Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޝީޝާ މަނާކުރުމާއި ހަކުރުގެ ސަބްސިޑީ ކަނޑާލުމުގެ އެއްވެސް ވިސްނުމެއް ނެތް: ރައީސް

ޝީޝާ މަނާކުރުމާއި ހަކުރުގެ ސަބްސިޑީ ކަނޑާލުމުގެ އެއްވެސް ވިސްނުމެއް ނެތް: ރައީސް

އައިޝަތު ރުވާ ރިފްޢަތު
95 ދުވަސް ކުރިން - 8 މާޗް 2026 01:19
ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ---
ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ---
ޚުލާސާ

ރައީސް ވިދާޅުވީ، ދުޅަހެޔޮ ސިއްހަތެއް އިހްތިޔާރުކުރުމަށް އާންމުންނަށް މަގުދައްކައިދިނުމުގައި އެންމެ ފައިދާހުރި ގޮތަކީ ތައުލީމާއި ހޭލުންތެރިކުރުމުގެ ކެމްޕޭންތައް ހިންގުން ކަމަށް.

ޝީޝާ ބޭނުންކުރުން މަނާކުރުމާއި، ހަކުރު ހިމެނޭ ބާވަތްތަކުން ދެމުންދާ ސަބްސިޑީ ކަނޑާލުމުގެ އެއްވެސް ޕްލޭނެއް ސަރުކާރުގެ ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިކަން ހާމަކުރެއްވީ "ދަ ގްރޭޓަރ އައްޑޫ" ގެ ނަމުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި، އިތުރު ކަންކަން ބޭން ކުރުން ނުވަތަ މަނާކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫނެވެ. އަދި ޝީޝާ މަނާކުރުމުގެ ބަދަލުގައި ސަރުކާރުގެ އަމާޒަކީ ސިއްހީ ނުރައްކާތަކާ މެދު އާންމުން ހޭލުންތެރިކުރުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އިތުރު ކަންކަން މަނާކުރުމަކީ އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން. ޝީޝާ މަނާކުރުމުގެ ނުވަތަ ހަކުރުގެ ސަބްސިޑީ ކަނޑާލުމުގެ އެއްވެސް ނިޔަތެއް ނެތް. އަޅުގަނޑުމެންގެ މަގްސަދަކީ ހޭލުންތެރިކަން އިތުރުކުރުން،" ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement 1

ދިވެހި މުޖުތަމައުގައި އަށަގަނެފައިވާ އާދަތަކަކީ ހަމައެކަނި މަނާކުރުމަކުން ހައްލުކުރެވޭނެ ކަންކަން ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދުޅަހެޔޮ ސިއްހަތެއް އިހްތިޔާރުކުރުމަށް އާންމުންނަށް މަގުދައްކައިދިނުމުގައި އެންމެ ފައިދާހުރި ގޮތަކީ ތައުލީމާއި ހޭލުންތެރިކުރުމުގެ ކެމްޕޭންތައް ހިންގުން ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ.

ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ދެއްކެވި ވާހަކަފުޅަކާ ގުޅިގެން އާންމުންގެ މެދުގައި ބަހުސްތަކެއް އުފެދިފައިވަނިކޮށެވެ. ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ޝީޝާ މަނާކުރުމާއި ހަކުރުގެ ސަބްސިޑީ ކަނޑާލުމާ މެދު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. ނަމަވެސް، ރައީސް ވިދާޅުވީ އެ މައުލޫމާތު އާންމުންނަށް ފޯރާފައިވަނީ އޮޅުން އަރާ ގޮތަށް ކަމަށާއި، މިވަގުތު އެފަދަ އެއްވެސް ކަމެއް ކުރުމަށް މަސައްކަތް ނުކުރާ ކަމަށެވެ.

ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކައި ސަރުކާރުން މިހާރުވެސް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާއި، ވޭޕް ކުރާ ތަކެތި ރާއްޖޭގައި މަނާކުރުން ހިމެނެއެވެ. މި ފިޔަވަޅުތަކުގެ ބޭނުމަކީ ދިވެހިންގެ މެދުގައި ޒިންމާދާރު ދިރިއުޅުމުގެ އާދަތަކަށް ހިތްވަރުދީ، ދުޅަހެޔޮ މުސްތަގުބަލެއް ބިނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުޕީއެންސީ
Ad
Ad

ގުޅޭ ޚަބަރުތައް

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

3 ގަޑިއިރު ކުރިން - 13:11

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 12:43

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

1 ދުވަސް ކުރިން - 22:06

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

2 ދުވަސް ކުރިން - 13:56

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

2 ދުވަސް ކުރިން - 09:03

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

2 ދުވަސް ކުރިން - 17:31

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%