އެމްސްކޯ ޖަލީލް

“ކްރޫޒްއާއި ސުޕަޔޮޓްތައް އައިސްގެން ސަފާރީތަކަށް ގެއްލުން ނުވާނެ”

76 ދުވަސް ކުރިން - 04:38

އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ސަރުކާރުން ހެޔޮކޮށްފި

އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި

78 ދުވަސް ކުރިން - 14:30

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މުހައްމަދު އަމީން އައްޔަނުކުރައްވައިފި

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މުހައްމަދު އަމީން އައްޔަނުކުރައްވައިފި

93 ދުވަސް ކުރިން - 19:25

އަހަރުގެ މިހާތަނަށް ރާއްޖެއަށް 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 6 ލައްކައަށް

113 ދުވަސް ކުރިން - 10:17

މިހާތަނަށް 9 ކްރޫޒްލައިނާއަކުން 14،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި

9 ކްރޫޒްލައިނާއަކުން 14،000 އަށްވުރެ ގިނަ ފަތުރުވެރިން

124 ދުވަސް ކުރިން - 17:30